މޭރީ މަރާލުމުގެ ރޭވުން ދިޔަ ގޮތް ދައުލަތުން ކިޔައިދީފި؛ "ފުރުސަތު އޮތީ މާވިނާއި ލަމްހާއަށް އެކަނި"

މޭރީ ގްރޭސް މަރާލުމުގެ ދައުވާ ކޮށްފައިވާ މާވިން އަދި ލަމްހާ: އިތުރު ބަޔަކަށް އެ ކަން ކުރަން ފުރުސަތު ނެތް ކަމަށް ދައުލަތުން މިއަދު ބުނެފި

މޭރީ ގްރޭސް މަރާލުމުގެ ދައުވާ ކޮށްފައިވާ މާވިން އަދި ލަމްހާ: އިތުރު ބަޔަކަށް އެ ކަން ކުރަން ފުރުސަތު ނެތް ކަމަށް ދައުލަތުން މިއަދު ބުނެފި

އައިޖީއެމްއެޗްގައި މަސައްކަތް ކުރި ނަރުސް މޭރީ ގްރޭސް މަރާލިކަމުގެ ތުހުމަތު ރައްދުވާ އޭނާގެ ފިރިމީހާ މާވިން އެސްވައި އާއި ފިރިހީމާގެ ލޯބިވެރިޔާ ހަލީމަތު ލަމްހާއަށް ފިޔަވައި އިތުރު ބަޔަކަށް އެކަން ނުކުރެވޭނެ ކަން ސާބިތުކޮށްދޭނެ ކަމަށް ދައުލަތުން މިއަދު ބުނެފި އެވެ.

އުމުރުން ހަތަރު އަހަރުގެ ކުޑަ އަންހެން ކުއްޖެއް ވެސް ހުންނަ ގްރޭސް މަރާލީ އޮކްޓޯބަރު 19، 2021 ގަ އެވެ. ގްރޭސްގެ މަރު ރިޕޯޓްކޮށް، ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔައީ ވެސް މާވިން އެވެ. މާވިން ބުނީ އޭނާއަށް ގްރޭސް ފެނުނީ ދަންޖެހި އަމިއްލައަށް މަރުވެފައި ހުއްޓާ ކަމަށެވެ.

ނަމަވެސް ފުލުހުންގެ ތަހުގީގުން ގްރޭސް މަރާލި ކަމަށް ބެލެވިގެން މާވިން އާއި އޭނާގެ ލޯބިވެރިޔާ ލަމްހާއަށް ދައުވާކޮށް މިހާރު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދާ ޝަރީއަތުގައި މިއަދު ބޭއްވި އަޑުއެހުމުގައި އޮތީ އިފްތިތާހީ ބަޔާން އިއްވުމެވެ.

އިފްތިތާހީ ބަޔާން ނުވަތަ އޯޕެނިންގ ސްޓޭޓްމަންޓަކީ، ދައުވާ އިއްވުމާއި ދައުވާ ޖަވާބުދާރީވުމާއި ހެކިތައް ހާމަކުރުމަށް ފަހު، ޝަރީއަތް ފެށުމުގެ ގޮތުން ހުރިހާ ހަސްމުން ޝަރީއަތުގައި އިއްވާ ބަޔާނެކެވެ. އެ ބަޔާނުގައި މައިގަނޑު ގޮތެއްގައި ފާހަގަކުރާނީ ކޮންމެ ބަޔަކުވެސް ޝަރީއަތް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ސްޓްރެޓެޖީ އެވެ. ދައުލަތުންނާއި ދިފާއުން ސާބިތުކޮށްދޭނޭ ކަންކަން އިފްތިތާހީ ބަޔާނުގައި ކިޔައިދޭނެ އެވެ.

މިއަދު އޮންލައިންކޮށް ބޭއްވި އަޑުއެހުމުގައި ދައުލަތުގެ ވަކީލު ޝާމާ ނަސީރު ވެސް ކިޔައިދެއްވީ ދައުލަތުގެ ހެކިތައް މެދުވެރިކޮށް ޝަރީއަތަށް ސާބިތުކޮށްދޭނެ ކަންކަމެވެ. އެ ކަންކަން ކިޔައިދެއްވީ މޭރީ މަރާލަން ރާވަން ފެށި ގޮތުން ފެށިގެން، އޭނާ ދަންޖެހިފައިވާ ކަން ދެއްކުމަށް ކޮށްފައިވާ މަސައްކަތާ ހަމައަށް ތަރުތީބުންްނެވެ.

"މޭރީ ގްރޭސް މަރާލުމުގެ ނިޔަތް އެ ދެ މީހުން [ލަމްހާއާއި މާވިން] ގެ އޮތް ކަން، މަރާލުމުގެ ފުރުސަތު އޮތް ކަން ވެސް ދައުލަތުން ސާބިތުކޮށްދޭނަން، އަދި އެ ފުރުސަތު އޮތީ ވެސް ހަމައެކަނި އެ ދެ މީހުންނަށް ކަން ވެސް ސާބިތުކޮށްދޭނަން،" ދައުލަތުގެ ވަކީލު ޝާމާ ވިދާޅުވި އެވެ.

މީގެ ކުރިން ވެސް ދައުލަތުން ތުހުމަތު ކުރަމުން ދިޔަ ގޮތުގައި، މޭރީ ހޭނައްތާނެ ގޮތުގެ އިރުޝާދުތައް މާވިންއަށް ލަމްހާ ކިޔައިދެވުން ދިޔަ އެވެ. އަދި އެއާ ގުޅޭ މައުލޫމާތުތައް ހުންނަ ލިޔެކިއުންތަކާއި ވީޑިއޯއާއި ފޮޓޯތައް ހިއްސާ ކޮށްފައި އޮތް ކަން އެނގެ އެވެ.

މި ވާހަކަތައް ދައުލަތުން އަލުން މިއަދު ތަކުރާރުކުރިއިރު، ފިލިޕީންސް ގާނޫނު އޮންނަ ގޮތުން މޭރީއާއި މާވިން ވަރިކުރެވެން ނެތް ކަމަށް ދައުލަތުން ބުނެފައިވެ އެވެ. އަދި މޭރީއަށް ސިއްރުން މާވިންއާއި ލަމްހާ ލޯބީގެ ގޮތުން ގުޅުން ބޭއްވުމާއި، އެ ކަން އެނގުމުން މޭރީ ހިތްހަމަނުޖެހިފައި ހުރިކަން ފާހަގަ ކުރި އެވެ.

ދައުލަތުގެ ވަކީލު މިއަދު ވިދާޅުވީ، ހާދިސާ ހިނގައިދިޔަ ދުވަހުގެ ހެނދުނު 10 ޖެހިއިރު، އިންސާނަކު ހޭނައްތާނެ ފަސޭހަ ގޮތެއް މާވިންގެ ފޯނުން "ގޫގަލް" ކޮށް ހޯދާފައިވާ ކަމަށެވެ. އަދި އޭގެ މިނެޓެއް ފަހުން ލަމްހާގެ ގެއަށް މާވިންގެ ދަރިފުޅު ގެންގޮސްފައިވާ ކަމަށް ވިދާޅުވި އެވެ.

މޭރީ ގްރޭސްއަށް ބްރޭކް ލިބުނު ގަޑީގައި ގެއަށް ދިޔަ ކަމާއި އޭރު ގޭގައި ހުރީ މާވިން އެކަނި ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ. އަދި މޭރީ ދަންޖެހިފައިވާ ކަމަށް މާވިން ރިޕޯޓް ކުރުމާއި، އެކަން ދެއްކުމަށް ކޮޓަރި ތެރޭގައި "ސީންއެއް" އުފައްދާފައިވާ ކަމަށް ވެސް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.

މޭރީ މަރުވެފައިވާ ކަމަށް ތަހުގީގުގައި ލަމްހާ ބުނި ގަޑިއަށް ވުރެ ކުރިން ވެސް ލަމްހާއަށް މޭރީ މަރުވެފައިވާ ކަން އެނގޭ ކަން ވެސް ސާބިތުކޮށްދޭނެ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ. އަދި ތަހުގީގައި މޭރީ މަރުވެ ދިޔަ ގޮތް މާވިން ކިޔައިދިނީ އެކި ފަހަރު އެކި ގޮތަށް ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.

ދިފާއީ ވަކީލުން ވެސް ވަނީ މޭރީގެ މަރާއި އެ ދެ މީހުނާ އެއްވެސް ގުޅުމެއް ނެތް ކަން ދިފާއީ ހެކި މެދުވެރިކޮށް، ސާބިތުކޮށްދޭނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ދައުލަތުގެ ވާހަކަތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށް ވެސް ދިފާއީ ވަކީލު ވިދާޅުވި އެވެ.

ހެކިބަސް ނެގުން މި މަހު ފަށަނީ

އިފްތިތާހީ ބަޔާން އިއްވައި ނިމުމުން، މައްސަލަ ބައްލަވާ ގާޒީ ހުސައިން ފާއިޒް ރަޝާދު ވިދާޅުވީ ދެން އޮންނަ އަޑުއެހުމެއްގައި ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ނެގުން ކުރިއަށް ގެންދަވާނެ ކަމަށެވެ.

އެ ކަމަށް މި މަހުގެ 16 ވަނަ ދުވަހު ހެނދުނު އަދި 17 ވަނަ ދުވަހު މެންދުރުފަހު އަޑުއެހުމެއް ތާވަލުކޮށްފައިވާއިރު، އިތުރު އަޑުއެހުމެއް ވެސް މި މަހު ތެރޭގައި ތާވަލުކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

މޭރީ މަރާލިކަމުގެ ދައުވާ ސާބިތުކުރަން މާވިންއާއި ލަމްހާއާ ދެކޮޅަށް ވެސް ދައުލަތުން ހުށަހެޅީ އެއް ހެކިތަކެކެވެ. އެއީ ޖުމުލަ 110 ހެއްކެވެ. އޭގެ ތެރޭގައި ހިމެނެނީ 74 ޝަފައީ ހެކިންނާއި 36 ކިތާބީ ހެއްކެވެ.

މޭރީ މަރާލުމުގައި ބައިވެރިވި ކަމުގެ ދައުވާގެ އިތުރަށް އައިޖީއެމްއެޗްއިން ހުއްދަ ނަގައިގެން ނޫނީ އެ ހޮސްޕިޓަލުން ނުގެންދެވޭ ނުރައްކާތެރި ބޭސްތަކެއް ގެންދިޔަ މައްސަލަގާއި އިތުރު ދެ ދައުވާއެއް ވެސް ލަމްހާގެ މައްޗަށް އުފުލާފައިވެ އެވެ.

ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދައުވާއާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ދައުވާ ސާބިތު ކުރަން 11 ޝަފަހީ ހެކިންނާއި ހަތް ކިތާބީ ހެކި ހިމެނޭ ގޮތުން ޖުމުލަ 18 ހެއްކެއް ހުށަހަޅާފައިވެ އެވެ.

މައްސަލައިގެ ފަސްފަހަތް

މޭރީ ގްރޭސް އަކީ އައިޖީއެމްއެޗްގެ ޑައިލެސިސް ޑިޕާޓްމެންޓްގެ ނަރުހެކެވެ. އޭނާގެ ފިރިމީހާ މާވިންއާއި ލަމްހާއަކީ ކެޝުއަލްޓީގައި މަސައްކަތް ކުރާ ނަރުހުންނެވެ. މޭރީ މަރުވެފައި ވަނީ ބޮލަށް ދީފައިވާ ބޮޑު އަނިޔާއަކުން ކަން މޭރީގެ ޕޯސްޓްމޯޓަމް ރިޕޯޓުގައި ބުނެފައި ވެއެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހު މޭރީ މަރުވެގެން ފުލުހަށް ރިޕޯޓް ކުރީ ވެސް މާވިން އެވެ. މާވިން ރިޕޯޓް ކުރީ މޭރީ ދަންޖެހިގެން މަރުވެފައި ހުއްޓައި ފެނުނު ކަމުގަ އެވެ. ނަމަވެސް ޝައްކު ކުރެވޭ ބައެއް ކަންކަން ހުރުމާއެކު މައްސަލައިގެ ތަހުގީގު އެ ހިސާބުން ފެށި އެވެ.

ދަންޖެހިގެން މަރުވި ކަމަށް ބުނެ ރިޕޯޓް ކުރިޔަސް ތުހުމަތު ކުރެވޭ ކަންކަން ހުރުމުން ފުލުހުން ތަހުގީގު ހިންގުމަށް ފަހު މާވިން ހައްޔަރު ކުރީ އޮކްޓޯބަރު 27 ގަ އެވެ. އޭގެ ފަހުން ލަމްހާ ހައްޔަރު ކުރީ އޭގެ 50 ދުވަސް ފަހުން ޑިސެމްބަރު 16 ގަ އެވެ.

މާވިންގެ މައްޗަށް ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ އުފުލާފައިވާއިރު، ލަމްހާގެ މައްޗަށް ކުރަނީ ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާގެ އިތުރަށް އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ދައުވާއާއި ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދައުވާ އެވެ. އެ ދައުވާ ކުރަނީ އައިޖީއެމްއެޗުން ހުއްދަ ނުނަގައި، ނުރައްކާތެރި ބައެއް ބޭސްތަކެއް ލަމްހާ ނެގި ކަމަށް ތުހުމަތުކޮށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox