ވިއްސާރައިގެ ސަބަބުން ކްރިމިނަލް ކޯޓުގެ ސާވާ ރޫމަށް ގެއްލުން ލިބި، އަޑުއެހުންތަކަށް ބުރޫ އަރައިފި

ކްރިމިނަލް ކޯޓު ހިންގާ އިމާރާތް؛ ވިއްސާރައިގެ ސަބަބުން ކޯޓުގެ ސާވާ ރޫމަށް ގެއްލުންތަކެއްވެ އަޑުއެހުންތަކެއް ކެންސަލްކޮށްފި - ފޮޓޯ: މުހައްމަދު ޝާބިން | އަދަދު

ކްރިމިނަލް ކޯޓު ހިންގާ އިމާރާތް؛ ވިއްސާރައިގެ ސަބަބުން ކޯޓުގެ ސާވާ ރޫމަށް ގެއްލުންތަކެއްވެ އަޑުއެހުންތަކެއް ކެންސަލްކޮށްފި - ފޮޓޯ: މުހައްމަދު ޝާބިން | އަދަދު

ވިއްސާރައިގެ ސަބަބުން ކްރިމިނަލް ކޯޓުގެ ސާވާ ރޫމްގައި ހުރި ތަކެއްޗަށް ގެއްލުންތަކެއްވެ، މިއަދުގެ ހެނދުނުގެ ސެޝަނަށް އޮންލައިންކޮށް ބާއްވަން ތާވަލުކުރި އަޑުއެހުންތައް ކެންސަލް ކުރަން ޖެހިއްޖެ އެވެ.

ކްރިމިނަލް ކޯޓު ހިންގާ ކުރީގެ އެސްޓީއޯ އިމާރާތަކީ ދުވަސްވެ ބާވެފައިވާ އިމާރާތެކެވެ. ހަތަރު ބުރީގެ އެ އިމާރާތުގެ ފާރުތަކުގައި ރެނދު އަޅާފައިވާއިރު ވިއްސާރަ ދުވަސްދުވަހު ސީލިންގުން ފެން ފޭބުން ފަދަ ކަންކަން ދިމާވެ އެވެ. މިއަދު ކޯޓުގެ ބައެއް ތަކެއްޗަށް ވެސް ގެއްލުން ލިބިފައިވާ ކަން ކޯޓުން ބުނެފައިވެ އެވެ.

"ވިއްސާރައިގެ ސަބަބުން ކޯޓުގެ އިމާރާތުގެ ތެރެއަށް ފެން ވަދެ، މި ކޯޓުގެ ސާވާ ރޫމަށް ފެނުގެ އަސަރު ކުރުމާ ގުޅިގެން ސާވާ ރޫމުގެ ކަރަންޓް ކޭބަލްތަކާއި ނެޓްވޯކް ކޭބަލްތަކަށް ގެއްލުންތަކެއް ލިބިފައިވޭ،" ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް ނޫސްވެރިންނަށް ހިއްސާކުރި މެސެޖްގައިވެ އެވެ.

ކްރިމިނަލް ކޯޓުގެ ސާވާ ރޫމްގެ ތަކެއްޗަށް ލިބުނު ގެއްލުންތަކާ ގުޅިގެން މިއަދުގެ ހެނދުނަށް ތާވަލުކުރެވިފައިވާ މައްސަލަތަކުގެ ތެރެއިން ވީޑިއޯ ކޮންފަރެންސްކޮށް ހިންގުމަށް ތާވަލުކުރެވިފައިވާ ހުރިހާ އަޑުއެހުމެއް ކެންސަލް ކޮފައިވާ ކަމަށް މީޑިއާ އޮފިޝަލް ފޮނުއްވި މެސެޖްގައިވެ އެވެ.

އެހެން ނަމަވެސް ކޯޓަށް ހާޒިރުވެގެން ހިންގުމަށް ތާވަލުކުރެވިފައިވާ އަޑުއެހުންތައް ކުރިޔަށް ދާނެ އެވެ.

ކްރިމިނަލް ކޯޓު މިހާރު ހިނގަމުންދާ އިމާރާތް ރައްކާތެރި ނޫން ކަމަށް ގެޑޯ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ތައްޔާރުކުރި ރިޕޯޓެއްގައި ޖޫން 17، 2021 ގައި ފާހަގަކޮށްފައިވެ އެވެ. އެ ފަހުން މިހާތަނަށް ވެސް އެ ކޯޓު ހިންގާ އިމާރާތް ބަދަލުކޮށްފައެއް ނުވެ އެވެ.

ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން އެންމެ ފަހުން މައުލޫމާތު ދިން ގޮތުން، ކޯޓު ކޮމްޕްލެކްސްގެ އިމާރާތް ނިމެންދެން ކްރިމިނަލް ކޯޓު ހިންގާނެ ތަނެއް ހޯދަން އެކި ދުވަސް މަތިން މަސައްކަތްތަކެއް ވަނީ ކޮށްފަ އެވެ.

އެންމެ ފަހުން އެޗްޑީސީއާއެކު ކުރި މަޝްވަރާތަކުގެ ތެރެއިން، ހުޅުމާލޭން ފަސް އަހަރުގެ މުއްދަތަކަށް ނުވަތަ ކޯޓު ކޮމްޕްލެކްސް ނިމެންދެން އަކަފޫޓަކަށް ފަސް ރުފިޔާގެ ރޭޓުން 6275.25 އަކަފޫޓުގެ ބިމެއް ކުއްޔަށް ދެވިދާނެ ކަން އެޗްޑީސީން އަންގާފައިވެ އެވެ. އަދި އެ ބިމުގައި ހަދަން ހުއްދަ ދީފައިވާ އިމާރާތް ބިނާ ކުރަން ޖެހޭނީ ވެސް ޑީޖޭއޭގެ ބަޖެޓުން ކަމަށް އެޗްޑީސީން ވަނީ އަންގައިފަ އެވެ.

ނަމަވެސް, ޑީޖޭއޭގެ ބަޖެޓަކީ އެންމެ އެކަށީގެންނުވާ ބަޖެޓެއް ކަމެއް އަބަދުވެސް އެތަނުން ބުނެ އެވެ. އެ ތަނަށް އޮތީ ބަޖެޓްގެ ދަތިކަން ދިމާވެފަ އެވެ. އެހެންވެ, އަމިއްލަ ހަރަދުގައި އިމާރާތެއް ބިނާ ކުރުމަކީ ޑީޖޭއޭއަށް ގޮންޖެހުމަކަށްވާނެ އެވެ.

ކްރިމިނަލް ކޯޓު އެންމެ ފުރަތަމަ ހިންގީ ޖަސްޓިސް ބިލްޑިންގަ އެވެ. އެސްޓީއޯގެ ކުރީގެ އިމާރާތަށް ބަދަލުކުރީ 2015 ވަނަ އަހަރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox