އޭޑީކޭގެ އިލްތިމާސެއް: ވިޔަފާރިވެރިޔާގެ އާމްދަނީ ހޯދައިދޭ މަސައްކަތްތެރިޔާގެ ރައްކާތެރިކަމަށް ސަމާލުވޭ

އޭޑީކޭގެ މެނޭޖިން ޑައިރެކްޓަރު އަފްއާލް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: ވިދާޅުވީ މަސައްކަތެރިންގެ ރައްކާތެރިކަމުގެ ވާހަކަ ދައްކަންޖެހޭ ކަމަށް -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

އޭޑީކޭގެ މެނޭޖިން ޑައިރެކްޓަރު އަފްއާލް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: ވިދާޅުވީ މަސައްކަތެރިންގެ ރައްކާތެރިކަމުގެ ވާހަކަ ދައްކަންޖެހޭ ކަމަށް -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ހަދަމުންދިޔަ އިމާރާތަކަށް އަރުވަމުންދިޔަ ދަގަނޑުތަކަކުން އެނބުރި ދަގަނޑެއް ވެއްޓި، މަސައްކަތު މީހެއްގެ ހަށިގަނޑަށް ހެރުނު މައްސަލައާ ގުޅިގެން، މަސައްކަތްތެރިންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ވިޔަފާރިވެރިން އަދި ކަމާ ގުޅޭ އެންމެން މަސައްކަތްކޮށްދިނުމަށް އޭޑީކޭ ހޮސްޕިޓަލުން މިއަދު އިލްތިމާސްކޮށްފި އެވެ.

ސެޕްޓެމްބަރު 17، ގައި ހ. ޒާހަމްގައި މަސައްކަތް ކުރަނިކޮށް ހަ ފޫޓުގެ ދަގަނޑެއް ހެރުނީ ރަޝީދް ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ) ގެ އުމުރުން 34 އަހަރުގެ ބަންގްލަދޭޝްގެ މުވައްޒަފެއްގެ ހަށިގަނޑަށެވެ. އެ މައްސަލައާ ގުޅިގެން ވާހަކަ ދައްކަވަމުން އޭޑީކޭގެ މެނޭޖިން ޑައިރެކްޓާ އަހުމަދު އަފްއާލް ވިދާޅުވީ، ކޮންސްޓްރަކްޝަން އަދި އެހެނިހެން މަސައްކަތުގެ ދާއިރާތައް ވެސް ހިމެނޭ ގޮތަށް ރާއްޖޭގައި މަސައްކަތް ކުރާ ސައިޓުތަކުގެ ސަލާމަތީ ކަންކަން ވަރަށް ރަނގަޅު ކުރަންޖެހޭ ކަމަށެވެ.

"އަޅުގަނޑުގެ އިލްތިމާސަކީ މިފަދަ ކަންކަމުގައި އިސްކޮށް އުޅުއްވާ ހުރިހާ ބޭފުޅުން ވެސް، އެ ބޭފުޅުން ދިރިއުޅުއްވަން ހޯއްދަވާ އެ އާމްދަނީ ހޯއްދެވުމުގައި، އެހެން ހުރިހާ ފަރާތްތަކެއްގެ ރައްކާތެރިކަން އިސްކަމެއްގެ ގޮތުގައި ބައްލަވައިގެން އެކަމަށް ސަމާލުކަން ދެއްވައި، އެމީހުންގެ ދިރިއުޅުން ހޯދައިދޭން މަސައްކަތް ކުރާ މީހުންގެ ދިރިއުޅުން ދުޅަހެޔޮ، ރަނގަޅު އަނިޔާއިން ރައްކާތެރިވެގެންވާ ދިރިއުޅުމަކަށް ހައްދަވައިދެއްވާށޭ،" މި ނޫހުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އަފްއާލް ވިދާޅުވި އެވެ.

ދަ
ދަ

މަސައްކަތްތެރިޔާގެ ހަށިގަނޑަށް ދަގަނޑު ވަދެފައި އިން ގޮތް ދައްކުވައިދޭ އެނިމޭޝަނެއް: އޭނާގެ ހާލު މިހާރު ރަނގަޅު -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

އާރްސީސީ ސައިޓުގައި ހިނގި އެކްސިޑެންޓު ހިނގީ، ވައިގޮޅިން އިމާރާތުގެ ހަ ވަނަ ބުރިއަށް އަރުވަމުންދިޔަ ދަގަނޑުތައް ވެއްޓުނު އަޑަށް އެ ގޮޅިއަށް މަސައްކަތްތެރިޔާ ބޯ ދިއްކޮށްލި ވަގުތެވެ. ހެލްމެޓާއި ސޭފްޓީ ބޫޓަށް އަރައިގެން ހުރި މަސައްކަތްތެރިޔާގެ ހަށިގަނޑަށް ދަގަނޑު ވަނީ ނޭފަތުން ލައިފަ އެވެ.

އޭނާގެ ހަށިގަނޑުގެ މުހިންމު ހުރިހާ ދިމާލަކުންހެން ދަގަނޑު ދަތުރުކުރި އެވެ. އެގޮތުން ދަގަނޑު އޭނާގެ ހަށިގަނޑަށް ވަނީ ނޭފަތުގެ ކަށިތައް މުގުރާލުމަށްފަހު އެވެ. ދެން އޭތި ގޮސް ތަލީގައި ޖެހި ތަލި ފުނޑާލުމަށްފަހު ކަރުގެ ފަހަތުން ޖެހުނީ މައިބަދައިގަ އެވެ. މައިބަދައިގެ ފުރަތަމަ ތިން ބަދައަށް ދަގަނޑުން ގެއްލުންވި އެވެ. އެ ހިސާބުން ތިރިއަށް ދަގަނޑު ދަތުރު ކުރަމުން، ފުއްޕާމޭގެ އެއް ބައިގައި ޖެހުމަށްފަހު އޭގެ ތިރިން އިންނަ ޑަޔަފްރަމް މަސްގަނޑާއި ބަނޑުގެ މަސްގަނޑުގެ ފޫއަޅުވާލުމަށްފަހު ގޮސް މައިތިރިވީ އުކުޅުވަޅުގެ ކަށިގަނޑުގައި ޖެހުމުންނެވެ.

ގެއްލުންވި މަސައްކަތްތެރިޔާއާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އަފްއާލް ވިދާޅުވީ އޭނާގެ ފުރާނަ ސަލާމަތް ކުރެވުނީ ގިނަ ބަޔަކު ކުރި މަސައްކަތާއި ނަސީބާއި ﷲގެ ވާގިފުޅާއެކު ކަމަށެވެ. އަދި ކޮންމެ ފަހަރަކު އެގޮތަށްނުވާނެކަން އޭނާ ފާހަގަ ކުރެއްވި އެވެ. އެހެންކަމުން އެކްސިޑެންޓެއްނުވާނެ ގޮތަށް ހުރިހާ އިންޑަސްތްރީއެއްގެ ކަންކަން ރަނގަޅު ކުރަންޖެހޭ ކަމަށް އަފްއާލް ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެންމެން އެބަ މަސައްކަތްތަކެއް ކުރަންޖެހޭ އެބަ ހާއްސަކޮށް ކޮންސްޓްރަކްޝަން ދާއިރާ ފަދަ ކަންކަމުގައި ރައްކާތެރިކަން ގާއިމް ކުރުމަށް. މިހެން ދިމާވާ ކޮންމެ ފަހަރަކީ އޭގައި ވަރަށް ބޮޑަށް ނަސީބަކާއި މާތް ﷲގެ ވާގިފުޅާއި އަޅުގަނޑުމެންގެ މަސައްކަތާ މި ހުރިހާ ކަމެއް އެކުލެވިގެންވާ ކަމެއް،" އޭނާ ވިދާޅުވި އެވެ. "ކޮންމެ ފަހަރަކު، އަޅުގަނޑުމެން ކުރާ މަސައްކަތް އެންމެ އެކަށީގެންވާ ގޮތަށް، ނަތީޖާ ނުނެރެވިދާނެ. އެހެންވެސް ވާނެ."

