ރާއްޖެއާއި ޗައިނާގެ 50 އަހަރުވީ ގުޅުމަކީ ރަނގަޅު މިސާލެއް: ސަފީރު

ރާއްޖެއާއި ޗައިނާއާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ގާއިމްކުރިތާ 50 އަހަރު ފުރުން ފާހަގަކުރަން މިއަދު ބޭއްވި ހަފުލާގައި ޗައިނާ ސަފީރު ވާންގް ލިޖިން ވާހަކަދައްކަވަނީ. އޭނާ ވިދާޅުވީ ދެގައުމުގެ ގުޅުމަކީ ރަނގަޅު މިސާލެއް ކަަމަށް. ފޮޓޯ:މުހައްމަދު ޝާބިން/އަދަދު

ރާއްޖެއާއި ޗައިނާއާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ގާއިމްކުރިތާ 50 އަހަރު ފުރުން ފާހަގަކުރަން މިއަދު ބޭއްވި ހަފުލާގައި ޗައިނާ ސަފީރު ވާންގް ލިޖިން ވާހަކަދައްކަވަނީ. އޭނާ ވިދާޅުވީ ދެގައުމުގެ ގުޅުމަކީ ރަނގަޅު މިސާލެއް ކަަމަށް. ފޮޓޯ:މުހައްމަދު ޝާބިން/އަދަދު

ރާއްޖެއާއި ޗައިނާގެ 50 އަހަރުވީ ހާރިޖީ ގުޅުމަކީ މުޅީން ތަފާތު ދެ ނިޒާމަކާއި ތަފާތު ސަގާފަތެއް އޮންނަ ދެގައުމެއްގެ ދެމެދުގައި، ދެފަރާތަށް ފައިދާވާ ރަނގަޅު ގުޅުމެއް ބޭއްވިދާނެ ގޮތުގެ މިސާލެއް ކަމަަށް ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ވާން ލިޖިން މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖެއާއި ޗައިނާއާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ގާއިމްކުރިތާ 50 އަހަރު ފުރުން ފާހަގަކުރަން މީރުމާ ހޮޓަލުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވާން ވިދާޅުވީ މިދިޔަ ފަންސާސް އަހަރު، ރާއްޖެއާއި ޗަައިނާއިން މުއާމަލާތް ކޮށްފައި ވަނީ، ހަމަ ހަމަ ދެ ބައިވެރިންގެ ގޮތުގައި ކަމަށެވެ. އެއްގައުމުން އަނެއް ގައުމަށް އިހުތިރާމުކުރުމާއި އެހީތެރިވުން ވެސް އޮތީ އެ ގޮތުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ޗައިނާ-ދިވެހިރާއްޖެ ގުޅުން ވެފައި މިވަނީ، ތަފާތު ނިޒާމުތަކާއި ސަގާފަތްތައް އޮންނަ ގައުމުތަކުގެ ދެމެދުގައި އެކުވެރިކަމާ އެކު މުއާމަލާތްތަކާއި ދެފަރާތަށް ފައިދާކުރަނިވި ގޮތަކަށް ގުޅުން ބޭއްވުމުގެ ރަނގަޅު މިސާލަކަށް،" ވާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދެގައުމުގެ ލީޑަރުންގެ އިރުޝާދާ އެކު ޗައިނާއާއި ރާއްޖޭގެ ގުޅުމަށް ފަހަކަށް އައިސް ކުރިއެރުންތައް ލިބިފައިވާ ކަމަށެވެ. ވިޔަފާރިއާއި އިގުތިސާދީ ގޮތުން އޮތް އެއްބާރުލުމުގެ ވަރަށް ރަނގަޅު ނަތީޖާތަކެއް ނެރެވިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޗައިނާގެ އެހީތެރިކަމާ އެކު ރާއްޖޭގައި ހިންގާފައިވާ ބައެއް ބޮޑެތި މަޝްރޫއުތައް އޭގެ މިސާލުތަކުގެ ގޮތުގައި އޭނާ ދެއްކެވި އެވެ. ސިނަމާލެ ބްރިޖާއި ހައުސިން މަަޝްރޫއުތައް އޭގެ ތެރޭގައި ހިމެނުއްވި އެވެ.

ރާއްޖެ-ޗައިނާ ޑިޕްލޮމެޓިކް ގުޅުމަށް 50 އަހަރު ފުރުން ފާހަގަކުރަން މިއަދު ބޭއްވި ހަފުލާގައި، ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމާއި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒާއި ރާއްޖޭގެ އެހެން ބައެއް އޮފިޝަލުން ވެސް ބައިވެރިވެވަޑައިިގެންނެވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox