ސިގިރެޓު އެތެރެ ކުރާ މިންވަރު ދަށްވެ ވޭޕް އެތުރު ކުރާ މިންވަރު ހަތް ގުނަ އިތުރުވެއްޖެ

Oct 30, 2022, 5:16 AM
ސިގިރެޓު އެތެރެ ކުރާ މިންވަރު ދަށްވެ ވޭޕް އެތުރު ކުރާ މިންވަރު ހަތް ގުނަ އިތުރުވެއްޖެ

ދިވެހިރާއްޖެއަށް ސިގިރެޓު އެތެރެ ކުރާ މިންވަރު ވަރަށް ބޮޑަށް ދަށްވެ، އޭގެ ބަދަލުގައި ވޭޕާއި އެއާ ގުޅޭ ސާމާނު އެތެރެ ކުރާ މިންވަރު ހަތް ގުނަ އިތުރުވެއްޖެ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ކަސްޓަމްސްއިން ނެރުނު 2021 ވަނަ އަހަރުގެ ތަފާސްހިސާބު ރިވިއުގައި ބުނެފައި ވަނީ ސިގިރެޓު އެތެރެ ކުރާ މިންވަރު، އެންމެ ގިނައިން މިހާތަނަށް އެތެރެ ކުރި އަދަދާ އަޅާބަލާއިރު 31 ޕަސެންޓު މަދުވެފައިވާ ކަމަށެވެ.

ކަސްޓަމްސްގެ ހިސާބުތަކުން ދައްކާ ގޮތުގައި ސިގިރެޓުގެ ޓެކްސް ބޮޑު ކުރި ކޮންމެ ފަހަރަކު ވެސް އެތެރެ ކުރާ މިންވަރު ވަނީ ނިސްބަތުން މަދުވެފަ އެވެ. މިހާރު ކޮންމެ ސިގިރެޓަކުން ތިން ރުފިޔާގެ ޓެކުހެއް ނެގުމުގެ އިތުރުން ސިގިރެޓުގެ އަގުން 25ރ. ގެ ޓެކުހެއް ނަގަ އެވެ.

ސިގިރެޓު އެތެރެ ކުރާ މިންވަރު ދަށްވި ނަމަވެސް ކަސްޓަމްސްއަށް ވަނީ ސިގިރެޓުން ވަރަށް ބޮޑު އާމްދަނީއެއް ލިބިފަ އެވެ. މިދިޔަ އަހަރު ސިގިރެޓުން ޓެކްސް ނަގައިގެން ކަސްޓަމްސްއަށް 1.1 ބިލިއަން ރުފިޔާ ލިބުނެވެ. އެއީ މުޅި ކަސްޓަމްސްއަށް މިދިޔަ އަހަރު ހޯދުނު އާމްދަނީގެ 33 ޕަސެންޓެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ވެއެތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ރާއްޖެއަށް ވޭޕާއި އެއާ ގުޅޭ ސާމާނު އެތެރެ ކުރާ މިންވަރު ހަތް ގުނައަށް އިތުރުވެއްޖެ އެވެ. މީގެ ތިން އަހަރު ކުރިން ރާއްޖެއަށް އެތެރެ ކުރި ވޭޕާ ގުޅޭ ސާމާނުގެ އަގު ފަސް މިލިއަން ރުފިޔާއަކަށް ނާރަ އެވެ. އެހެންނަމަވެސް 2021 ވަނަ އަހަރު ރާއްޖެއަށް ގާތްގަނޑަކަށް 30 މިލިއަން ރުފިޔާގަ ވޭޕާ ގުޅޭ ސާމާނު އެތެރެކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox