ހުޅުމާލެއިން ގޯތި ވިއްކުމަށް ބީލަމަށް ހުޅުވާލައިފި އެވެ.
ދިރިއުޅުމަށް ހުޅުމާލެއިން ގޯތި ވިއްކުމަށް ހަމަޖެހިފައި ވަނީ ދެ ސަރަހައްދަކުންނެވެ. އެއީ 'ބީޗް ޕްރަންޓް' (އަތިރިމައްޗާ ކުރިމަތިން) އަދި 'ބީޗް ސައިޑް' (އަތިރިމައްޗާ ކައިިރިން) ނެވެ.
އެޗްޑީސީން ބުނީ، ބީޗް ފްރަންޓުން ގޯތި ވިއްކުމުގެ ކަންކަން ކުރިއަށްދާނީ މިއަދު ކަމަށާއި، އަތިރިމަތީ ފަރާތުން ގޯތި ވިއްކުމުގެ ކަންކަން ކުރިއަށްދާނީ މާދަމާ ކަމަށެވެ.
އެގޮތުން މިއަދު ހެނދުނު ވަނީ ބީޗް ފްރަންޓުން ދޫކުރާ ގޯއްޗަށް ބީލަން ފޯމު ހުށަހެޅުން ކުރިއަށް ގެންގޮސްފަ އެވެ. އަދި މިއަދު މެންދުރު 12:15 ގައި ބީލަން ފޯމު ހުޅުވާލާނެ އެވެ. ބީޗް ސައިޑުގެ ގޯއްޗަށް ބީލަން ފޯމު ހުށަހެޅުން މާދަމާ ހެނދުނު 9:00 އިން 11:00 އަށް ކުރިއަށްދާއިރު، ބީލަން ފޯމު ހުޅުވާލާނީ މެންދުރު 12:15 ގައެވެ.
ބީލަން ފޯމު ބަލައިގަތުމާއި ހުޅުވުން ކުރިއަށް ދަނީ ހ. މީރުމާ ދެ ވަނަ ފަންގިފިލާގައި ހުންނަ ކީރަންމާ މާލަމުގަ އެވެ.














