ވޯލްޑް ކަޕުގެ ހުރިހާ މެޗެއް އައިސް އަދި ރާއްޖެ ޓީވީން ފެންނާނެ

މިއަދު ބޭއްވި ހަފްލާއެއްގައި ވޯލްޑް ކަޕް ދެއްކުމުގެ އެއްބަސްވުމުގައި ސޮއި ކުރަނީ: ވޯލްޑް ކަޕް ފަށާނީ ނޮވެމްބަރު 20، ގައި -- ފޮޓޯ: މީޑިއާ ނެޓް

މިއަދު ބޭއްވި ހަފްލާއެއްގައި ވޯލްޑް ކަޕް ދެއްކުމުގެ އެއްބަސްވުމުގައި ސޮއި ކުރަނީ: ވޯލްޑް ކަޕް ފަށާނީ ނޮވެމްބަރު 20، ގައި -- ފޮޓޯ: މީޑިއާ ނެޓް

އަންނަ ނޮވެމްބަރު މަހު ފަށާ ފުޓުބޯޅަ ވޯލްޑް ކަޕް މުބާރާތުގެ ހުރިހާ މެޗެއް އައިސް ޓީވީ އާއި ރާއްޖެ ޓީވީން ދެއްކުމަށް މީޑިއާ ނެޓާއެކު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ވޯލްޑް ކަޕް ދެއްކުމުގެ ހުއްދަ މިފަހަރު ލިބުނީ މީޑިއާ ނެޓަށެވެ. ރާއްޖެ ޓީވީ އާއި އައިސް ޓީވީއާއެކު މީޑިއާ ނެޓުން އެއްބަސްވުމަކަށް މިއަދު އައީ ގިނަ ބަޔަކަށް އެ މުބާރާތް ބެލުމަށް މަގުފަހިކޮށްދިނުމުގެ ގޮތުންނެވެ.

"މި ފޯރިގަދަ މުބާރާތް ވީހާވެސް ގިނަ ބެލުންތެރިންނަށް ބެލޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން މި ކުންފުނިން ވަނީ އައިލެންޑް ކޮމިއުނިކޭޝަންސް އެންޑް އެންޓަޓެއިންމެންޓް ޕްރައިވެޓް ލިމިޓެޑްގެ 'އައިސް ޕްލަސް' އަދި ރާއްޖެ ޓެލެވިޒަން ޕްރައިވެޓް ލިމިޑެޓްގެ 'ރާއްޖެ ޓީވީ' އާއި އެކު ޕާޓްނާޝިޕް އެގްރީމެންޓްއެއްގައި ސޮއިކޮށްފަ،" މީޑިއާ ނެޓުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ރާއްޖެ ޓީވީ އަދި އައިސް ޓީވީން ވޯލްޑް ކަޕުގެ މެޗުތައް ބެލޭނީ މީޑިއާ ނެޓުގެ ނެޓްވޯކުގެ ތެރެއިންނެވެ. އެހެންކަމުން ޓެރެސްޓްރިއަލް ސިގްނަލް މެދުވެރިކޮށް ވޯލްޑް ކަޕެއް ނުބެލޭނެ އެވެ.

"ފުރަތަމަ ފަހަރަށް ރާއްޖެ ސަރަހައްދަށް ސައްތައިން ސައްތަ ދިވެހި ޗެނަލް ތަކަކުން މި ފޯރިގަދަ މުބާރާތް ދެއްކުމުގެ ހުއްދަ ލިބުމުގެ އުފަލާއި ޝަރަފު ތި އެންމެހާ ލޮބުވެތި ރައްޔިތުންނާއި ބެލުންތެރިންނަށް ހިއްސާކުރަން،" އެ ބަޔާނުގައި އިތުރަށް ބުނެފައިވެ އެވެ.

އޭގެ އިތުރުން، ވޯލްޑް ކަޕްގެ ކަވަރޭޖް ސްޕޮންސާ ކުރަން ބޭނުންވާ ފަރާތްތަކަށް މިހާރު އެ ފުރުސަތު ހުޅުވިފައިވާ ކަމަށް ވެސް މީޑިއާ ނެޓުން ބުންޏެވެ. އިސްތިހާރުގެ ކަންކަމާ ގުޅަންޖެހެނީ އެ ކުންފުނީގެ ނަމްބަރު 7783158 އަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox