ވަކީލުކަމުގެ ހާއްސަ ހުއްދަ އޮތް މީހުން ބާ އިމްތިހާނު ހަދަން ނުޖެހޭ ގޮތަށް ފާސްކޮށްފި

ބާ ކައުންސިލުން ބޭއްވި ކޮންފަރެންސެއްގައި ބައިވެރިވި ވަކީލުންތަކެއް؛ ވަކީލުކަމުގެ ހާއްސަ ހުއްދަ ލިބިފައިވާ ވަކީލުން ބާ އިމްތިހާނު ހަދަން ނުޖެހޭ ގޮތަށް މިއަދު ވަނީ ފާސްކޮށްފައި-- ފޮޓޯ: ބާ ކައުންސިލް

ބާ ކައުންސިލުން ބޭއްވި ކޮންފަރެންސެއްގައި ބައިވެރިވި ވަކީލުންތަކެއް؛ ވަކީލުކަމުގެ ހާއްސަ ހުއްދަ ލިބިފައިވާ ވަކީލުން ބާ އިމްތިހާނު ހަދަން ނުޖެހޭ ގޮތަށް މިއަދު ވަނީ ފާސްކޮށްފައި-- ފޮޓޯ: ބާ ކައުންސިލް

ގާނޫނީ ވަކީލުކަމުގެ ހާއްސަ ހުއްދަ 2020 ވަނަ އަހަރު ދީފައިވާ މީހުން ބާ އިމްތިހާނު ހަދަން ނުޖެހޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކޮށްފި އެވެ.

ގާނޫނީ ފަންނުގެ ގާނޫނަށް އެ އަހަރު ގެނައި އިސްލާހެއްގެ ދަށުން އެންމެ ފުރަތަމަ ބާ އިމްތިހާނެއް ބޭއްވެންދެން އެހާތަނަށް ކިޔަވައި ނިމިފައި ތިބި މީހުންނަށް ހާއްސަކޮށް ތަމްރީނު ޕްރޮގްރާމެއް ފުރިހަމަ ކުރުމަށް ފަހު ވަކީލުކަމުގެ ހާއްސަ ހުއްދަ ދިނެވެ.

އެހެންނަމަވެސް ގާނޫނުގައި އޮތީ އެންމެ ފުރަތަމަ ބާއްވާ ބާ އިމްތިހާނުގައި އެ މީހުން ބައިވެރިވުން މިހާރު ލާޒިމްވާ ގޮތަށެވެ.

މިކަން ބަދަލުކުރުމަށް އެ ގާނޫނު ބަދަލު ކުރުމަށް ހުށަހެޅުއްވީ ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު އުޝާމެވެ. އުޝާމް ހުށަހެޅުއްވީ ގާނޫނުން މި މާއްދާ އުނިކުރުމަށެވެ.

ޖުޑީޝަރީ ކޮމިޓީން މި ބިލު ދިރާސާކޮށްފައިވަނީ މި ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ހޮޅުދޫ ދާއިރާގެ މެންބަރު ޔޫނުސް އަލީ ހުށަހެޅުއްވި ބިލާ އެކުއެކީގަ އެވެ.

ޔޫނުސް ހުށަހެޅުއްވި ބިލުގައި ވަނީ ގާނޫނީ ވަކީލުކަމުގެ ހުއްދައަށް އެދޭ ފަރާތްތަކަށް އެއް އަހަރު ދުވަހުގެ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރުމަށް ކުރިން ގާނޫނުގައި ލާޒިމްކޮށްފައި އޮތް އޮތުން ބަދަލުކޮށް ދުނިޔޭގެ އެހެނިހެން ގައުމުތަކުގައި ގާނޫނީ ވަކީލުކަމުގެ ހުއްދަ ދިނުމުގެ ކުރިން ފުރިހަމަކުރާ ތަމްރީނުތައް ކުރިޔަށް ގެންދާ ގޮތަށް ރިއާޔަތްކޮށް ރައްޖެއަށް އެންމެ އެކަށޭނަ ތަމްރީނުގެ ނިޒާމެއް އެކުލަވާލައި ތަންފީޒުކުރުމުގެ ބާރު ބާ ކައުންސިލަށް ދިނުމަށް ހިމަނާފަ އެވެ.

ބިލުގައި ވަނީ ބާ ކައުންސިލަށް ލިބޭ އާމްދަނީން އެ ކައުންސިލު ހިންގޭ ފަދަ ގޮތަކަށް ބާ ކައުންސިލުގެ ހިންގުން ބައްޓަންކުރުމަށްޓަކައި ބާ ކައުންސިލަށް އާމްދަނީ ހޯދޭނެ އިތުރު ގޮތްތައް ވެސް ބަޔާންކޮށްފަ އެވެ.

އެގޮތުން، ގާނޫނީ ވަކީލުން ދައްކާ ޗަންދާ އާއި ގާނޫނީ ވަކީލުކަމުގެ ހުއްދަ ދޫކުރުމާއި ހުއްދަ އާކުރުމާއި ސެޓްފިކެޓް އަލުން ހެއްދުންފަދަ ކަންކަމުން ނެގޭ ފީ އިން ކައުންސިލަށް އާމްދަނީ ހޯދޭނެ ކަމަށް ބަޔާންކޮށްފައިވެ އެވެ.

މި ދެ ބިލަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަކިވަކިން ވޯޓަށް އެހިއިރު، ދެ ބިލު ވެސް ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox