ވޯލްޑް ކަޕް ޕީއެސްއެމްގެ ޔެސްޓީވީއަށް

Oct 19, 2022, 6:28 AM
ވޯލްޑް ކަޕް ޕީއެސްއެމްގެ ޔެސްޓީވީއަށް

އަންނަ މަހު ގަތަރުގައި ފަށާ ފީފާ ވޯލްޑް ކަޕުގެ މެޗުތައް ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ ޔެސްޓީވީން ދެއްކުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ދައުލަތުގެ މީޑިއާއިން ނުފެނިދާނެ ކަމުގެ ބިރު އޮއްވައި އެ ކުންފުނިން ވަނީ ރާއްޖޭގައި ވޯލްޑް ކަޕް ދެއްކުމުގެ ރައިޓްސް އޮތް މީޑިއާނެޓާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

"ވޯލްޑް ކަޕަކީ ޒަމާނުއްސުރެ ދިވެހިންގެ މެދުގައި މަގުބޫލު އަދި ފުޓްބޯޅައިގެ ފޯރި އާއި ޖޯޝު ގެނުވާ މުބާރާތެއް. 2022 ގެ ވޯލްޑް ކަޕް ވެސް ދިވެހިންނާ ހަމައަށް ގެނެސް ދިނުމަށް ވާން ޖެހޭ އެންމެހާ ތައްޔާރީތައް ޕީއެސްއެމްއިން ދަނީ ވަމުން،" ޕީއެސްއެމްގެ ސީއީއޯ އަލީ ޚާލިދު ވިދާޅުވި އެވެ.

މި އެއްބަސްވުމުގައި ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ ޚާލިދު އަދި ސޭލްސް އެންޑް މާކެޓިން ޑިރެކްޓަރު އިބްރާހިމް ނަސްރީނު އެވެ. މީޑިއާނެޓުގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަފީއު އަދި ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ) އަހްމަދު ނަބާހު އެވެ.

"މި އަހަރުގެ ވޯލްޑް ކަޕް ސައްތައިން ސައްތަ ދިވެހި ޗެނަލްތަކުން ދެއްކުމަކީ ވަރަށް ބޮޑު ޝަރަފެއް،" މީޑިއާނެޓުގެ ސީއޯއޯ ނަބާހު ވިދާޅުވި އެވެ.

މިއާއެކު، ރާއްޖޭގެ ތިން ޗެނަލަކުން ވޯލްޑް ކަޕުގެ މެޗުތައް ދައްކާނެ އެވެ. އެއީ މީޑިއާނެޓުގެ އައިސްޓީވީ، ރާއްޖެޓީވީ އަދި ޕީއެސްއެމްގެ ޔެސްޓީވީ އެވެ. މިއީ ފަހުގެ ތާރީހެއްގައި މި ގޮތަށް ވޯލްޑް ކަޕް ތަޖުރިބާ ކޮށްލަން ލިބޭނެ ފުރަތަމަ ފަހަރެވެ. ވޯލްޑް ކަޕްގެ ރައިޓްސް މި ފަހަރު ރާއްޖޭން ގަނެފައިވަނީ މީޑިއާނެޓުންނެވެ.

މީޑިއާނެޓްގެ އައިސްގެ ޗެނަލްތަކަކީ މި ވަގުތު ވެސް ދިވެހިންގެ ތެރޭގައި މަގުބޫލު ޗެނަލްތަކެކެެވެ. ދުނިޔޭގެ މަގުބޫލު ފުޓްބޯޅަ ލީގުތައް ކަަމަށްވާ އިނގިރޭސި ޕްރިމިއާ ލީގާއި އިޓާލިއަން ލީގު، ފްރެންޗް ލީގު އަދި ސްޕެނިޝް ލީގުގެ މެޗުތަކުގެ އިތުރުން ކުޅިވަރުގެ މުހިންމު މުބާރާތްތަކުގެ މެޗުތައް ވެސް އައިސް އިން ވަގުތުން ފެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox