ހުޅުމާލޭ މަގުތަށް އަލުން ދިއްލުމުގެ މަސައްކަތް އެޗްޑީސީއިން ފަށައިފި އެވެ.
ހުޅުމާލޭގެ މަގުތަކުން ރޭ ކަރަންޓު ގޮސްފައިވަނީ މަގުތަކަށް ކަރަންޓު ދިނުމަށް އަޅާފައިހުރި ކޭބަލްތައް ވަގަށް ނެގުމާ ގުޅިގެންނެވެ.
އެޗްޑީސީއިން ބުނެފައިވަނީ މިކަމުގެ ސަބަބުން އަނދިރިވެފައިވާ މަގުތައް ދިއްލުމުގެ މަސައްކަތް ހުޅުމާލެ އޮޕަރޭޝަނުގެ ތިން ޓީމަކުން ކުރަމުން އަންނަ ކަމަށެވެ.
އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ. މި މައްސަލައިގައި ފުލުހުންގެ ބަހެއް މިހާތަނަށް ލިބިފައެއް ނުވެ އެވެ.
މީގެ ކުރިން ވެސް ހުޅުމާލޭގެ މަގުތަކުގައި އަޅާފައި ހުރި ކޭބަލްތަކެއް ވަގަށް ނަގައި, މަގުތަކުން ކަރަންޓު ދުއްވާލައިފައިވެ އެވެ.














