ޓްރެއިނިން ހަދަމުން ދިޔަ ކަރެކްޝަނަލް ސާވިސަސްގެ މުވައްޒަފަކު ގެނބިގެން މަރުވެއްޖެ އެވެ.
ފުލުހުން ބުނީ، މާފުށީގައި ޓްރެއިނިން ހަދަމުން ދިޔަ ކަރެކްޝަނަލް ސާވިސަސްގެ މުވައްޒަފަކު ގެނބިގެން ފުރަތަމަ ގެންދިޔައީ މާފުށީ ސިއްހީ މަރުކަޒަށް ކަމަށެވެ. އޭނާ މާފުށީ ސިއްހާ މަރުކަޒަށް ގެންދިޔައީ މިއަދު ހެނދުނު 11:15 ހާއިރު ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ގެނބިގެން ސިއްހީ މަރުކަޒަށް ގެންދިޔައީ ދިވެހި އަންހެނެކެވެ.
އޭނާ މަރުވީ، އިތުރު ފަރުވާއަށް އައިޖީއެމްއެޗަށް ގެނެސް ފަރުވާ ދެމުން ދަނިކޮށް ކަމަށް އެ ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.














