ރަށްރަށުގެ ކަރަންޓު އަގުހެޔޮކޮށްފިނަމަ ކުންފުނިތަކަށް މިލިއަނުން ގެއްލުން!

ސްޓެލްކޯގެ އެމްޑީ އަހުމަދު ޝަރީފު އަދި ފެނަކައިގެ އެމްޑީ އަހުމަދު ސައީދު-- ފޮޓޯ: އަދަދު

ސްޓެލްކޯގެ އެމްޑީ އަހުމަދު ޝަރީފު އަދި ފެނަކައިގެ އެމްޑީ އަހުމަދު ސައީދު-- ފޮޓޯ: އަދަދު

ސްޓެލްކޯއިން މާލެ ސަރަހައްދަށް ކަރަންޓް ދޭން އަގު ނަގާ ރޭޓާއި ފެނަކަ ކޯޕަރޭޝަނުން ރާއްޖޭގެ އެހެން ރަށްރަށުގައި ކަރަންޓަށް އަގުނަގާ ރޭޓް ހަމަހަމަ ނުވަނީ އެގޮތަށް އެކަން ކޮށްފިނަމަ ބޮޑު ގެއްލުމެއްވާނެތީ ކަމަށް ސްޓެލްކޯ އާއި ފެނަކައިން ބުނެފި އެވެ.

އެކަމާ ގުޅިގެން މިދިޔަ މަހު ރައްޔިތުންގެ މަޖިލީހަށް ވަނީ ގަރާރެއްވެސް ހުށަހަޅާފަ އެވެ. އެ ގަރާރު ހުށަހަޅާފައި ވަނީ ފެނަކަ ކޯޕަރޭޝަނުން ހިދުމަތް ދޭ ރަށްރަށުގައި ވިޔަފާރިތަކުން ބޭނުންކުރާ ކަރަންޓަށް ބިލުކުރާ ރޭޓް ބޮޑުކަމުންނާއި އެކަމުގައި މާލެއާ އެ ރަށްތަކާ ތަފާތުކުރާކަމުގެ ޝަކުވާ ވިޔަފާރިކުރާ ފަރާތްތަަކުން ކުރާ ކަމަށް ބުނެ އެވެ.

އަދި ގެސްޓްހައުސްތައް ހިންގާ ފަރާތްތަކާއި ޑައިވްސެންޓަރުތަކާއި ހޮޓާ ރެސްޓޯރެންޓް ހިންގާ ފަރާތްތައް އަދި ކުދި ވިޔަފާރިވެރިން ވެސް އެ ޝަކުވާ ކުރެ އެވެ.

Advertisement

އެކަމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް މިއަދު ބޭއްވި އެސްއޯއީ ކޮމެޓީގައި ވާހަކަ ދައްކަވަމުން ސްޓެލްކޯގެ އެމްޑީ މުހައްމަދު ޝަރީފް ވިދާޅުވީ މިކަމާ ގުޅޭގޮތުން ދިރާސާއެއް ކޮށްފައިވާ ކަމަށެވެ.

ސްޓެލްކޯއަކީ މާލެ ސިޓީގެ އިތުރުން ރާއްޖޭގެ އިތުރު 31 ރަށެއްގައި ކަރަންޓުގެ ހިދުމަތް އަދި ބައެއް ރަށްރަށުގައި ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދެމުންދާ ކުންފުންޏެކެވެ.

ޝަރީފް ވިދާޅުވީ ސްޓެލްކޯއިން ކަރަންޓުގެ ހިދުމަތަށް ނަގާ އަގަކީ އެ ކުންފުންޏަށް ކުޑަކޮށް ބޮޑު ކުރެވޭނެ ގޮތަށް އޮންނަ ނިޒާމެއް ނޫން ކަމަށެވެ. މިހާރު ކަނޑައަޅާފައިވާ އަގުތައް ނަގަމުން ދަނީ ސަރުކާރާ މިކަމާ ގުޅުން އޮންނަ ފަރާތްތަކާ މަޝްވަރާ ކުރުމަށްފަހު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ

"ސްޓެލްކޯގެ ހިދުމަތްދޭ ރަށްތަކުގެ ތެރެއިން 31 ރަށެއްގެ ބިޒްނަސް ކެޓަގަރީ އާއި މާލެ އޭރިޔާގެ ކެޓަގަރީއާ ތަފާތު ތަކެއް އެބަހުރި. އެކަމާ ގުޅިގެން މި އަހަރު ވަނީ ދިރާސާއެއް ކުރެވިފައި. އޭގެން ދައްކާ ގޮތުގައި މާލެ އާއި ހިދުމަތްދޭ އަތޮޅުތަކުގެ ބިޒްނަސް ކެޓަގަރީއާ އެއްވަރު ކޮށްފިނަމަ 35 މިލިއަން ރުފިޔާގެ ގެއްލުން ސްޓެލްކޯއަށް އެބަވޭ،" އޭނާ ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ ޓެރިފް ރޭޓަށް ބަދަލު ގެނައުމަކީ މިހާރު އެހާ ދެކޮޅުޖެހޭ ކަމަކަށް ނުވާނެ ކަމަށެވެ. ސަބަބަކީ މިހާރު އެ ކުންފުނިން ހިންގާ 31 ރަށުގެ ތެރެއިން 10 ރަށުން ފިޔަވާ ބާކީ ރަށްރަށުން ވަނީ ގެއްލުން ކަމަށްވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެންވީމަ މާލެއިން ލިބޭ ފައިދާ އާއި ރަށްރަށުން ލިބޭ ފައިދާ ސަބްސިޑައިޒް ކޮށްގެން އަޅުގަނޑުމެނަށް ލިބޭ ގެއްލުންތައް ފޫބައްދަމުން މިހާރު މި ދަނީ. އަދި އިތުރު އިންވެސްޓްމަންޓްތައްވެސް ކުރަމުން އަދި ރަށްރަށުގައި ކަރަންޓުގެ ހިދުމަތް ފުޅާކޮށް ހަރަދުތަކެއް ކުރަމުން މި ދަނީ،" ޝަރީފް ވިދާޅުވި އެވެ.

ސްޓެލްކޯގެ އިތުރުން އަތޮޅު ތެރޭގައި ކަރަންޓުގެ ހިދުމަތް އެންމެ ފުޅާކޮށް ފޯރުކޮށްދެމުންދަނީ ފެނަކަ އިންނެވެ. މިގޮތުން، ފެނަކައިން 155 ރަށަކަށް ކަރަންޓުގެ ހިދުމަތް ދަނީ ފޯރުކޮށްދެމުންނެވެ.

ފެނަކާގެ ފަރާތުން ވާހަކަ ދައްކަވަމުން އެ ކުންފުނީގެ އެސިސްޓެންޓް ޑިރެކްޓަރު އަހުމަދު އަލީ ވިދާޅުވީ އަތޮޅުތެރެއާއި މާލެ އެއްހަމަ ކޮށްގެން ކަރަންޓު ފޯރުކޮށްދޭނަމަ އަހަރެއްގެ މައްޗަށް ފެނަކައަށް، 41.2 މިލިއަން ރުފިޔާގެ ގެއްލުން ވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ސްޓެލްކޯއާ އެއްގޮތަށް ފެނަކައަށްވެސް އަގަށް ބަދަލު ގެނައުމުގެ ބާރު ނޯންނަ ކަމަށެވެ.

"ޑީސަލް ރޭޓުތަކަށް މި އަންނަ ބަދަލުތަކާ ގުޅިގެން އެކި ފަހަރުމަތިން ކިޔުއާރްއޭއަށް ތަފާތު މީޓިންތަކުގަ މަޝްވަރާ ކުރެވިފަ އަދި ފިނޭންސާ އެއްކޮށް ވެސް މަޝްވަރާ ކުރެވިފައި. އެއީ ކޮން ކަހަލަ ބަދަލުތަކެއްތޯ ގެނެވޭނީ. ނަމަވެސް އެ ރޭޓުތަކަށް ގެނެވޭނެ ބަދަލަކާ ގުޅޭގޮތުން އެއްވެސް ގޮތަކަށް ނިންމުމަކާ ހިސާބަށް އައިސްފައި ނެތް،" އޭނާ ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ އަތޮޅުތަކާއި މާލެ ސަރަހައްދުގެ މި ރޭޓުތައް އެއްހަމަ ކޮށްފިނަމަ ވަރަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވާނެ ކަމަށެވެ.

މަޖިލީހަށް ހުށަހެޅި ގަރާރުގައިވާ އަގު ލިސްޓްގައިވާ ގޮތުން 200 ޔުނިޓާއި 300 ޔުނިޓާ ދެމެދުގެ މިންވަރަކަށް ކަރަންޓް ބޭނުންކުރާ ނަމަ މާލޭގައި ނަގަނީ ޔުނިޓަކަށް 3.65 ލާރި ކަމަށް ވާއިރު ފެނަކައިން ކަރަންޓް ދޭ ރަށްރަށުގައި ނަގަނީ ހަރުފިޔާ އެވެ. ފެނަކައިން 100 ޔުނިޓާ 200 ޔުނިޓާ ދެމެދުގެ ބޭންޑަށް 3.75 ރުފިޔާ ނަގާ އިރު މާލޭގައި ނަގަނީ 3.35 ރުފިޔާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox