ހުޅުމާލޭ އަތިރިމަތީ ފަރާތުން ބިން ގަތުމަށް ހުށަހެޅި ބިޑުތައް ހުޅުވައި، ބިންތައް ގަތުމަށް ހުށަހެޅި ފަރާތްތަކާއި އެ ފަރާތްތަކުން ހުށަހެޅި އަގުތައް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން އާންމުކޮށްފި އެވެ.
އެޗްޑީސީން ކުރި އިއުލާނެއްގައި ބުނެފައި އޮތީ އަތިރިމަތީ ފަރާތުން ބީލަމަށް ހުޅުވާލި 22 ބިމަށް އަގު ކިޔާފައި ވަނީ 18 މީހުން ކަމަށެވެ. އެ އިއުލާނުގައިވާ ގޮތުން އެންމެ ބޮޑުކޮށް ހުށަހެޅި އަގަކީ އަކަފޫޓަކަށް 8251ރ. އެވެ. އެންމެ ދަށްކޮށް ކިޔާފައިވާ އަގަކީ އަކަފޫޓަކަށް 6501ރ. އެވެ.
ނަމަވެސް އޭގެ ތެރެއިން އެކަކު ހުށަހެޅި ބީލަން އޮތީ ބާތިލްކޮށްފަ އެވެ.
ހުޅުމާލެއިން އަތިރިމަތީ ފަރާތުން ވިއްކާ 22 ބިމަށް ހުށަހެޅޭ އެންމެ ކުޑަ އަގަކީ 5500ރ. އެވެ.
ހުޅުމާލެއިން ބިން ގަތުމަށް ރާއްޖޭގެ ބޮޑެތި ވިޔަފާރިވެރިން އޮތީ ހުށަހަޅައިފަ އެވެ. އަދި އެއް އާއިލާއަކަށް ނިސްބަތްވާ އެކަކަށްވުރެ ގިނަ މީހުން ވެސް ބިން ގަތުމަށް ހުށަހަޅާފައި އޮތެވެ. ބިން ގަތުމަށް ހުށަހެޅި ބައެއް ފަރާތްތަކަކީ ދިވެހިރާއްޖޭގައި ދިރިއުޅޭ މީހުންކަން އެނގިފައިވެ އެވެ.

އެޗްޑީސީން ނިންމީ ހުޅުމާލެއިން 74 ބިމެއް ވިއްކުމަށެވެ. އެއީ 1095 އަކަފޫޓާއި 2588 އަކަފޫޓާ ދެމެދުގެ ބިންތަކެކެވެ.
ހުޅުމާލެ އަތިރިމަތިން ބިން ގަތުމަށް ހުށަހެޅި ފަރާތްތައް
- ހަސީނާ އިބްރާހިމް - އަކަފޫޓަކަށް 8251ރ.
- އާދަމް ނަސީރު ހުސެއިން - އަކަފޫޓަކަށް 8141ރ.
- ފަރިޔާލް ގާސިމް - އަކަފޫޓަކަށް 7852ރ.
- އައިޝަތު އުމައިމާ - އަކަފޫޓަކަށް 7585ރ.
- ރިސްމާ އަލީ ނަސީރު - އަކަފޫޓަކަށް 7500ރ.
- ރާޔާ ރިޔާޒް - އަކަފޫޓަކަށް 7500ރ.
- ތައުނީސް ހުސެއިން - އަކަފޫޓަކަށް 7350ރ.
- އަލީ އައިމަން - އަކަފޫޓަކަށް 7333ރ.
- ހުސެއިން ޝާމް - އަކަފޫޓަކަށް 7300ރ.
- މަލްވިން އަލީ ނޫރައްދީން - އަކަފޫޓަކަށް 7100ރ.
- އައިމިނަތު އުމާނާ އަލީ ނޫރައްދީން - އަކަފޫޓަކަށް 6725ރ.
- އެލީނާ ނޫރައްދީން - އަކަފޫޓަކަށް 6620ރ.
- އިބްރާހިމް ރީމާޒް ވަހީދު - އަކަފޫޓަކަށް 7002ރ.
- އަމީރް ޝާހް - އަކަފޫޓަކަށް 7000ރ.
- އަބްދުލް އަޒީޒް މޫސާ - އަކަފޫޓަކަށް 6850ރ.
- ހަސަން ޒުހޫރު - އަކަފޫޓަކަށް 6789ރ.
- ނާދިރާ ޖަމީލް އަކަފޫޓަކަށް 6501ރ.