ދަގަނޑު
ދަގަނޑު

މަސައްކަތު މީހާގެ ހަށިގަނޑަށް ދަގަނޑު ވަދެފައި އިންދާ ނަގާފައިވާ ސްކޭނެއް: ވަރަށް ބޮޑަށް ދަގަނޑު ވަން ނަމަވެސް މުހިންމު ނާރުތަކާއި ގުނަވަންތަކަށް ގެއްލުމެއް ނުލިބޭ -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

އަފްއާލް ވިދާޅުވީ ކޮންސްޓްރަކްޝަން ފަދަ މަސައްކަތް ކުރާ ތަންތަނުގައި ބަހައްޓަންޖެހޭނީ އެންމެ ވަރުގަދަ އުސޫލުތައް ކަމަށެވެ. އަދި އެފަދަ ރަނގަޅު ސަލާމަތީ މިންގަނޑުތަކާއި އުސޫލުތައް މިހާރު ރާއްޖޭގައި އެކުލަވާލާފައި އޮތް ނަމަވެސް އެއަށް އަމަލު ނުކުރެވޭކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"ކޮންސްޓްރަކްޝަން މަސައްކަތް ކުރާ ފަރާތްތައް ހިމެނޭ ޖަމިއްޔާއިން ވަރަށް ތަފްސީލު ސޭފްޓީ ސްޓޭންޑާޑްސްތަކެއް ގާއިމްކޮށް އެކަން ކުރުމަށް ހުރިހާ ކޮންސްްޓްރަކްޝަން ކުންފުނިތަކަށާއި އެފަދަ މަސައްކަތް ކުރާ ފަރާތްތަކަށް އަންގާފައިވާތާ މިހާރު އަށް ވަރަކަށް އަހަރުވެއްޖެ،" އަފްއާލް ވިދާޅުވި އެވެ. "ދިވެހިރާއްޖޭގައި މަސައްކަތްތައް ކުރާ ތަންތަނުގެ ސަލާމަތީ ކަންކަން ވަރަށް ބޮޑަށް ވަރުގަދަކޮށް، އެ ވާހަކަ އެބަ ދައްކަންޖެހޭ."

އޭޑީކޭގެ މެނޭޖްމަންޓުގެ ފަރާތުން އަފްއާލް އެދިވަޑައިގަތީ މަސައްކަތްތެރިންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކަމާގުޅޭ އެންމެން ގުޅިގެން މަސައްކަތް ކުރުމަށެވެ.

"ސިއްހީ ހިދުމަތްތައް ދޭ ފަރާތްތަކުގެ ވެސް ވަރަށް ބޮޑު އިލްތިމާސެއް، [މަސައްކަތް ކުރާ ތަންތަނުގެ ސަލާމަތީ ކަންކަން ރަނގަޅު ކުރުން] މިއީ އަޅުގަނޑުމެން ކުރަންޖެހޭ ކަމެއް. މިފަދަ ކަންކަން ދިމާވިޔަނުދިނުމަށް ވަރަށް ބައިވަރު މަސައްކަތް ކުރަންޖެހޭ،" އޭނާ ވިދާޅުވި އެވެ.

އާރްސީސީގެ މަސައްކަތްތެރިޔާގެ ފުރާނަ ސަލާމަތްވީ އޭޑީކޭ ހޮސްޕިޓަލުން ގާތްގަނޑަކަށް ނުވަ ގަޑިއިރުވަންދެން ކުރި ސިލްސިލާ ސާޖަރީތަކަކަށްފަހެވެ. މިހާރު އޭނާ ހޮސްޕިޓަލުގައި އޮންނަތާ 11 ދުވަސްވެފައިވާއިރު ހިނގާބިނގާވެ، ވާހަކަ ދައްކާ ހެދެ އެވެ. އަދި ޑޮކްޓަރުން ވިދާޅުވީ ކުރިމަގުގައި ވެސް އޭނާއަކީ މަސައްކަތުގެ އެކި ދާއިރާތަކުގައި އުޅެވޭނެ މީހެއް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox