އެސްއޯއީތަކުގެ ބީލަން: ވަކި ބަޔަކަށް ފަހާ ލިބާހެއް، ފައިސާ ދޫކުރުމުގައި ވެސް ހިޔާނާތް!

Oct 31, 2022, 2:30 AM
އިއްޔެ ފެށި އެންޓި ކޮރަޕްޝަން ކޮންފަރެންސްގައި އެސްއޯއީތަކާ ގުޅޭ ގޮތުން ކުރިއަށް ގެންދިޔަ ޕެނަލް ޑިސްކަޝަންގައި، ޕެނަލިސްޓުންގެ ގޮތުގައި ބައިވެރިވި ފަރާތްތައް. -- ފޮޓޯ: އޭސީސީ

އިއްޔެ ފެށި އެންޓި ކޮރަޕްޝަން ކޮންފަރެންސްގައި އެސްއޯއީތަކާ ގުޅޭ ގޮތުން ކުރިއަށް ގެންދިޔަ ޕެނަލް ޑިސްކަޝަންގައި، ޕެނަލިސްޓުންގެ ގޮތުގައި ބައިވެރިވި ފަރާތްތައް. -- ފޮޓޯ: އޭސީސީ

"އިއުލާނު ކުރެވޭ ބިޑުތައް ހުންނަނީ ވަކި މީހަކަށް ފަހާފައޭ ބުންޏަސް ރަނގަޅުވާނެ،"

މިހާރު ކުރިއަށްދާ އެންޓި ކޮރަޕްޝަން ކޮންފަރެންސްގެ އިއްޔެގެ ސެޝަންގައި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ކޮރަޕްޝަން އޮތް މިންވަރު ހިއްސާ ކުރައްވަމުން އޭސީސީގެ ނައިބު ރައީސް އަބްދުއްސަލާމް ފުރަތަމަ ވެސް ފާހަގަ ކުރެއްވީ މި ވާހަކަ އެވެ.

ކުންފުނިތަކުން ހިންގާ ހިޔާނާތްތަކާއި ބޭނުންކުރާ އުކުޅުތައް އޭނާ ތިލަކޮށް ދެއްވަމުން ގެންދެވި އެވެ. އެގޮތުން މި އަހަރު އެ ކޮމިޝަންގައި ރަޖިސްޓަކޮށްފައިވާ މައްސަލަތަކުގެ ތެރެއިން ކުންފުނިތަކުގެ ބީލަމާ ގުޅޭ މައްސަލަތަކަށް ބަލާއިރު، އެ ބީލަންތައް ހުރީ "ވަކި ކުންފުންޏެއްގެ ސްޕެސިފިކޭޝަން ދިމާވާ މިންވަރަށް ލިބާސް ފަހައި ނިންމާފައި" ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންވީމާ އިތުރު ބަޔަކު މި ބިޑަށް ކުރިމަތިލިޔަސް ދެވޭނެ އިތުރު ބައެއް ނޯވޭ. މިއީ ކަނޑައެޅިގެން ރޭވިގެން ހިންގާ ކަންތައްތަކެއް،"

އިތުރު މައްސަލައެއްގެ ގޮތުގައި ސަލާމް ފާހަގަ ކުރެއްވީ މުދަލާއި ހިދުމަތް ހޯދުމަށް ފަހު، އަދި ހަވާލުކުރެވޭ މަސައްކަތަށް ފަހު ފައިސާ ދޫކުރުމުގައި ހިޔާނާތް ހިންގާ ގޮތެވެ. ބިލްތަކަށް ފައިސާ ދޫކުރަނީ މެނޭޖުމެންޓް ބޭނުންވާ ބަޔަކަށް ކަމަށާއި ފައިސާ ދޫކުރަނީ ވެސް ކޮމިޝަން ނުވަތަ ހަދިޔާ ލިބޭ ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ބީލަންތައް ބައްޓަން ކުރަނީ ވެސް ސަލާމް ވިދާޅުވި ގޮތުގައި މިފަދަ ކުންފުނިތަކަށެވެ.

އެންޓި ކޮރަޕްޝަންގެ ކޮންފަރެންސްގެ ތެރެއިން. -- ފޮޓޯ: އޭސީސީ
އެންޓި ކޮރަޕްޝަންގެ ކޮންފަރެންސްގެ ތެރެއިން. -- ފޮޓޯ: އޭސީސީ

އެންޓި ކޮރަޕްޝަންގެ ކޮންފަރެންސްގެ ތެރެއިން. -- ފޮޓޯ: އޭސީސީ

ނެތް އެމަޖެންސީ ހާލަތާއި އަގުބޮޑުކޮށް މުދާ ހޯދުން

ސަރުކާރުގެ ކުންފުނިތަކުން ބޭނުންކުރާ އެހެން އުކުޅެއްގެ ގޮތުގައި ސަލާމް ފާހަގަ ކުރެއްވީ އެމަޖެންސީ ހާލަތެއް ނެތި، އެފަދަ ހާލަތު އޮތްކަން ހަދައި މާލިއްޔަތު އުސޫލުން ލިބިދޭ ލުއި ކޮރަޕްޝަނަށް ފަހިކުރުމެވެ. އެފަދަ ހާލަތްތަކުގައި "ޕޭޕާ ކުންފުނިތައް" ވެސް ބޭނުންކޮށް މުދަލާއި ހިދުމަތް ހޯދާފައިވާކަން ތަހުގީގަށް ފާހަގަވެފައިވެ އެވެ. އަދި އެފަދަ ބައެއް ފަހަރު މުދާ ނުލިބި ކުންފުންޏަށް ގެއްލުން ވެފައިވާ ކަމަށް ވެސް ސަލާމް ވިދާޅުވި އެވެ.

އުފެއްދި ކުންފުނިން [މުދާ] ލިބެން ހުއްޓައިވެސް ޕޭޕަ ކުންފުނިތައް އުފައްދައިގެން އެ މީހުން އަތުން މުދާ ހޯދާ، ނުވަތަ ހިދުމަތް ހޯދާކަން އަޅުގަނޑުމެންނަށް ފާހަގަކުރެވޭ. އޭގެ ސަބަބުން ބައެއް ފަހަރު މުދަލެއް ނުވަތަ އެ ހިދުމަތެއް ފޯރުކޮށް ނުދެވި އެބަދޭ." ސަލާމް ވިދާޅުވި އެވެ.

އަގުހެޔޮކޮށް ލިބެން ހުންނަ މުދާ، އެހެން ކުންފުންޏެއް މެދުވެރިކޮށް އަގުބޮޑުކޮށް ވެސް ހޯދާ ކަމަށާއި އެފަދަ ބައެއް އެއްބަސްވުންތައް ދިގު މުއްދަތަކަށް ހަދާފައި އެބަ ހުއްޓެވެ. އެ އެއްބަސްވުންތަކަކީ ސީދާ ވަކި ބަޔަކަށް މަންފާ ހޯދައިދިނުން ކަމަށް ސަލާމް ވިދާޅުވި އެވެ.

މީގެ އިތުރުން، ރޭވި، ބަޖެޓް ހަމަޖެހިފައި ހުރި މަސައްކަތްތައް ދުރާލައި ކުރުމުގެ ބަދަލުގައި ކުރަން ފަށަނީ ވެސް ވަގުތު ޖެހުމުން ކަމަށާއި، މިއީ ވެސް ހިޔާނާތުގެ އުކުޅެއް ކަމަށް ސަލާމް ފާހަގަ ކުރެއްވެވި އެވެ.

ޕޮލިހުން ފާހަގަ ކުރި ގޮންޖެހުންތައް

"ސްމާޓު" މީހުން ކުރާ ކުށްތަކީ މަގުމަތީގެ ކުށްތަކާ ތަފާތުކޮށް ހިންގާ ކުށްތަކަކަށް ވާއިރު، އެފަދަ މައްސަލަތައް ހޯދައިގަތުމަށާއި ތަހުގީގުކުރުމަށް އެންމެ ބޮޑު ގޮންޖެހުމަކީ ހެކި ހޯދުމާއި، އަސްލު ޑޮކިއުމެންޓް ނެތުން ކަމަށް ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމެންޓްގެ ހެޑް، ޗީފް އިންސްޕެކްޓަ މުހައްމަދު އުސާމަތު ވިދާޅުވި އެވެ.

ހިޔާނާތުގެ މައްސަލަތައް ދިގުލައިގެން ދަނީ ވެސް އެފަދަ ސަބަބުތައް ހުރެގެން ކަމަށް އޭނާ ފާހަގަ ކުރެއްވެވި އެވެ.

"[ހިޔާނާތުގެ މައްސަލަތަކަކީ] ކްރައިމް ސީނެއް އޮންނަ ކަމެއް ނޫން. ކްރައިމް ސީނެއް އޮންނަ ނަމަ ހެކި ދެނެގަންނަން ވަރަށް ފަސޭހަ،" އުސާމަތު ވިދާޅުވި އެވެ.

ކުންފުނިތަކުގެ ހިޔާނާތުގެ މައްސަލަތައް ގުޅިފައި އޮތީ ހަމައެކަނި ރާއްޖޭގެ އެތެރެވަރިއާ ނޫން ކަމަށާއި ބޭރުގެ ފަރާތްތަކާއި ބޭންކުތަކާ ވެސް ގުޅިފައިވާ ކަމަށް ސަލާމް ވިދާޅުވި އެވެ. އަދި ހޯދި ނުހައްގު މުއްސަދިކަން މުދަލަށް ބަލުކޮށްފައިވާ ކަމަށާއި ބޭރުގެ އެކައުންޓްތަކަށް ފައިސާ ވެސް ޖަމާކޮށްފައި ހުރި ކަމަށް ތުހުމަތު ކުރެވޭ ކަމަށް އޭނާ ވިދާޅުވި އެެވެ. މިފަދަ މައްސަލަތައް ބޭރުގެ ފަރާތްތަކާ ގުޅިގެން ކުރިއަށް ގެންދިއުމަށް ވިސްނާ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox