ޓެކްސް ބޮޑުކުރުމުގެ ކަންތަކުގައި މިހާރު ވެސް ވަގުތު ދެވިއްޖެ: އަމީރު

ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި  މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ. އޭނާ  މިއަދު ވިދާޅުވީ ޓެކްސް ބޮޑުކުރުމުގެ ކަންތަކުގައި މިހާރު ވެސް ވަގުތު ދެވިއްޖެ ކަމަށް. ފޮޓޯ: މަޖިލީހުގެ އިދާރާ

ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ. އޭނާ މިއަދު ވިދާޅުވީ ޓެކްސް ބޮޑުކުރުމުގެ ކަންތަކުގައި މިހާރު ވެސް ވަގުތު ދެވިއްޖެ ކަމަށް. ފޮޓޯ: މަޖިލީހުގެ އިދާރާ

ޓެކްސްތައް ބޮޑުކުރުމާ ބެހޭ ގޮތުން އެކި ސިނާއަތްތަކުގެ އިސް ބޭފުޅުންނާ މަޝްވަރާކުރީ މިދިޔަ ޖޫންމަހު ކަމަށާއި އެހެންވީމާ މިހާރު ވެސް އެކަށީގެންވާ ވަގުތު ދެވިއްޖެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

ޖީއެސްޓީއާއި ޓީޖީއެެސްޓީ ބޮޑުކުރުމަށް ޓަކައި ޓެކްސް ގާނޫނަށް ބަދަލު ގެންނަން ސަރުކާރުން ހުށަހަޅާފައިވާ ބިލު، ދިރާސާކުރަން ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލިސް ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި އަމީރު ވިދާޅުވީ ޓެކްސް ބޮޑުކުރުމާ ބެހޭ ގޮތުން ވިޔަފާރިވެރިންނާ އޭރު ކުރެއްވި މަޝްވަރާގައި ބައެއް ބޭފުޅުން އެދިވަޑައިގެންނެވީ އެކަން ހަ މަސްދުވަހަށް ލަސްކޮށްލަން ކަމަށެވެ.

އަހަރެއްހާ ދުވަހަށް މަޑުޖައްސައިލަން ވެސް ބައެއް ބޭފުޅުން އެދިވަޑައިގެންނެވި ކަމަށް އޭނާ ވިދާޅުވި އެވެ. އޭރު ބައްދަލުކުރެއްވީ އޭނާ ވިދާޅުވި ގޮތުގައި މަޓީއާއި ގެސްޓްހައުސް އެސޯސިއޭޝަން ވެސް ހިމެނޭ ގޮތުން ޓޫރިޒަމް ސިނާއަތް ތަމްސީލުކުރާ ހުރިހާ ބޭފުޅުންނާ އެވެ.

"އެހެންވީމާ އެ ދުވަހުން ފެށިގެން [ވަގުތު ލިބެމުން މިއަންނަނީ]. މިހާރު އަޅުގަނޑުމެން މަޖިލީހަށް ބިލު ފޮނުވީ ވެސް އޮގަސްޓްމަހުގައި، މިހާރު އައިސް އަޅުގަނޑުމެން މިއަންނަނީ ނޮވެމްބަރުމަހާ ހަމައަށް. އައި އިރު އަޅުގަނޑު ދަންނަވާނީ އަޅުގަނޑުމެންނަށް އެޑިކުއޭޓް ޓައިމް ވެސް ދެވިއްޖޭ. އަދި މިއީ ހަަމަ ނީޑް އޮފް ދަ އަވާ އެކޭ އަޅުގަނޑުމެން އެކަން ވީހާވެސް އަވަހަކަށް ކުރުން،" އަމީރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ކޮވިޑް-19 ގެ ބަލިމަޑުކަމުގައި ރާއްޖޭގެ ވިޔަފާރިތައް ސަަލާމަތްކުރެވުނީ ސަރުކާރުން ބޮޑު އެހީތެރިކަމެއް ދީގެންނެވެ. އެ އެހީތެރިކަން ދިނުމުގެ ސަބަބުން ދައުލަތުގެ މާލިއްޔަތަށް ވަރަށް ބޮޑަށް ގެއްލުން ވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ގާތްގަނޑަކަށް އަޅުގަނޑު އަންދާޒާކުރަނީ ޕޮޓެންޝަލް ޖީޑީޕީން 98 ބިލިޔަނެއްހާ ރުފިޔާ އަޅުގަނޑުމެނަށް ގެއްލިފައި ހުންނާނެ. ޕަބްލިކް ފައިނޭންސަސް އަށް ހަަމަ ކްލޯޒް ޓު 36 ބިލިޔަނެއްހާ ރުފިޔާ ގެއްލިފައި ހުންނާނެ. އެއާ އެއްކޮށް ވެސް ސަރުކާރުން ރެސްޕޮންސިބަލް ގަވަމެންޓެއްގެ ގޮތުގައި ކައުންޓާ ސިކްލިކަލް ފިސްކަލް ޕޮލިސީއެއްގެ ދަށުން އަޅުގަޑުމެން އެޅި ފިޔަވަޅުތަކުގެ ސަބަބުން ވިޔަފާރިތައް މިއަދު މިހާލަތުގައި މިއޮތީ،" އަމީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޮވިޑް ގައި ވެއްޓުމަށް ފަހު މިހާ އަވަހަށް އިގުތިސާދު ރަނގަޅުވާން ފެށި އެހެން ގައުމެއް ވެސް ނެތް ކަމަށާއި އެއީ އެެއްވެސް ފަރާތަކުން އަންދާޒާކުރި ގޮތެއް ވެސް ނޫން ކަމަށެވެ. އޭނާ ވިދާޅުވީ 2021 ވަނަ އަހަރު ރާއްޖޭގެ އިގުތިސާދު 41 ޕަސެންޓުން ކުރިއެރި ކަމަށާއި މިއަހަރުގެ މިހާތަނަށް އިގުތިސާދު 13 ޕަސެންޓުން ކުރި އެރި ކަމަށެވެ.

އިގުތިސާދު އެގޮތަށް "ޖަމްޕް ޖަހަން" ފުރުސަތު ލިބުނީ ވިޔަފާރިތަކަށާއި ފަރުދުންނަށް ވެސް ސަރުކާރުން ދިން އެހީތެރިކަމުގެ ސަަބަބުން ކަމަށް ވިދާޅުވެ، އޭރު ކޮށްދިން ކަންތައްތަކުގެ ތަފްސީލު ވެސް މިނިސްޓަރު ދެއްވި އެވެ.

"އެގޮތަށް އެކަން ކުރީމާ އޭގެ ކޮސްޓެއް ވެސް އެބައިން. އެ ކޮސްޓަކީ ޕަބްލިކް ފައިނޭންސަށް ވަރަށް ބޮޑު ހިޓެއް ނެގުން، ދައުލަތުގެ ދަރަނިވެސް އިތުރުވެގެން ދިއުން،" އަމީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރަން ސަރުކާރުން ހުށަހެޅީ އެކަންތައްތައް ރަނގަޅުކުރަން ކަމަށެވެ.

އަމީރު މިމޭރުމުން ވާހަަކަދެއްކެވީ ޓެކްސް ބޮޑުކުރުން އިތުރު އެއް އަހަރަށް ލަސްކޮށްދޭން އެދޭކަމަށް މަޓީން ބުނެފައި ވަނިކޮށެވެ. ގެސްޓްހައުސް އެސޯސިއޭޝަންގެ ފަރާތުން މަޖިލީހުގެ ކޮމިޓީއަށް މިއަދު ވަޑައިގެންނެވި ބޭފުޅުން ވެސް ވިދާޅުވީ މިއީ ޓެކްސް ބޮޑުކުރަން އެންމެ ރަނގަޅު ވަގުތުތޯ ސުވާލު އުފެދޭ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox