އެޗްޑީސީއިން ހުޅުމާލޭގައި ހިންގާ އިންގިލާބީ ހަތަރު މަޝްރޫއުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފި

އެޗްޑީސީގެ އެމްޑީ އާތިފް އަދި އެ ކުންފުނީގެ އިސްވެރިން އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ހަފުލާގެ ތެރެއިން -- ފޮޓޯ: އެޗްޑީސީ

އެޗްޑީސީގެ އެމްޑީ އާތިފް އަދި އެ ކުންފުނީގެ އިސްވެރިން އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ހަފުލާގެ ތެރެއިން -- ފޮޓޯ: އެޗްޑީސީ

ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލޭގައި ހިންގުމަށް ނިންމާފައިވާ އިންގިލާބީ ހަތަރު މަޝްރޫއެއްގެ އެއްބަސްވުން ތަކުގައި މިއަދު ސޮއެކޮށްފި އެވެ.

މިއަދު ސޮއި ކުރި ހަތަރު މަޝްރޫއުތަކުގެ ތެރޭގައި ހިމެނެނީ ވޯކާސް ބިލްޑިން އަކާއި އޮޓޯ ސެންޓަރެއްގެ އިތުރުން ޕާކިން ބިލްޑިންއެއްގެ އިތުރު ޑޭކެއާ ސެންޓަރެއް ގާއިމުކުރުމެވެ. މި ހުރިހާ މަޝްރޫއެއްވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގަ އެވެ.

މިއަދު ސޮއި ކުރިވެގެން ގޮސްފައި މިވަނީ ސަރުކާރުގެ ސިޔާސަތު ތަކާއި އެއްގޮތަށް މާލެ ސަރަހައްދަށް ދިމާވެފައިވާ ގިނަ ގޮންޖެހުންތަކަކަށް ކޮންމެސް ވަރެއްގެ ހައްލެއް ހޯދައިދިނުމަށް އެ ކުރިއަށް ގެންދެވޭ މަޝްރޫއުތަކެއް ކަމަށް މި އެއްބަސްވުން ތަކުގައި ސޮއި ކުރުމަށް ބޭއްވި ހަފުލާގައި ވާހަކަ ދައްކަވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފް ވިދާޅުވި އެވެ.

"އެޗްޑީސީގެ މަސައްކަތްތައް މިއޮތީ ހަމައެކަނި ހުޅުމާލެ އަކަށް ނޫން.. ސަރުކާރުގެ އެއް ވިސްނުމަކީ މުޅި މާލެ ސަރަހައްދުގައި ހުރި މައްސަލަތަކަށް ހައްލު ގެނައުން.." އާތިފް ވިދާޅުވި އެވެ.

އެ ހުރިހާ އެއްބަސްވުމެއްގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އާތިފް އެވެ.

ވޯކާސް ބިލްޑިން

އެޗްޑީސީގެ އެމްޑީ އާތިފް އަދި ކަންޓްރީ މެނޭޖަރު ޗިން ޝެންގްވޫ ވޯކާސް ބިލްޑިން ގެ އެއްބަސްވުމުގައި ސޮއެކުރައްވަނީ -- ފޮޓޯ: އެޗްޑިސީ
އެޗްޑީސީގެ އެމްޑީ އާތިފް އަދި ކަންޓްރީ މެނޭޖަރު ޗިން ޝެންގްވޫ ވޯކާސް ބިލްޑިން ގެ އެއްބަސްވުމުގައި ސޮއެކުރައްވަނީ -- ފޮޓޯ: އެޗްޑިސީ

އެޗްޑީސީގެ އެމްޑީ އާތިފް އަދި ރޯޓައިމް އިންޖިނޭރިން ޓެކްނޮލަޖީ ޕްރައިވެޓް ކަންޓްރީ މެނޭޖަރު ޗިން ޝެންގްވޫ ވޯކާސް ބިލްޑިންގެ އެއްބަސްވުމުގައި ސޮއިކުރައްވަނީ -- ފޮޓޯ: އެޗްޑިސީ

ރާއްޖޭގެ އެކި ކުންފުނިތަކުން މަސައްކަތު ގެނެވޭ ބިދޭސީ މުވައްޒަފުންނަށް ހާއްސަކޮށް ކުރިއަށް ގެންދެވޭ މި މަޝްރޫއު ހިންގުމަށް އެޗްޑީސީއިން ހަވާލު ކޮށްފައިވަނީ ހޮންކޮންގެ ރޯޓައިމް އިންޖިނޭރިން ޓެކްނޮލަޖީ ޕްރައިވެޓް ކުންފުންޏާ އެވެ.

މި މަޝްރޫއުގެ ދަށުން ޖުމްލަ 7،000 ލޭބަރުން އަދި 2،000 ހޮސްޕިޓާލިޓީ ސްޓާފުންނަށް އެކޮމޮޑޭޝަން ލިބޭނެ 18 ބްލޮކެއް އަޅާނެ އެވެ. އެ ބްލޮކް ތަކުގައި ހިމެނެނީ ހަތަރެއް އަދި ހަ މީހުންގެ ޖާގައިގެ ކޮޓަރި ތަކާއި، ފާހާނަބަރިތަކާއި، ފިހާރަތަކުގެ އިތުރުން ނަމާދުގެ އެވެ.

އޭގެ އިތުރުން، ކެއުންބުއިމުގެ ހިދުމަތް ފޯރުކޮށްދިނުމަށް އެ ބްލޮކް ތަކުން ހާއްސަ ކުރެވޭ ފްލޯ ތަކުގައި ބަދިގެ އަދި މެސް ރޫމް ހުންނާނެ އެވެ.

މިއީ މިހާރު މާލެ ސަރަހައްދުގައި މަސައްކަތް ކުރާ ބިދޭސީން އުޅެމުންދާ ދަތި އަދި އުނދަގޫ ދިރިއުޅުމަށް ހެޔޮބަދަލެއް ގެނައުމަށް ހިންގޭ މަޝްރޫއެއް ކަމަށް އެޗްޑީސީއިން ވަނީ ބުނެފަ އެވެ.

މި މަޝްރޫއުގެ އެއްބަސްވުމުގައި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ކަންޓްރީ މެނޭޖަރު ޗިން ޝެންގްވޫ އެވެ.

އޮޓޯ ސެންޓަރު

ސޮއެކުރައްވަނީ
ސޮއެކުރައްވަނީ

އެޗްޑީސީގެ އެމްޑީ އާތިފް އަދި ޗައިނާ ސްޓޭޓްގެ ޖެނެރަލް މެނޭޖަރު ޖަންގް ޓާއޯ އޮޓޯ ސެންޓަރުގެ އެއްބަސްވުމުގައި ސޮއިކުރައްވަނީ -- ފޮޓޯ: އެޗްޑީސީ

މާލޭގެ މީހުން ދިރިއުޅޭ ސަރަހައްދުގައި ހިންގޭ ގަރާޖުތަކަކީ އެންމެ ރައްކާތެރި ގޮތް ނޫން ކަމުގައި ދެކި އެޗްޑީސީއިން އިސްނަގައިގެން ހިންގާ މި މަޝްރޫއަކީ މާލެ ސަރަހައްދުގައި ޒަމާނީ ފެންވަރުގެ އޮޓޯ ސެންޓަރެއް ގާއިމު ކުރުމުގެ މަގުސަދުގައި ހިންގޭ މަޝްރޫއެކެވެ.

އެޗްޑީސީއިން މި މަޝްރޫއު ހިންގުމަށް ހަވާލު ކޮށްފައިވަނީ ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނޭރިން ކޯޕަރޭޝަން އާއި އެވެ.

ޖުމްލަ 35،400 އަކަފޫޓުގެ ފަސް ބުރީގެ މި އިމާރާތުގައި ޖުމްލަ ހަތް ސާވިސް ލިފްޓު ހުންނާނެ އެވެ. އަދި ގަރާޖުތަކަށް މި އިމާރާތުގައި ތަނަވަސް ޖާގަ ލިބިގެންދާނެ ކަމަށް އެޗްޑިސީއިން ބުނެ އެވެ.

އޭގެ އިތުރުން އެޗްޑީސީގެ ސަސްޓެއިނަބަލް ސިޓީ މޮޑެލްގެ ދަށުން މި އިމާރާތުގައި ވާރޭ ފެން ހާވެސްޓު ކުރުމާއި ސޯލާ ޕެނަލް ސިސްޓަމެއް ގާއިމު ކުރެވިގެންދާނެ އެވެ. މި އިމާރާތުގައި ކަރަންޓު ބޭނުންކޮށްގެން ދުއްވާ ކާރުތަކަށް ހާއްސަ ޗާޖިން ސްޓޭޝަނެއްވެސް ހުންނާނެ އެވެ.

މި މަޝްރޫއުގެ އެއްބަސްވުމުގައި ޗައިނާ ސްޓޭޓްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޖެނެރަލް މެނޭޖަރު ޖަންގް ޓާއޯ އެވެ. މި އެއްބަސްވުމުގެ ދަށުން މިއަދުން ފެށިގެން ދެ އަހަރުގެ ތެރޭގައި މި އޮޓޯ ސެންޓަރު ނިންމާލުމަށް ވަނީ ހަމަޖެހިފަ އެވެ.

ޕާކިން ބިލްޑިން

ސޮއެކުރައްވަނީ
ސޮއެކުރައްވަނީ

އެޗްޑީސީގެ އެމްޑީ އާތިފް އަދި ދަމާސް ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހުމަދު ސޯލިހް ޕާކިން ބިލްޑިންގެ އެއްބަސްވުމުގައި ސޮއިކުރައްވަނީ -- ފޮޓޯ: އެޗްޑިސީ

ދިވެހިރާއްޖޭގެ ދަމާސް ކުންފުނިން އިސްނަގައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މަޝްރޫއުގެ ދަށުން ހުޅުމާލޭގައި 24،700 އަކަފޫޓުގެ ޖާގައިގެ ޕާކިން އިމާރާތެއް އެޅުމަށް ވަނީ ހަމަޖެހިފަ އެވެ.

އެޗްޑީސީއިން ބުނީ މި މަޝްރޫއަކީ މާލެ ސަރަހައްދަށް ދިމާވެފައިވާ ޕާކިން ޖާގައިގެ މައްސަލައަށް ޒަމާނީ ހައްލެއް ގެނައުމަށް ހިންގޭ މަޝްރޫއެއް ކަމަށެވެ.

މި މަޝްރޫއުގެ ދަށުން ބޭސްމެންޓު ޕާކިން އާއި އެކު އެޅޭ ހަ ފްލޯގެ އިމާރާތުގައި ގިނަ އަދަދެއްގެ އުޅަނދު އެއްފަހަރާ ޕާކު ކުރެވިގެންދާނެ އެވެ. އަދި، ވެލޭ ޕާކިން އަދި ރާއްޖޭގައި ފުރަތަމަ ފަހަރަށް ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ޕާކު ކުރުމުގެ އިންތިޒާމުވެސް މި އިމާރާތުގައި ގާއިމުކުރެވޭނެ އެވެ.

ސޯލާ ހަކަތައިން ހިންގާ މި އިމާރާތުގައި ކޮމާޝަލް ބޭނުންތަކަށް ހާއްސަކުރެވިފައިވާ ދެ ފްލޯއެއްވެސް ހުންނާނެ ކަމަށް އެޗްޑީސީއިން ބުނެފައިވެ އެވެ.

މި މަޝްރޫއުވެސް ސޮއި ކުރާ ދުވަހުން ފެށިގެން ދެ އަހަރުގެ ތެރޭގައި ނިންމުމަށް ވަނީ އެއްބަސް ވެފަ އެވެ. ދަމާސްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއެ ކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހުމަދު ސޯލިހް އެވެ.

ޑޭކެއާ ސެންޓަރު

ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހުމަދު ސޯލިހް
ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހުމަދު ސޯލިހް

އެޗްޑީސީގެ އެމްޑީ އާތިފް އަދި އޭބީއޭގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ގާސިމް ޑޭކެއާ ސެންޓަރުގެ އެއްބަސްވުމުގައި ސޮއިކުރައްވަނީ -- ފޮޓޯ: އެޗްޑިސީ

ހުޅުމާލޭގައި ދިރިއުޅޭ މަސައްކަތް ކުރާ ދެމަފިރިންގެ އާއިލާތަކަށް އަމާޒުކޮށް ހިންގޭ މި މަޝްރޫއަކީ އެޗްޑީސީ އާއި އޭބީއޭ އާއި ގުޅިގެން ހިންގޭ މަޝްރޫއެކެވެ.

މިހާތަނަށް ރާއްޖޭގައި ގާއިމު ކުރެވޭ އެންމެ ފުރިހަމަ ޑޭކެއާ ސެންޓަރު ވެގެންދާނީ 3000 އަކަފޫޓުގެ ހަ ބުރީގެ އިމާރާތަކަށެވެ.

މި ޑޭކެއާ ސެންޓަރުގައި ޒަމާނީ ޑޭކެއާ ސެންޓަރަކުން ލިބޭނެ ހުރިހާ ހިދުމަތެއްގެ އިތުރުން ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ހާއްސަ ކްލިނިކް ތަކެއްވެސް ހުންނާނެ އެވެ.

މި މަޝްރޫއުވެސް ސޮއި ކުރެވޭތާ ދެ އަހަރުގެ ތެރޭގައި ނިންމުމަށް ވަނީ އެއްބަސްވެފަ އެވެ. އޭބީއޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ގާސިމް އެވެ.

މި މަޝްރޫއު ތަކުގެ ތެރެއިން ޑޭކެއާ ސެންޓަރު އަދި ޕާކިން ބިލްޑިން އަކީ އެ މަޝްރޫއުތައް ހިންގާ ކުންފުނިތަކަށް އެޗްޑީސީއިން ބިން ދިނުމުން އަމިއްލަ ހަރަދުގައި ހިންގާ މަޝްރޫއު ތަކެކެވެ. އެ ދެ މަޝްރޫއަކީ ލީސް އެގްރިމެންޓެއްގެ ދަށުން މި މަޝްރޫއު ތަކުން ލިބޭ އާމްދަނީއިން އެޗްޑީސީއަށް ކުލި ނަގާ ގޮތަށް ހިންގޭ މަޝްރޫއު ތަކެކެވެ. ނަމަވެސް، އޮޓޯ ސެންޓަރު އަދި ވޯކާސް ބިލްޑިން އަކީ އެޗްޑީސީގެ އަމިއްލަ ހަރަދުގައި ކުރިއަށް ގެންދެވޭ ދެ މަޝްރޫއެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox