ބޮޑު ހިޔާނާތް: އިތުރު 5 މައްސަލައެއްގައި ދައުވާ ކުރަން ޕީޖީއާއެކު މަޝްވަރާ ފަށައިފި

އޭސީސީން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަނުގެ މެމްބަރުން މައުލޫމާތު ދެއްވަނީ. -ފައިލް ފޮޓޯ: އޭސީސީ

އޭސީސީން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަނުގެ މެމްބަރުން މައުލޫމާތު ދެއްވަނީ. -ފައިލް ފޮޓޯ: އޭސީސީ

ރާއްޖޭގެ ތާރީހުގައި ހިންގި އެންމެ ބޮޑު ހިޔާނާތުގައި މަންފާ ލިބުނު ކަމަށް ތުހުމަތުކުރެވޭ ފަރާތްތަކުގެ ތެރެއިން، އިތުރު ފަސް މައްސަލައެއްގައި ދައުވާ ކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ (ޕީޖީ) އޮފީހަށް ހުށަހެޅުމަށްޓަކައި، އެ އޮފީހާއެކު މަޝްވަރާތައް ފަށާފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން މިއަދު ބުނެފި އެވެ.

ދައުލަތުގެ ޕީއާރު ކުންފުނި، އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ހިޔާނާތް ތަހުގީގުކުރީ އޭސީސީ އާއި ފުލުހުންގެ އިތުރުން އެސެޓް ރިކަވަރީ ކޮމިޝަން ގުޅިގެނެވެ.

އެސެޓް ރިކަވަރީ ކޮމިޝަން އުވާލުމުން އެ ކޮމިޝަނުގައި ހުރި އެ މައްސަލައިގެ ހެކިތައް ބަދަލުކޮށް، އެމްއެމްޕީއާރުސީގެ މައްސަލައިގެ ބައެއް ކަންކަން އަލުން މުރާޖައާ ކުރުމުގެ މަސައްކަތް އޭސީސީން ފެށީ މިދިޔަ އޭޕްރީލް މަހުގެ ތެރޭގަ އެވެ.

އެމްއެމްޕީއާރުސީ ހިޔާނާތުގެ މަންފާ ލިބުނު ކަމަށް ފުލުހުންނާއި އޭސީސީ އަދި އެސެޓް ރިކަވަރީ ކޮމިޝަނުން ކުރިން އާއްމުކޮށްފައިވާ ލިސްޓުގައި އޮތީ 267 ނަމެވެ. ނަމަވެސް، އެ ހިޔާނާތުގެ މައުލޫމާތު އެއް ކުރުމަށްފަހު ރައްޔިތުންގެ މަޖިލީހުން އާންމުކުރި ލިސްޓުގައި އެ އަދަދު 281 އަށް އަރަ އެވެ.

އޭގެ ތެރޭގައި ދައުލަތުގެ އެކިއެކި މަގާމުގައި މިހާރު ތިބި 119 މީހެއްގެ ނަން ހިމެނެ އެވެ.

ބިލިއަނަކަށްވުރެ ގިނަ ރުފިޔާގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި މިހާތަނަށް ދައުވާކޮށްފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި އެމަނިކުފާނުގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ވެރިޔަކަށް ހުންނެވި އަބްދުﷲ ޒިޔަތާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަހުމަދު ނިހާން ހުސެއިން މަނިކުގެ މައްޗަށް އެކަންޏެވެ.

ނަމަވެސް، އިތުރު ފަރާތްތަކެއްގެ މައްޗަށް ދައުވާކޮށްދޭން އެދި ޕީޖީ އޮފީހަށް މިދިޔަ މަހުގެ މެދެއްހާ ތަނުގައި ފޮނުވުމަށް މަސައްކަތް ކުރަމުންދާކަމަށް އޭސީސީން ބުނެފައިވާއިރު، އެކަމާ ގުޅިގެން އެ ކޮމިޝަނުން މިއަދު "އަދަދު"އަށް ބުނީ އިތުރު ފަސް މައްސަލައެއްގައި ދައުވާ ކުރުމަށްޓަކައި ޕީޖީ އޮފީހާއެކު މަޝްވަރާތައް ފަށާފައިވާ ކަމަށެވެ.

"މީގެތެރޭގައި އެމްއެމްޕީއާރުސީގެ ކޮރަޕްޝަނުގެ މައްސަލާގައި ހިމެނޭ އަމިއްލަ ފަރުދުންނާއި ކުންފުނިތައްވެސް ހިމެނޭ،" އޭސީސީގެ އޮފިޝަލަކު "އަދަދު"އަށް ވިދާޅުވި އެވެ.

ނަމަވެސް، އެ ފަރާތްތައް ހާމަކުރެވޭނީ ދައުވާ ކުރަން ފޮނުވާ ހިސާބުން ކަމަށާއި ޕީޖީ އޮފީހުގެ މަޝްވަރާތަކަށްފަހު މިމައްސަލަތަކާގުޅޭ އިތުރު ތަފްސީލު ހާމަކުރަމުން ގެންދާނެ ކަމަށް އިތުރަށް ބުންޏެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު މީހުންނާއި އެ ހިޔާނާތް ހިންގުމަށް ނުއަގުގައި ވިއްކާފައިވާ ރަށްތަކާއި ފަޅުތަކުގެ މައްސަލައިގެ ތަހުގީގު އެކުގައި ކުރިއަށް ގެންދަން އޭސީސީން ވަނީ ނިންމައިފަ އެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް ނުއަގުގައި ވިއްކި ރަށްތަކާއި ފަޅުތަކުގެ ހަމަ އަގު މިދިޔަ އަހަރުގެ ތެރޭގައި އޮޑިޓު އޮފީހުން އެކުލަވައިލި ރިޕޯޓެއްގައި ވަނީ ހިމަނައިފަ އެވެ.

އެހެންކަމުން އެ މައުލޫމާތުގެ އަލީގައި އެ ރަށްތަކަށް ހަމަ އަގު ހޯދައި، ދައުލަތަށް ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމުގެ މަސައްކަތަށް ހާއްސަ އިސްކަމެއް ދޭނެ ކަމަށް ވެސް އޭސީސީން ވަނީ ބުނެފަ އެވެ.

ރައީސް އޮފީހުގެ އެދުމަކަށް އޮޑިޓު އޮފީހުން މިދިޔަ އަހަރު އެކުލަވައިލި ރިޕޯޓުގައި ވަނީ އެމްއެމްޕީއާރްސީން 37 ރަށާއި 12 ފަޅު ނުއަގުގައި ވިއްކާލުމުން ދައުލަތަށް ތިން ބިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބެންޖެހޭ ކަމަށް ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox