ސައުދީ އަރަބިއްޔާއިން ތެޔޮ އުފެއްދުން މަދުކުރުމުގެ ނިންމުމަށް ރާއްޖޭގެ ތާއީދު

ސައުދީ އަރަބިއްޔާގެ ހާރިޖީ ވަޒީރު ޑރ. އިބްރާހީމް ބިން އަބްދުލްއަޒީޒް އާލް-އައްސާފާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ބައްދަލުކުރައްވަނީ. -ފައިލް ފޮޓޯ: ރައީސް އޮފީސް

ސައުދީ އަރަބިއްޔާގެ ހާރިޖީ ވަޒީރު ޑރ. އިބްރާހީމް ބިން އަބްދުލްއަޒީޒް އާލް-އައްސާފާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ބައްދަލުކުރައްވަނީ. -ފައިލް ފޮޓޯ: ރައީސް އޮފީސް

އޯޕެކް ޕްލަސް ގައުމުތަކުން ތެޔޮ އުފައްދާ މިންވަރު މަދުކުރަން ނިންމި ނިންމުމަށް ތާއީދުކުރާ ކަމަށް ދިވެހި ސަރުކާރުން މިއަދު ބުނެފި އެވެ.

ސައުދީ އަރަބިއްޔާ އިސްވެ އޮންނަ އޯޕެކް ޕްލަސް ގްރޫޕުން ބުނީ ދުނިޔޭގެ އިގްތިސާދު މަޑުޖެހެމުން ދާތީ ތެލުގެ އަގުތައް ވެއްޓެން ފަށާފައިވާ ކަމަށާއި އެކްސްޕޯޓް މަދު ކުރަން ނިންމީ އަގުތައް އެއްވަރެއްގައި ހިފެހެއްޓުމަށް ކަމަށެވެ.

އެކަމާ ގުޅިގެން އެމެރިކާ ފަދަ ދުނިޔޭގެ ބޮޑެތި ބައެއް ގައުމުތަކުން ސައުދީއަށް ފާޑުކިޔުން އަމާޒުކުރަމުންދާ ދަނޑިވަޅެއްގައި، ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ސައުދީން ތެޔޮ އުފެއްދުން ލިމިޓު ކުރީ އިގްތިސާދީ ހާލަތްތަކުގެ އިތުރުން ބައެއް ޓެކްނިކަލް ކަންކަމަށް ރިއާޔަތް ކުރުމަށްފަހު ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

"އޯޕެކް ޕްލަސް އިން މި ނިންމުން ނިންމާފައިވަނީ މެމްބަރުގެ ގައުމުތަކުގެ އިއްތިފާގުންކަން ދިވެހި ސަރުކާރުން ފާހަގަކުރަން. މީގެ އިތުރުން މި ފިޔަވަޅަކީ ސިޔާސީ ނިންމުމެއްގެ ގޮތުގައި ނުދެކި، ދުނިޔޭގެ ތެލުގެ މާކެޓު ހަމައަކަށް އެޅުވުމަށް އެޅި ރަނގަޅު ފިޔަވަޅެއްގެ ގޮތުގައި ދެކުން މުހިންމު،" އެ ބަޔާނުގައި ބުންޏެވެ.

ފޮރިން މިނިސްޓްރީން އިތުރަށް ބުނީ ދުނިޔޭގެ ހަކަތައިގެ ބާޒާރުގައި ހަމަޖެހުމުން ގާއިމުވެފައި އޮތުން ރާއްޖެފަދަ ތެލަށް ބަރޯސާވެފައިވާ ކުޑަ ގައުމަކަށް މުހިންމު ކަމަށެވެ.

އަންނަ މަހުން ފެށިގެން ތެޔޮ އުފައްދާ މިންވަރު ދުވާލަކު ދެ މިލިއަން ފީފާއަށް މަދު ކުރަން އޯޕެކް ޕްލަސް އިން ވަނީ ނިންމައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox