ޗިލްޑްރަންސް އޮމްބަޑްސަޕާސަންގެ އަމާޒު; ދައުރު ނިމުމުގެ ކުރިން ރަނގަޅު ނިޒާމެއް އެކުލަވާލުން

ޗިލްޑްރަންސް އޮމްބަޑްސްޕާސަން ނިއުމަތު ޝަފީގު؛ ދައުރު ނިމުމުގެ ކުރިން ރަނގަޅު ނިޒާމެއް އެކުލަވާލުމަށް އޭނާ ވަނީ އަމާޒު ހިފާފައި

ޗިލްޑްރަންސް އޮމްބަޑްސްޕާސަން ނިއުމަތު ޝަފީގު؛ ދައުރު ނިމުމުގެ ކުރިން ރަނގަޅު ނިޒާމެއް އެކުލަވާލުމަށް އޭނާ ވަނީ އަމާޒު ހިފާފައި

ދައުރު ނިމުމުގެ ކުރިން ރަނގަޅު ނިޒާމެއް އެކުލަވާލާ، އޭގެއިން ރަނގަޅު ނަތީޖާއެއް ނެރެދެވޭނެ އިންތިޒާމު ހަމަޖައްސުމަށް މަސައްކަތް ކުރަމުންދާ ކަމަށް ޗިލްޑްރަންސް އޮމްބަޑްސްޕާސަން ނިއުމަތު ޝަފީގު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ވަޑައިގެން ނިއުމަތު ވަނީ އެ މަސައްކަތުގައި ދިމާވާ ގޮންޖެހުންތަކާއި، މިހާތަނަށް އެ އޮފީހަށް ކުރި މަސައްކަތްތަކުގެ ތަފްސީލު ހާމަކޮށްފަ އެވެ. އެ އޮފީހުގެ މަސައްކަތްތައް ކުރުމުގައި ގިނަ ގޮންޖެހުންތަކެއް ހުރި ނަމަވެސް ނިއުމަތު ވިދާޅުވީ ކަމާބެހޭ އިދާރަތަކުން އެ އޮފީހަށް އެކަށީގެންވާ އެއްބާރުލުންދޭ ކަމަށެވެ.

ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހަށް އެންމެ ބޭނުންވެ، ނުކުރެވި އޮތް އެއް ކަމަކީ ސިސްޓަމެއް އެކުލަވާލުންކަން ފާހަގަކޮށް ނިއުމަތު ވިދާޅުވީ އެ އޮފީހުގެ 900 އަށްވުރެ ގިނަ ރިކޮމެންޑޭޝަން ހުރި ކަމަށެވެ. އެ ރިކޮމެންޑޭޝަންތަކަށް އަމަލުކުރޭތޯ މޮނިޓާ ކުރަންޖެހެނީ މެނުއަލީ ކަމަށްވާއިރު، އެއީ މަދު މުވައްޒަފުންކޮޅަކާއެކު އޮމްބަޑްސްޕާސަންގެ އޮފީހަށް ދަތި ކަމެކެވެ.

ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުން މިދިޔަ އަހަރު ބަލާފައި ވަނީ 59 މައްސަލަ އެވެ. އޭގެ ތެރޭގައި ހިމެނެނީ އެ އޮފީހަށް ހުށަހެޅި 25 މައްސަލައަކާއި، އެ އޮފީހުން ހިންގި އޮޑިޓުތަކުން ފާހަގަކުރެއްވުނު 18 މައްސަލައެއްގެ އިތުރުން، އެ އޮފީހުންގެ ސަމާލުކަމަށް އައި 16 މައްސަލަ އެކެވެ.

އެ އޮފީހުގެ މަސައްކަތްތަކަށް ބަލާލާއިރު، އެކި ރަށްރަށުގައި އޮޑިޓުތައް ހިންގުމާއެކު، ސިމްޕޯސިއަމްތައް ބޭއްވުމާއި އަދި ހޭލުންތެރިކުރުމުގެ ޕްރޮގްރާމުތައް ވެސް ދަނީ ހިންގަމުންނެވެ. އެގޮތުން، މިއަހަރު 10 ރަށަކަށް އަމާޒުކޮށްގެން ބެލެނިވެރިންނާއި ދަރިވަރުންނަށް ހޭލުންތެރި ކުރުވުމަށް ފޯރަމެއް ބާއްވާފައިވާކަމަށް ނިއުމަތު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ސްކޫލު ކުދިންނަށް އަމާޒުކޮށް އެފަދަ ފޯރަމްތައް ބޭއްވުމުގެ ބޭނުމަކީ ކުދިންނަށް ކަންކަން ދިމާވުމުން، އެކަން ފަސޭހައިން ބެލެނިވެރިންނަށް އެންގުމުގެ މުހިންމުކަން ކުދިންނަށް ކިޔައިދިނުން ކަމަށެވެ.

ނިއުމަތު ވިދާޅުވީ މައްސަލަތައް ރިޕޯޓު ކުރުމުގެ ނިޒާމު ހަރުދަނާ ކުރުމަށް އެ އޮފީހުން ޓޯލް ފްރީ ނަންބަރެއް ވެސް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

"ރަށެއްގައި ކުއްޖަކަށް އަނިޔާވެގެންދާއިރު [ކަމާބެހޭ] އެންމެނަށް އެނގިގެން ގިނަ ފަހަރަށް ވަނީ. ސްކޫލަށް ވިޔަސް ކޮންމެ ތަނަކަށް ވިޔަސް. ކުރިއާލާ ކުއްޖާ ނެގުމެއް ނޫން މީގެ މުހިންމީކީ. އާއިލާއަށް އެދޭންވާ ސަޕޯޓު ދިނުން." ކޮންމެ ރަށެއްގައި ވެސް އިބަމަ އެކުލަވާލުމުގެ މުހިންމުކަން ފާހަގަކުރައްވަމުން އޭނަ ވިދާޅުވި އެވެ.

އޮމްބަޑްސްޕާސަންގެ އޮފީހުން އަތޮޅުތެރޭގައި ތިބެގެން މަސައްކަތް ކުރުމަށް އަދި ނުވިސްނާކަން ފާހަގަކުރައްވާ ނިއުމަތު ވިދާޅުވީ އެއަށްވުރެ ބޮޑަށް އިސްކަންދެނީ ކޮންމެތަކެއްގައި ތިބެގެން ވެސް ކުދިންނަށް ބޭނުންވާ ރައްކާތެރިކަން ފޯރުކޮށްދިނުން ކަމަށެވެ. އަދި އިބަމަ މެދުވެރިކޮށް ރަށްރަށުގައި ސަޕޯޓް ސިސްޓަމެއް ގާއިމުކުރެވިއްޖެނަމަ، ނިކަމެތި ހާލެއް ޖެހިގެން ކުއްޖަކަށް ލިބެންޖެހޭ ހައްގެއް ނުލިބިއެއް ދިއުމުގެ ފުރުސަތު ކުޑަވެގެންދާނެ ކަމަށެވެ.

އިބަމައިގެ މުހިންމުކަމަށް އަލިއަޅުއްވާލައްވަމުން ނިއުމަތު ވިދާޅުވީ އެ އޮފީހުން އޮޑިޓް ކުރާ މުވައްޒަފުންނަށް ވެސް އިބަމަ ތަމްރީނު ދީފައިވާ ކަމަށެވެ.

ހަމައެއާއެކު ނިއުމަތު ވަނީ ނިޒާމުގައި ހުރި ގޮންޖެހުންތައް ވެސް ފާހަގަކުރައްވާފަ އެވެ. މުޅި ނިޒާމުގައި ވެސް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ރަނގަޅު ހަރުދަނާ ޕްރިވެންޓިވް މެކޭނިޒަމްތަކެއް ހެދި، ތަންފީޒު ކުރެވެމުން ނުދާތީ ކަމަށެވެ. އޭނާ ވިދާޅުވީ އުމުރުން ހަގުއިރުއްސުރެ ކުދިން ކުށުގެ ވެށީގެ ތެރޭގައި ތިބެ، އެ ކުދިން ލައްވާ ގާނޫނާ ހިލާފު ކަންކަން ކުރުވާ ކަމަށެވެ. އަދި އެފަދަ ކުދި ކުދި ކަންކަން ކުރަމުންގޮސް، އުމުރުން 18 އަހަރު ފުރޭއިރު ތިބެނީ ކުށުގެ ދާއިރާއިން 'ޕީއެޗްޑީ" ނަގާ ހިސާބުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ކެންސަރު ޖެހުނީމަވެސް މިގެންދަނީ ބޭރަށް ދެއްތޯ، އަޅުގަނޑުމެންގެ ކެޕޭސިޓީ ނެތިއްޔާމު. އެހެންވީރު އަޅުގަނޑުމެން ސީކް ކުރަންވީނުންތޯއޭ އިންޓަނޭޝަނަލް ހެލްޕް ހުރިތަންތަނަށް އެ ސްޕޯޓް މެކޭނިޒަމް ހޯދައިގެން މިހާރު މިތިބަ ކުދިންނަށް ވެސް ކޮންމެވެސް ކަހަލަ ފަރުވާއެއް ދެވޭ ގޮތަށް," ފަރުވާ ދީގެން ކުދިން ރަނގަޅު ކުރެވޭނެކަން ފާހަގަކުރައްވާ އޭނާ ވިދާޅުވި އެވެ.

ޕްރިވެންޝަނުގެ ވާހަކަ ދައްކަވަމުންް އޭނާ ވިދާޅުވީ އެންމެ ފަހުން ބޭއްވި ސިމްޕޯސިއަމްގައި ޕްރިވެންޝަން ޕްލޭނެއް އެކުލަވާލާ ރައީސް އޮފީހާއި މަޖިލީހުގެ އިތުރުން ފިނޭންސް މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށެވެ.

ކޮމިޓީގައި ނިއުމަތު ދެން ފާހަގަކުރެއްވި ކަންބޮޑުވުމަކީ އޮމްބަޑްސްޕާސަންގެ އޮފީހުގެ ބަޖެޓު ކުޑަވުމެވެ. އޭނާ ވިދާޅުވީ އެ އޮފީހުގެ މަސައްކަތަށް އެންމެ ބޭނުންވާ ސިސްޓަމް މަޑުޖައްސާލަން ޖެހުނީ ވެސް ބަޖެޓުގެ ތާށިކަމާހެދި ކަމަށެވެ. އަދި މި އަހަރުގެ މަސައްކަތްތައް ވެސް ކުރެވުނީ ޔުނިސެފުން ބޮޑު އެހީއެއް ވެގެން ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox