ޕޯސްޓު މެދުވެރިކޮށް ރާއްޖެ އެތެރެ ކުރި އެއް ކިލޯގެ ވަރަށް ބާރުގަދަ ބާވަތެއްގެ މަސްތުވާއެއްޗެއް އަތުލައިގަނެފި އެވެ.
މޯލްޑިވްސްްސ ކަސްޓަމްސް ސާވިސް އިން ބުނީ މިދިޔަ ސެޕްޓެމްބަރު 10، ގައި އަތުލީ މެފެޑްރޯން ނަމަކަށް ކިޔާ ސިންތެޓިކް މަސްތުވާ އެއްޗެއް ކަމަށެވެ.
ކަސްޓަމުން ބުނީ އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީ އަގު 2.5 މިލިއަން ރުފިޔާއަށް އަރާނެ ކަމަށެވެ. އެ މައްސަލައިގައި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
އެއީ މެފެޑްރޯން ރާއްޖެ އެތެެރެ ކުރަން މަސައްކަތް ކުރި ތިން ވަނަ ފަހަރު ކަމަށް ވެސް ކަސްޓަމުން ބުންޏެވެ. މެފެޑްރޯންއަކީ އާދަޔާ ހިލާފަށް އަވަހަށް ދެވި ހިފާ ބާވަތެއްގެ މަސްތުވާ އެއްޗެކެވެ.













