ޑްރަގް ވިޔަފާރިން ހޯދި ފައިސާ ލޯންޑަކުރުމުގެ ދައުވާ ބޭރުކޮށްލި މައްސަލަ ހައި ކޯޓަށް

ޑްރަގް ވިޔަފާރިއަކުން ހޯދި ފައިސާއެއް ލޯންޑަކުރުމުގެ ތުހުމަތުގައި ދައުލަތުން ދައުވާ އުފުލި ރާމިޒާ

ޑްރަގް ވިޔަފާރިއަކުން ހޯދި ފައިސާއެއް ލޯންޑަކުރުމުގެ ތުހުމަތުގައި ދައުލަތުން ދައުވާ އުފުލި ރާމިޒާ

މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދި ކަމަށް ޝައްކު ކުރެވޭ ފައިސާ ބޭނުންކޮށްގެން މަންފާ ހޯދި ކަމަށް ތުހުމަތުކޮށް އުފުލި މަނީ ލޯންޑަރިންގެ ފުރަތަމަ ދައުވާ ކްރިމިނަލް ކޯޓުން ބޭރުކޮށްލަން ނިންމި ނިންމުން ހައި ކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.

އެ މައްސަލާގައި ދައުލަތުން ދައުވާ އުފުލީ ގދ. ތިނަދޫ, ލަކީލާސްޓް, ރާމިޒާ އަލީގެ މައްޗަށެވެ. އޭނަގެ މައްޗަށް ކުރާ ދައުވާ ކްރިމިނަލް ކޯޓުން ބާތިލްކުރުމުން، އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކުރިކަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ މިއަދު ޔަގީންކޮށްދީފަ އެވެ.

ރާމިޒާގެ މައްޗަށް ދައުވާ ކުރީ އޭނާގެ ފިރިމީހާ ގދ. ތިނަދޫ، ރަންގަލް، ހަސަން ލޫތު، އިތުރު ބަޔަކާއެކު މަސްތުވާތަކެތީގެ ވިޔަފާރި ކޮށްގެން ހޯދި ކަމަށް ޝައްކު ކުރެވޭ ފައިސާ އޭނާގެ އެކައުންޓަށް ޖަމާކުރުމުން، އޭގެން މަންފާ ހޯދާފައިވާތީ އެވެ.

އެ މައްސަލައިގައި ދައުލަތުން ރާމިޒާގެ މައްޗަށް ހުށަހެޅި 23 ހެއްކެއް ބަލައިނުގަތުމަށް އޭނާ ވަނީ ކްރިމިނަލް ކޯޓުގައި އެދިފަ އެވެ. އޭނާ މައިގަނޑު ސަބަބަކަށް ފާހަގަކުރީ ގިނަ ހުށަހެޅި ހެކިތަކަކީ އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާއާ ނުގުޅޭ ހެކިތަކަކަށް ވުމެވެ.

ދިފާއުން ހުށަހެޅި ހުށަހެޅުންތަކުގެ ރައްދުގައި ދައުލަތުން ވަނީ ހެކި ބަލައިނުގަތުމަށް ދިފާއުން އެދުނު ނަމަވެސް އެކަމަށް އެއްވެސް ހުއްޖަތެއް ދެއްކިފައިނުވާ ކަން ފާހަގަކޮށްފަ އެވެ. އަދި، ގުޅުން ހުރި ހެއްކެއް ނޫން ކަމަށް ދިފާއަށް ފެނުމަކީ ހެކި ބަލައިނުގަތުމަށް އޮތް ހުއްޖަތެއް ނޫން ކަމަށް ވެސް ބުނެފައިވެ އެވެ.

އަދި، ދައުލަތުން ހުށަހަޅާފައިވާ ހެކިތަކަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން މައްސަލައާ ގުޅުން ހުރި ހެކި ކަމަށް ވެސް ބުނެފައިވެ އެވެ.

ދެ ފަރާތުގެ ހުށަހެޅުންތަކަށް ފަހު ޝަރީއަތުން ވަނީ ރާމިޒާގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ ކުށުގެ ދައުވާގައި ދައުލަތުން ސާބިތުކޮށްދޭން ޖެހޭނީ އޭނާގެ ފިރިމީހާ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަން އެނގިހުރެ، އެކަމުން ހޯދި ފައިސާ ބޭނުން ކުރި ކަން ކަން ވަނީ ފާހަގަކޮށްފަ އެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ އަލީ އާދަމްގެ ނިންމެވުމުގައި ވަނީ ގިނަ ހެކިތަކުން ރާމިޒާ މަނީ ލޯންޑްރިން ކުށުގެ އަމަލެއް ކޮށްފައިވާކަން ޝަރީއަތަށް ސާބިތުކޮށްދެވޭ ވަރަށް ދައުލަތުން ހެކި ހުށަހަޅާފައިނުވާ ކަމަށެވެ.

"އަދި މި ހެކިންނަކީ މި މައްސަލައިގެ ސީދާ މައުލޫއާ ގުޅުން ހުރި ހެކިތަކަކަށް ނުވާއިރު، އަދި ވަށައިގެންވާ އެންމެހާ ކަންކަމަށް ރިއާޔަތްކޮށް މި މައްސަލަ ނިންމުމަށް ބަލާއިރު ވެސް، މި ހެކިތަނުން ރާމިޒާ އަލީގެ މައްޗަށް މަނީ ލޯންޑަރިންގެ އަމަލެއް ކޮށްފައިވާކަން ދަލާލުކޮށްދޭ އެއްވެސް ހެއްކެއް ފެންނަން ނެތަތީ،" ގާޒީ އަލީ އާދަމްގެ ނިންމެވުމުގައި ވެ އެވެ.

ކްރިމިނަލް ކޯޓުން މި މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ނެތް ކަމަށް ނިންމުމުން، އެ ދައުވާ ވަނީ ބާތިލް ވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox