ދިޔާނާއާއި އާޒިމާގެ ބަޔާނެއް؛ ފޯޅަވަހި މައްސަލާގައި ސަރުކާރުގެ ސްޓޭންޑް ގޯސް

ފޯޅަވަހި، ޑިއޭގޯ ގާސިއާ؛ އެ އަތޮޅު ހިމެނޭހެން ޗާގޯސް އައިލެންޑްސްގެ މައްސަލާގައި ސަރުކާރުގެ ސްޓޭންޑް ގޯސް ކަމަށް ކުރީގެ ބަންޑާރަ ނައިބުން ބުނެފި

ފޯޅަވަހި، ޑިއޭގޯ ގާސިއާ؛ އެ އަތޮޅު ހިމެނޭހެން ޗާގޯސް އައިލެންޑްސްގެ މައްސަލާގައި ސަރުކާރުގެ ސްޓޭންޑް ގޯސް ކަމަށް ކުރީގެ ބަންޑާރަ ނައިބުން ބުނެފި

ރާއްޖޭގެ ދެކުނުން އޮންނަ ފޯޅަވަހި (ޑިއަގޯ ގާސިއާ) ހިމެނޭ ގޮތުން ޗާގޯސް އައިލެންޑްސްގެ މިލްކުވެރިކަމާ ބެގޭ ގޮތުން ދިވެހި ސަރުކާރުން މިހާރު ގެންގުޅޭ ސްޓޭންޑް އެންމެ ރަނގަޅު ނޫން ކަމަށް ބުނެ ކުރީގެ ދެ ބަންޑާރަ ނައިބުން ކަމަށްވާ ދިޔާނާ ސައީދާއި އައިޝަތު އާޒިމާ ޝަކޫރު މިއަދު ބަޔާނެއް ނެރެފި އެވެ.

ޗާގޮސްގެ މައްޗައް މޮރިޝަސްގެ ސިޔާދަތީ ބާރު ފޯރުވުމަށް އެ ގައުމުން ކުރަމުންދާ މަސައްކަތުގައި، ރާއްޖޭގެ ކަނޑުގެ ސަރަހައްދާއި މޮރިޝަސްއިން ވަކާލާތު ކުރާ ކަނޑުގެ ސަރަހައްދާ ފުށުއަރާ މައްސަލާގައި، ދިވެހި ސަރުކާރުން ދާދި ފަހުން ވަނީ ޗާގޮސްގެ މައްޗަށް މޮރިޝަސްގެ ބާރު އޮންނަ ކަމަށް ބުނެފަ އެވެ.

އެ މައްސަލާގައި، އާޒިމާއާއި ދިޔާނާ ގުޅިގެން ނެރެފައިވާ ބަޔާނުގައި ވަނީ ކޯޓުގައި އޮތް މައްސަލަ ވަކި ގޮތަކަށް ނުނިމެނީސް ރާއްޖޭން ދަމަހައްޓަމުން އައި ސްޓޭންޑަށް ބަދަލެއް ގެނެސް މޮރިޝަސްގެ ސިޔާދަތީ ބާރު ޗާގޮސްގެ މައްޗަށް އޮތް ކަމަށް ގަބޫލު ކުރުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށެވެ.

Advertisement

އަދި ސަރުކާރުން ނަގާފައިވާ ސްޓޭންޑަކީ ދިވެހި ދައުލަތުގެ އެންމެ މަތީ މަސްލަހަތަށް ބެލުމަށް ފަހު ނަގާފައިވާ ސްޓޭންޑެއްތޯ ބެލުމަށް ރައްޔިތުންގެ މަޖިލީހާއި ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތަކަށް ގޮވާލައްވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

"ސަރުކާރުން ނަންގަވާފައިވާ ސްޓޭންޑަކީ ދައުލަތުގެ އެންމެ މަތީ މަސްލަހަތުތަކަށް ފަހިވާ ޕޮޒިޝަނަކަށް ނުވާ ނަމަ، ސަރުކާރުގެ ސްޓޭންޑް ބަދަލު ކުރުމަށް ކުރަން ޖެހޭ އެންމެހާ ކަންކަން ވެސް ކުރުމަށް އަޅުގަނޑުމެން އިލްތިމާސްކުރަމެވެ،" ބަޔާނުގައިވެ އެވެ.

މައްސަލައިގެ ފަސްފަހަތް

މޮރިޝަސް އިން ޗާގޮސް ގެ މައްޗަށް ސިޔާދަތީ ބާރު ހޯދުމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގައި ކުރި ދައުވާ އެގައުމާއި އެއްކޮޅަށް ނިމި 2019 ވަނަ އަހަރު އެ ކޯޓުން ވަނީ ޗާގޮސް ވީ އެންމެ އަވަހަކަށް މޮރިޝަސް އާއި ހަވާލުކުރުމަށް އިނގިރޭސިވިލާތަށް އަންގާފަ އެވެ. ނަމަވެސް މިހާތަނަށް އެ ނިންމުމަށް އިނގިރޭސިވިލާތުން އިޖާބަދީފައެއް ނުވެ އެވެ.

2019 ވަނަ އަހަރުގެ މެއި 22 ގައި ގައި އދ އިން އެ ނިންމުމަށް ތާއީދުކޮށް ހަ މަސް ދުވަހުގެ ތެރޭގައި ޗާގޮސް މޮރިޝަސް އާއި ހަވާލުކުރުމަށް 116 ގައުމުގެ ވޯޓާއި އެކު ފާސްކުރި ގަރާރުގައި ރާއްޖެއިން ވޯޓުލީ ދެކޮޅަށެވެ.

މި މައްސަލައިގައި ރާއްޖޭގެ ސްޓޭންޑް ބަދަލުވިކަން އިނގުނީ މިހާރު ކަނޑުގެ ސަރަހައްދުގެ މައްސަލައިގައި ރާއްޖެއިން މޮރިޝަސްއާ ދެކޮޅަށް ވަކާލާތުކުރައްވަމުން އެޓާނީ ޖެނެރަލް ވަނީ ރާއްޖެއިން މިހާރު ކުރިން ބުނި ގަރާރާއި އެއްކޮޅަށް ވޯޓުދޭން ނިންމާފައިވާ ކަމަށް ވިދާޅުވުމުންނެވެ.

ނަމަވެސް އެ މައްސަލައިގެ ސްޓޭންޑަށް އައި ބަދަލުގެ ސަބަބުން ކަނޑުގެ ސަރަހައްދުގެ މައްސަލައިގައި ޖަވާބުދާރީވަމުން އައިސްފައިވާ އެއްވެސް ކަމަކަށް ނުވަތަ ސްޓޭންޑަށް އެއްވެސް ބަދަލެއް ނުގެންނާނެ ކަމަށް ސަރުކާރުން ވަނީ ތަކުރާރުކޮށް ވިދާޅުވެފަ އެވެ.

އަދި ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސް އަށް ލިބުމަށް ރާއްޖެއިން ތާއިދުކޮށް އެ ގައުމާއި އެއްކޮޅަށް ވޯޓުލާން ނިންމީ، ރާއްޖެއަކީ އިސްތިއުމާރުކުރުމާ ދެކޮޅު ގައުމަކަށްވެފައި ގައުމުތަކުގެ ސިޔާދަތީ ބާރު އޮތުމަށް ތާއިދުކުރާ ގައުމަކަށް ވާތީ ކަމަށްވެސް ސަރުކާރުން ވަނީ ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox