ޑްރަގް މައްސަލައެއްގައި ކުރި މަނީ ލޯންޑަރިންގެ ފުރަތަމަ ދައުވާ ބޭރުކޮށްލައިފި

މި މައްސަލައިގައި ދައުލަތުން ދައުވާ އުފުލި ރާމިޒާ--

މި މައްސަލައިގައި ދައުލަތުން ދައުވާ އުފުލި ރާމިޒާ--

މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދި ކަމަށް ޝައްކު ކުރެވޭ ފައިސާ ބޭނުންކޮށްގެން މަންފާ ހޯދި ކަމަށް ތުހުމަތުކޮށް އުފުލި މަނީ ލޯންޑަރިންގެ ފުރަތަމަ ދައުވާ ކްރިމިނަލް ކޯޓުން ބޭރުކޮށްލައިފި އެވެ.

އެ މައްސަލާގައި ދައުލަތުން ދައުވާ އުފުލީ ގދ. ތިނަދޫ, ލަކީލާސްޓް, ރާމިޒާ އަލީގެ މައްޗަށެވެ.

ރާމިޒާގެ މައްޗަށް ދައުވާ ކުރީ އޭނާގެ ފިރިމީހާ ގދ. ތިނަދޫ، ރަންގަލް، ހަސަން ލޫތު، އިތުރު ބަޔަކާއެކު މަސްތުވާތަކެތީގެ ވިޔަފާރި ކޮށްގެން ހޯދި ކަމަށް ޝައްކު ކުރެވޭ ފައިސާ އޭނާގެ އެކައުންޓަށް ޖަމާކުރުމުން، އޭގެން މަންފާ ހޯދާފައިވާތީ އެވެ.

އެ މައްސަލައިގައި ދައުލަތުން ރާމިޒާގެ މައްޗަށް ހުށަހެޅި 23 ހެއްކެއް ބަލައިނުގަތުމަށް އޭނާ ވަނީ ކްރިމިނަލް ކޯޓުގައި އެދިފަ އެވެ. އޭނާ މައިގަނޑު ސަބަބަކަށް ފާހަގަކުރީ ގިނަ ހުށަހެޅި ހެކިތަކަކީ އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާއާ ނުގުޅޭ ހެކިތަކަކަށް ވުމެވެ.

ދިފާއުން ހުށަހެޅި ހުށަހެޅުންތަކުގެ ރައްދުގައި ދައުލަތުން ވަނީ ހެކި ބަލައިނުގަތުމަށް ދިފާއުން އެދުނު ނަމަވެސް އެކަމަށް އެއްވެސް ހުއްޖަތެއް ދެއްކިފައިނުވާ ކަން ފާހަގަކޮށްފަ އެވެ. އަދި، ގުޅުން ހުރި ހެއްކެއް ނޫން ކަމަށް ދިފާއަށް ފެނުމަކީ ހެކި ބަލައިނުގަތުމަށް އޮތް ހުއްޖަތެއް ނޫން ކަމަށް ވެސް ބުނެފައިވެ އެވެ.

އަދި، ދައުލަތުން ހުށަހަޅާފައިވާ ހެކިތަކަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން މައްސަލައާ ގުޅުން ހުރި ހެކި ކަމަށް ވެސް ބުނެފައިވެ އެވެ.

ދެ ފަރާތުގެ ހުށަހެޅުންތަކަށް ފަހު ޝަރީއަތުން ވަނީ ރާމިޒާގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ ކުށުގެ ދައުވާގައި ދައުލަތުން ސާބިތުކޮށްދޭން ޖެހޭނީ އޭނާގެ ފިރިމީހާ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަން އެނގިހުރެ، އެކަމުން ހޯދި ފައިސާ ބޭނުން ކުރި ކަން ކަން ވަނީ ފާހަގަކޮށްފަ އެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ އަލީ އާދަމްގެ ނިންމެވުމުގައި ވަނީ ގިނަ ހެކިތަކުން ރާމިޒާ މަނީ ލޯންޑްރިން ކުށުގެ އަމަލެއް ކޮށްފައިވާކަން ޝަރީއަތަށް ސާބިތުކޮށްދެވޭ ވަރަށް ދައުލަތުން ހެކި ހުށަހަޅާފައިނުވާ ކަމަށެވެ.

"އަދި މި ހެކިންނަކީ މި މައްސަލައިގެ ސީދާ މައުލޫއާ ގުޅުން ހުރި ހެކިތަކަކަށް ނުވާއިރު، އަދި ވަށައިގެންވާ އެންމެހާ ކަންކަމަށް ރިއާޔަތްކޮށް މި މައްސަލަ ނިންމުމަށް ބަލާއިރު ވެސް، މި ހެކިތަނުން ރާމިޒާ އަލީގެ މައްޗަށް މަނީ ލޯންޑަރިންގެ އަމަލެއް ކޮށްފައިވާކަން ދަލާލުކޮށްދޭ އެއްވެސް ހެއްކެއް ފެންނަން ނެތަތީ،" ގާޒީ އަލީ އާދަމްގެ ނިންމެވުމުގައި ވެ އެވެ.

ކްރިމިނަލް ކޯޓުން މި މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ނެތް ކަމަށް ނިންމުމުން، އެ ދައުވާ ވަނީ ބާތިލް ވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox