ހޯޑެއްދޫ މަސް ފެކްޓަރީ މައްސަލާގައި ގާސިމަށް ގޯސްވީ ސަރުކާރުތައް; "ހަމަހަމަ ކުރަން ޖެހޭ"

ކޮމިޓީއަށް ހާޒިރުވެވަޑައިގެންނެވި ހޮރައިޒަންގެ ބޭފުޅުން؛ ގާސިމް ވަޑައިގެންނެވީ ޗެއާމަންގެ ހައިސިއްޔަތުން-- ފޮޓޯ: މަޖިލިސް

ކޮމިޓީއަށް ހާޒިރުވެވަޑައިގެންނެވި ހޮރައިޒަންގެ ބޭފުޅުން؛ ގާސިމް ވަޑައިގެންނެވީ ޗެއާމަންގެ ހައިސިއްޔަތުން-- ފޮޓޯ: މަޖިލިސް

ގދ. ހޯޑެއްދޫގައި މަސް ފެކްޓްރީ އަޅަން ހޮރައިޒަން ފިޝަރީޒްއަށް ދޫކޮށްފައިވާ ބިމުގައި މަސައްކަތް ނުކުރެވި ލަސްވާ މައްސަލާގައި އަމިއްލަ ކުންފުނިތަކަށް ސަރުކާރުތަކުން އެއްބާރުލުން ނުދޭ ކަމަށް ވިދާޅުވެ، އެ ކުންފުނީގެ ޗެއާމަން ގާސިމް އިބްރާހިމްގެ އުދާސްތައް ބަންޑުން ކޮށްލައިފި އެވެ.

މި މައްސަލަ ދިރާސާކުރަމުން އަންނަ އިގްތިސޯދީ ކޮމިޓީއަށް ގާސިމް މިއަދު ހާޒިރުވެފައިވަނީ ހޮރައިޒަންގެ ޗެއާމަންގެ ހައިސިއްޔަތުންނެވެ. ކޮމިޓީގެ މުގައްރިރު ވަނީ މީގެ ފަހުން މި މައްސަލައިގައި ކޮމިޓީ މެންބަރެއްގެ ހައިސިއްޔަތުން ބައިވެރިނުވެވޭނެ ކަމަށް ވިދާޅުވެފަ އެވެ.

"މައުމޫން ސަރުކާރަށް ފަހު އެއްވެސް ސަރުކާރަކުން މަސްވެރިކަން ކުރިއަރުވާކަށް އެއްވެސް މަސައްކަތެއް ނުކުރޭ އަނގަ ތެޅުން ފިޔަވައި، އެހެންނަމަވެސް މަސްވެރިންނަށް ނުއަގުގައި މަސް ލިބޭ ދައުލަތުގެ ބަޖެޓުން، ވޯޓު ހޯދުމުގެ ބޭނުމުގައި، އެހެން ވިޔަފާރިތަކަށް އެއްވެސް ހުރުމަތެއް ނުބަހައްޓާ،" ގާސިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި މައްސަލަ މިހާތަނަށް އައިސްފައި އޮތީ ހަމަ ކަނޑައެޅިގެން އިންވެސްޓަރުންނަށް "އަނިޔާވެރި" ވުމުގެ ސަބަބުން ކަމަށެވެ. އަދި، މިކަން ހައްލު ކުރުމަށް މި ސަރުކާރުން މަސައްކަތް ކުރި ނަމަވެސް ދުވަސްދުވަސްކޮޅުން މި މައްސަލަ މަޑަވެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާން ހުށަހަޅުއްވަނީ ސިޔާސީ މަގުސަދެއްގަ އެވެ.

"ކަން ނުކުރެވި ދިޔަ ސަބަބުތަކުގެ ތެރެއިން އެންމެ ބޮޑު ސަބަބަކީ ގެއްލުންވާ ގޮތަށް އެ މަސައްކަތް ކުރަން ޖެހުން، އެހެންނަމަވެސް އަޅުގަނޑުމެން ހުއްޓާނުލާ މަސައްކަތް ކުރިއަށް ގެންދިޔައީ ކުރަން، ދަނިކޮށް އެނގިވަޑައިގަންވާނެ 2012 ވަނަ އަހަރު ކިހިނެއް ކަން ވީ، އެ ތާ ރޯކޮށްލީ،" ގާސިމް ވިދާޅުވި އެވެ.

އެ ތަނުގައި ރޯކޮށްލުމުން 16 މިލިއަން ޑޮލަރުގެ މުދާ އަނދައިގެން ގޮސް، ބޮޑު ގެއްލުމެއް ވި ކަމަށް ގާސިމް ވިދާޅުވި އެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ހޯނޑެއްދޫގައި މަސް ފެކްޓަރީ ނޭޅުމުގައި އެންމެ ބޮޑު އިހުމާލެއް އޮތީ ސަރުކާރުތަކުގަ އެވެ.

"މިއީ އެއްގޮތަކަށް ވެސް އަޅުގަނޑުމެންގެ ފޯލްޓެއް ނޫނޭ، ސަރުކާރުން ކަނޑައެޅިގެން ވޯޓު ހޯދުމުގެ ބޭނުމުގައި، ކޮންމެ އިރެއްގައި ވެސް އޮންނަ ސަރުކާރުން މިކަން ކުރިޔަ ނުދީ ހިފަހައްޓަނީ، މިކަމަށް އެއްވެސް މަގުފަހިކޮށްދިނުމެއް ނެތި،" ގާސިމް ވިދާޅުވި އެވެ.

"ސަރުކާރާ ޗެލެންޖުކުރާކަށް ނެތިން، އެކަމަކު މަގޭ ހައްގު މަށަށް ދެއްވާށޭ،"

ގާސިމްގެ ދެން އެންމެ ބޮޑު ކަންބޮޑުވުމަކަށް ވެފައި އޮތީ އިގްތިސޯދީ އެހެން ދާއިރާތަކަށް ސަރުކާރުތަކުން ދޭ އަހައްމިޔަތުކަން މަސްވެރިކަމުގެ ދާއިރާއަށް ނުދިނުމެވެ.

"ކަޅުބިލަމަހުގެ މަސްވެރިކަމޭ ބުނީމާ އެއްވެސް ބޭންކަކުން ވެސް ލާރިއެއް ނުދެނީ، ސަރުކާރުތަކުގައި އާދޭސްކުރިން އެތައް ފަހަރަކު، އަހަރުންނަށް ލޯނެއް ދޭށޭ، ދުވަހަކު ވެސް ސަރުކާރުން އަހަރުމެންނަށް ލޯނެއް ދީފައި ނޯންނާނެ، ފަސް މިލިއަން ޑޮލަރު ދޭށޭ ބުނީމާ ވެސް ނުދިން،" އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން، ސަރުކާާރު މަސްކުންފުނި، މިފްކޯއަށް ދެމުން އަންނަ އެހީތަކާއި ލުއިތައް އަމިއްލަ ކުންފުނިތަކަށް ނުދޭތީ ވެސް ގާސިމް ޝަކުވާ ކުރެއްވި އެވެ.

"މިފްކޯއަށް ހަމަ [ލޯނު ވެސް] ދެއްވާ، އެ ބޭފުޅުން އަތުން އެއްވެސް ކުއްޔެއް ވެސް ނުނަންގަވާ، ހަމަ ސަރުކާރުން ކޮންމެ ފަހަރަކު ސަބްސިޑީ ދީގެން އެއް ކުންފުންޏެއް ތެރެއިން އަނެއް ކުންފުންޏެއް ތެރެއަށް ޖަހަމުން އައިސް އެސްޓީއޯ ވެސް ބޭންކުރަޕްޓުވީ،" ގާސިމް ވިދާޅުވި އެވެ.

އަދި، ރައްޔިތުންނަށް ހިއްސާ ވިއްކާފައި އޮތް ކުންފުންޏަކަށް ސަބްސިޑީ ދޭން ނުޖެހޭނެ ކަމަށާއި އެއީ ގާނޫނާ ހިލާފު ކަމެއް ކަމަށް ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވި ގޮތުގައި ސަރުކާރުން އަމިއްލަ ކުންފުނިތަކަށް ފައިސާގެ އެހީ ނުދިންނަމަވެސް، އެހެނިހެން ކަންކަން ދާންވާނީ އެހެން ހުރިހާ ކުންފުންޏަކަށް ވެސް ދެމުން އަންނަ ގޮތަށެވެ.

"އެ މީހުންނަށް ހުރިހާ ބިމާ އެއްޗެހި ހިލޭ ދީފައި، އަޅުގަނޑުމެންނަށް ބިމަށް ލާރި ދައްކަން ޖައްސާފައި، އަނެއް ކަމެއް ޖައްސާފައި، އެ މީހުންނަކަށް މުއްދަތެއް ވެސް ނެތް، އަހަރަމެންނަށް މުއްދަތު ވެސް، އެކަމާ ވެސް ވިސްނަންވީ،" ގާސިމް ވިދާޅުވި އެވެ.

ގާސިމް ވަނީ ކުއްޔަށް ލުއި ގޮތެއް ހޯދައިދިނުމަށް ފަހު، އެ ބިން 99 އަހަރަށް ދޫކުރުމަށް އެދިވަޑައިގެންފަ އެވެ.

މައްސަލައިގެ ފަސްފަހަތް

ހޯޑެއްދޫގައި 3،000 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް އަޅައި މަަސްގަތުމުގެ މަސައްކަތް ފަށަން ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމުގެ ސަރުކާރުން 2005 ވަނަ އަހަރު ހޮރައިޒަން ފިޝަރީޒްއާ އެކު އެއްބަސްވުމެއް ހެދީ 2005 ވަނަ އަހަރު އެވެ.

ފިޝަރީޒް މިނިސްޓަރު ވިދާޅުވި ގޮތުގައި އެ މަސައްކަތް ފުރަތަމަ ލަސްވީ ކޮންސްޓްރަކްޝަން މަސައްކަތް ކުރާ މީހުން ތިބޭނެ ވަގުތީ ތަނެއް އަޅަން އިތުރު ވަގުތު ބޭނުންވާތީ އާއި ދަގަނޑާއި ތެލުގެ އަގު ބޮޑުވުމުން މަސައްކަތުގެ ޖުމްލަ އަގު 30 ޕަސެންޓުން ބޮޑުވުމުންނެވެ. އެހެންވެ ހޮރައިޒަން އިން އިތުރު ވަގުތު ދޭން އެދުމުން، 2006 ގައި ނިންމަން ޖެހޭ އެ މަސައްކަތް 2007 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ނިލަށް އިތުރުކޮށްދީފައިވާ ކަމަށް މިނިސްޓްރީގެ ރެކޯޑްތަކުން ދައްކާ ކަަމަށް އޭނާ ވިދާޅުވި އެވެ.

ހުސައިން ވިދާޅުވި ގޮތުގައި ދެވަނަ ފަހަރަށް މަސައްކަތް ލަސްވި ސަބަބެއް ކަމަށް ހޮރައިޒަން އިން ސަރުކާރަށް މައުލޫމާތު ދީފައި އޮތީ ހޯޑެއްދޫ ބަނދަރު ފުންކުރި އިރު ނެގި ވެލި ކޯލްޑް ސްޓޯރޭޖް އަޅަން ދީފައިވާ ސަރަހައްދުގައި ބަހައްޓާފައި ހުރުމެވެ. އެފަހަރު ހޮރައިޒަން އިން ބުނި ކަމަށް މިނިސްޓަރު ވިދާޅުވީ ވެލިފުނި ނުނެގޭތީ ކޯލްޑް ސްޓޯރޭޖްގެ މަސައްކަތް ނިމޭނެ ތާރީހެއް ލަފާކުރަން ދަތި ކަަމަށެވެ.

"އަޅުގަނޑުމެންގެ ލިޔެކިއުން ދައްކާ ގޮތުން ބަނދަރު ކޮނެގެން ނަގާ ވެލިތައް، ފުރަތަމަ ދެކެވުނު ވާހަކަތަކުގައި ޕްލޭނިން މިނިސްޓްރީން ބޭނުންފުޅުވީ ހޯޑެއްދުއާ ޖެހިގެން އޮތް މަޑަވެއްޔާ ދޭތެރެ ހިއްކުމަށް ބޭނުންކުރަން. އެކަމަށްޓަކައި މިނިސްޓްރީ އޮފް ފިޝަރީޒް ވެސް ހިމެނޭ ގޮތަށް ޕްލޭނިން މިނިސްޓްރީއާ ވާހަކަ ދެކެވިފައިވާ ކަަމަށް ލިޔެކިއުމުން ފެނޭ. ކޮންމެެއަކަސް އެގޮތުން ނެގި ވެލީގެ ބޮޑު ބައެއް ބަހައްޓާފައި ހުރީ ކޯލްޑް ސްޓޯރޭޖް އެޅުމަށް ހަމަޖެހިފައިވާ ބިމުގައި،" ހުސައިން ވިދާޅުވި އެވެ.

ތިން ވަނަ ފަހަރަށް މަސައްކަތް ލަސްކުރީ ހޮރައިޒަންއާ އެކު ސަރުކާރުން ވެފައިވާ އެއްބަސްވުން 2010 ވަނަ އަހަރު (އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި) އިސްލާހުކޮށްދިނުމުންނެވެ. އެފަހަރު ހޮރައިޒަންއަށް ފުރުސަތު ދިނީ ވެލި ފުނި ނަގައިގެން ގޮންގޮސް އަޅާނެ ތަނެއް ދައްކާތާ 24 މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ވެލިފުނި ގެންދަން ޖެހެނީ ހޮރައިޒަންގެ ސައިޓާ ދުރަށް ނަމަ އެކަމަށް ހިނގާ އަގު ދޭން ވެސް ސަރުކާރުން އޭރު އެއްބަސްވި އެެވެ.

"މި އެއްބަސްވުމާ ގުޅިގެން ވެލިއަޅާނެ ތަނެއް ސަަރުކާރުން ކަނޑައަޅައި ހޮރައިޒަން ފިޝަރީޒްއަށް ދެއްކި ކަމަށް ލިޔެކިއުންތަކުން ފެންނާކަށް ނެތް،" ހުސައިން ވިދާޅުވި އެވެ.

އެހެން ނަމަވެސް އޭނާ ވިދާޅުވި ގޮތުގައި 2019 ވަނަ އަހަރު ފިޝަރީޒް މިނިސްޓްރީގެ ޓީމެއް ހޯޑެއްދުއަށް ދިޔަ އިރު އެ ވެލިފުނި ވަނީ ހޮރައިޒަންގެ ސައިޓުން ނަގައިފަ އެވެ. އޭގެ ކުރިން ކުރި ދަތުރުތަކުގައި އެ ވެލިފުނި ނަގާފައި ނުވާކަން ފާހަގަ ކުރެވިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހޯޑެއްދޫގައި ކޯލްޑް ސްޓޯރޭޖް އެޅުމުގެ މަސައްކަތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށް 2019 ވަނަ އަހަރު ވެސް ހޮރައިޒަން އިން ސަރުކާރަށް މައުލޫމާތު ދިންކަން ހުސައިން ދެއްވި ތަފްސީލުން އެނގެ އެވެ. އެހެން ނަމަވެސް އެ މައުލޫމާތު ދޭން އެ ކުންފުނިން ފޮނުވި ސިޓީއާ އެކު އެކަށީގެންވާ ވޯކްޕްލޭނެއް ހުށަހަޅާފައި ނުވާތީ އެފަދަ ވޯކްޕްލޭނެއް ހުށަހަޅަން ސަރުކާރުން އެންގި އެވެ.

"ކޯލްޑް ސްޓޯރޭޖް ނިންމަން ރާވާ ގޮތުގެ އާ ވޯކް ޕްލޭނެއް 10 ޖޫން 2019 ގަ ހުށަހަޅަން ހޮރައިޒަން ފިޝަރީޒަށް ލިއުމުން އަންގާފައިވޭ،" ހުސައިން ވިދާޅުވި އެވެ.

އެ ފަހަރު ހޮރައިޒަން އިން ބުނީ ކޯލްޑް ސްޓޯރޭޖް އަޅަން ބޭނުންވާ ފައިސާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެ ފައިސާ ހޯދަން ހައެއްކަ މަސް ދުވަސް ހޭދަވެދާނެ ކަމަށެވެ. ފައިސާ ހަަމަޖެހުމުން އެ މަސައްކަތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށް އެ ކުންފުނިން ބުނި ކަމަށް ވެސް ހުސައިން ވިދާޅުވި އެވެ.

ވާކް ޕްލޭނެއް އަލުން ހުށަހަޅަން މިނިސްޓްރީން 2020 ވަނަ އަހަރު އެންގުމުން ހޮރައިޒަން އިން ބުނީ ކޮވިޑް-19 އާ ހެދި މަސައްކަތް މަޑުޖެހިފައިވާ ކަމަށެވެ. އެހެންވެ މަސައްކަތް މުއްދަތަށް ނިންމައި ނުލެވިދާނެ ކަމަށް ބުނެފައިވާ ކަމަށާއި ކޯލްޑް ސްޓޯރޭޖް އަަޅަން ގެންގޮސްފައި ހުރި މުދާތައް 2012 ވަނަ އަހަރު އަންދާލާފައިވުމަކީ ވެސް މަސައްކަތް ލަސްވި ސަބަބެއް ކަމަށް ހޮރައިޒަންއާ ހަވާލާދީ އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox