ކެއާ ޑިވެލޮޕްމަންޓު ސެންޓަރުގެ ޓީޗަރެއްގެ އެއް އަހަރުގެ މުސާރަ ސްޓެލްކޯއިން ދެނީ

ސްޓެލްކޯގެ އިޖުތިމާއީ ޒިންމާގެ ދަށުން ކެއާ ސޮސައިޓީއާ އެކު ފަހުމުނާމައެއްގައި ސޮއި ކުރުމުގެ ހަފްލާގެ ތެރެއިން -- ފޮޓޯ: ޓުވިޓާ

ސްޓެލްކޯގެ އިޖުތިމާއީ ޒިންމާގެ ދަށުން ކެއާ ސޮސައިޓީއާ އެކު ފަހުމުނާމައެއްގައި ސޮއި ކުރުމުގެ ހަފްލާގެ ތެރެއިން -- ފޮޓޯ: ޓުވިޓާ

ކެއާ ސޮސައިޓީގެ ދަށުން ހިންގާ ކެއާ ޑިވެލޮޕްމެންޓު ސެންޓަރުގެ ޓީޗަރެއްގެ އެއް އަހަރުދުވަހުގެ މުސާރަ ސްޓެލްކޯއިން ހަމަޖައްސައިދިނުމަށް ނިންމައި މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ) އެއްގައި ސޮއިކޮށްފި އެވެ.

މި އެމްއޯޔޫގައި ސްޓެލްކޯގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފެވެ. އަދި، ކެއާ ސޮސައިޓީގެ ފަރާތުން ސޮއި ކުރެއްވީ އެ ސޮސައިޓީގެ އެގްޒެކެޓިވް ޑިރެކްޓަރު އަހުމަދު އާތިފެވެ.

ކެއާ ސޮސައިޓީއާއި އެކު ސްޓެލްކޯއިން ފަހުމުނާމާގައި ސޮއި ކުރަނީ -- ފޮޓޯ: ޓުވިޓާ
ކެއާ ސޮސައިޓީއާއި އެކު ސްޓެލްކޯއިން ފަހުމުނާމާގައި ސޮއި ކުރަނީ -- ފޮޓޯ: ޓުވިޓާ

ކެއާ ސޮސައިޓީއާއި އެކު ސްޓެލްކޯއިން ފަހުމުނާމާގައި ސޮއި ކުރަނީ -- ފޮޓޯ: ޓުވިޓާ

ސްޓެލްކޯގެ އިޖުތިމާއީ ޒިންމާގެ ދަށުން ސޮއި ކުރި މި އެމްއޯޔޫގެ ދަށުން ގޮތުންކެއާ ޑިވެލޮޕްމެންޓު ސެންޓަރުގައި މަސައްކަތް ކުރާ ޓީޗަރެއްގެ މުސާރަ އެއް އަހަރުދުވަހުގެ މުއްދަތަކަށް ސްޓެލްކޯއިން ކެއާ ސޮސައިޓީއަށް ދޭނެ އެވެ.

ސްޓެލްކޯއަކީ އާންމު އިޖުތިމާއީ ގިނަ ކަންތައްތަކެއްގައި މުޖުތަމައަށް ބޮޑެތި އެހީތެރިކަން ފޯރުކޮށްދެމުންދާ ކުންފުންޏެކެވެ. އެގޮތުން، މިއަހަރުގެ ޖުލައި މަހު ޑައިބެޓީސް ސޮސައިޓީގެ "ސޭވް އަ ޑައިބެޓިކް ޗައިލްޑް" ޕުރޮޖެކްޓު ވެސް އެކުންފުނިން ވަނީ ސްޕޮންސާ ކޮށްފަ އެވެ. އޭގެ އިތުރުން، އއ. އަތޮޅުގެ އަށް ރަށާއި އދ. އަތޮޅުގެ ނުވަ ރަށުގެ މަގުބައްތި އެ ކުންފުނިން ބަލަހައްޓަމުން ދެއެވެ.

ސްޓެލްކޯގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރިއަށް އޮތް ތަނުގައި ވެސް ރާއްޖޭގެ ރައްޔިތުންނަށް މަންފާ ވާނެ އެކި ކަހަލަ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދެމުން ގެންދާނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ދިނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"ގައުމީ ރުކުނަކަށް އުނިކަން އަންނަ އެއްވެސް ކަމެއް ނުކުރާނަން"

ރާއްޖޭގެ އިސްލާމްވަންތަކަމާއި، މިނިވަންކަމާއި، އަމިއްލަވަންތަކަން ފަދަ ގައުމީ އެއްވެސް ރުކުނަކަށް އުނިކަން އަންނާނެ ފަދަ ކަމެއް ނުކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން މުއިއްޒު ދެއްވި. އެމަނިކުފާނު ވިދާޅުވީ ސަރުކާރުން ނިންމަވާ ކޮންމެ ނިންމެވުމެއް ނިންމަވާނީ ގައުމީ ބަހާތަކަށް ރައްކާތެރިކަން ދީގެން ކަމަށް.

"ރަސްމާލެ ޔަހޫދީންނަށް ދޭން މުއިއްޒަށް އެއްވެސް ހައްގެއް ނެތް"

ރަސްމާލެ މަޝްރޫއު ޔަހޫދީންނާ ގުޅުންހުރި ފަރާތްތަކަށް ދިނުމަށް ރައީސް މުއިއްޒު ނިންމެވި ނިންމެވުމަކީ ރައްޔިތުންގެ ބަހެއް ނެތި ނިންމޭނެ ކަމެއް ނޫން ކަމަށް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ. މި މަޝްރޫއު ހުއްޓުވުމަށް ނޮވެމްބަރު 6 ގައި ބާއްވާ އެއްވުމަށް ހުރަސްނޭޅުމަށް އޭނާ ވަނީ ސަލާމަތީ ބާރުތަކަށް ގޮވާލައްވާފަ.

ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާއަށް އެޖެންޑާކޮށްފި

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މަސްއޫލިއްޔަތު އަދާނުކުރައްވާ ކަމަށް ބުނެ އެމްޑީޕީން ހުށަހެޅި އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާގެ މަޖިލީހަށް ވަނީ އެޖެންޑާކޮށްފައި. މި މައްސަލަ ހުށަހެޅީ ޑޮލަރުގެ ރޭޓު ދަށްކުރުމަށް ވީ ވައުދާ ހިލާފުވުމާއި، ޑިވެލޮޕްމަންޓް ބޭންކުގެ މަސައްކަތް ނުފެށި ދައުލަތުގެ ފައިސާ އިސްރާފުވާ ކަމަށް ބުނޭ.

"ގައުމުގެ ސިޔާދަތަށް އުނިކަން އަންނަ ހިއްސާތަކަށް ޖާގަ ނުދީ"

ގައުމުގެ މިނިވަންކަމާއި ސިޔާދަތަށް އުނިކަން އަތުވެދާނެ އެއްވެސް އިންވެސްޓްމަންޓަކަށް ޖާގަ ނުދިނުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ސަރުކާރަށް ގޮވާލައްވައިފި. މިގޮތުން ރަސްމާލެ މަޝްރޫއު ފަދަ ކަންކަމުގައި ދެފުށް ފެންނަ އުސޫލަކުން މައުލޫމާތު ހާމަކުރުމަށާއި، އިގްތިސާދީ މަންފާއަށްވުރެ ގައުމުގެ މިނިވަންކަން އިސްކުރުމަށް ފައިސަލް ބާރުއެޅުއްވި.

ޖިންސީގޯނާގެ މައްސަލައެއްގައި ކުރީގެ ކައުންސިލަރު ހައްޔަރުކޮށްފި

ޖިންސީ ގޯނާގެ ތުހުމަތުގައި މާފަންނު ދެކުނު ދާއިރާގެ ކުރީގެ ކައުންސިލަރު މުހައްމަދު އައިމަން އިސްމާއިލް ފުލުހުން މިއަދު ވަނީ ހައްޔަރުކޮށްފައި. އޭނާ ހައްޔަރުކޮށްފައިވަނީ މި މައްސަލައިގެ ތަހުގީގު ލަސްވާތީ އޭނާގެ ކުރީގެ އަނބިމީހާ ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށް ކަމަށާއި، މިހާރު މައްސަލައިގެ ބޮޑުބައެއް ތަހުގީގުކޮށް ނިމިފައިވާ ކަމަށް ފުލުހުން ބުނޭ.

ސަރުކާރުން މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕް އުފައްދައިފި

ސަރުކާރުގެ ހުރިހާ ޓާޝަރީ ހޮސްޕިޓަލްތަކެއް އެއް ފުރާޅެއްގެ ދަށުން ހިންގުމަށް "މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕް" (އެމްޓީއެޗްޖީ) އުފައްދައިފި. މި ބަދަލާއެކު ކުރިން ހޮސްޕިޓަލްތަކުގައި އޮތް ވަކިވަކި ބޯޑުތައް އުވާލައި، 10 ހޮސްޕިޓަލާއި ތެލެސީމިއާ ސެންޓަރު ހިންގާނީ މި ބޯޑުން.

ރިވެލި ބީޗު އަތުލުން މަޑުޖައްސާލަން ކޯޓުން އަމުރުކޮށްފި

ހުޅުމާލޭ ރިވެލި ބީޗް ރެސްޓޯރަންޓް ހިންގުން ހުއްޓުވޭނެ ފަދަ އެއްވެސް އަމަލެއް ނުކުރުމަށް ސިވިލް ކޯޓުން އެޗްޑީސީގެ މައްޗަށް ވަގުތީ އަމުރެއް ނެރެފައި. ނަމަވެސް، ކުލި ނުދައްކާ އޮތް މައްސަލައިގައި އެޗްޑީސީން ވަނީ އެ ރެސްޓޯރަންޓާއެކު ވެފައިވާ އެއްބަސްވުން ބާތިލުކޮށް، އެ ބިން ނަގަން ނިންމާފައިވާކަން އިއްޔެ އިއުލާންކޮށްފައި.

Newsletter

Get the latest news delivered straight to your inbox