ބަދުއަހުލާގީ އަމަލުތައް ގިނަވުން؛ އިމްރާން ބާރުއަޅަނީ ގާނޫނު ޒަމާނަށް ފައްތަން!

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ "އަދަދު"އަށް އިންޓަވިއު ދެއްވަނީ--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ "އަދަދު"އަށް އިންޓަވިއު ދެއްވަނީ--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ބަދުއަހުލާގީ އަމަލުތައް ގިނަވުމަކީ މިއަދު ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ނުރައްކާ ކަމަށާއި އެކަމުން ސަލާމަތް ވުމަށް މިހާރު އޮތް ގާނޫނު ޒަމާނާ ގުޅޭ ގޮތަށް ބަދަލު ކުރަން ޖެހޭ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މިފަދަ އަމަލުތައް ސޯޝަލް މީޑިއާގެ ޒަރީއާއިން ފެތުރުން ހުއްޓުވުމަށް ގާނޫނީ އޮނިގަނޑެއް ވުޖޫދު ކުރަން ޖެހޭ ކަމަށް މީގެ ކުރިން އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެ އެވެ. ނަމަވެސް މިފަދަ މަންޒަރުތައް ފެތުރުމަކީ ގާނޫނުލްއުގޫބާތުގެ ތެރެއިން މިހާރު ވެސް ކުށެކެވެ.

"މިކަމަށް ސީދާ ވަކި ގާނޫނެއް ގެންނަ ވާހަކައެއް ނޫން، މިހާރު އޮތް ގާނޫނަކީ 70ގެ އަހަރުތަކުގެ ގާނޫނެއް، އެހެންވީމާ އެ ގާނޫނަށް އަޅުގަނޑުމެންގެ ތެރެއިން އިތުރަށް މި ޒަމާނުގެ ހާލަތަށް ގުޅުވާ ސާފުކުރަން ޖެހޭ ގިނަ ބައިތަކެއް އެބަހުރި،" މި ނޫހަށް ދެއްވި އިންޓަވިއުއެއްގައި އިމްރާން ވިދާޅުވި އެވެ.

އިމްރާން ވިދާޅުވި ގޮތުގައި މި ގާނޫނަށް ގެންނަ ބަދަލުތަކުގެ ދަށުން ހަދާ ގަވައިދުތަކުން މި ކަން އިތުރަށް ހަރުކަށިކޮށް، ފިޔަވަޅު އެޅޭނެ ފަހިގޮތްތަކެއް ހޯދަން ޖެހޭ ކަމަށެވެ.

ޒަމާނަށް އައިސްފައިވާ ބަދަލާއެކު ބައެއް ގަވައިދުތަކުގައި ވެސް ފުށުއެރުންތަކެއް ހުރިކަން އިމްރާން ފާހަގަކުރެއްވި އެވެ.

"ޓެކްނޮލޮޖީއަށް އައިސްފައި މިވާ ބަދަލުތަކުން މި ދާއިރާއަށް އައިސްފައި ހުރި ބަދަލުތަކާ ފައި ހަމަވާ ގޮތަށް ބަދަލުކުރަން ޖެހޭނެ ކަން އަޅުގަނޑުމެންގެ އެންމެން ވެސް ބުއްދި ގަބޫލުކުރަން ޖެހޭނެ، އޭރުގައި އޮރިޔާން ކާޑޭ ބުނީމާ އޭގެ މާނައަކީ ކޮބައިތޯ، މިއަދު އޭގެ މާނައަކީ ކޮބައިތޯ،" އިމްރާން ވިދާޅުވި އެވެ.

ދުނިޔޭގެ ބައެއް އިސްލާމީ ނޫން ގައުމުތަކުގެ މިސާލު ނަންގަވައި އިމްރާން އިތުރަށް ވިދާޅުވީ އެ ގައުމުތަކުގައި އެ ކަންކަން ހުއްޓުވުމަށް ހަދާފައިވާ ގާނޫނުތަކާއި ގަވައިދުތަކާ އެއްގޮތަށް ރާއްޖޭގެ ނިޒާމު ބަދަލުކުރަން ޖެހޭ ކަމަށެވެ.

އަދި، ގާނޫނާ ގަވައިދުތަކަށް މި ބަދަލު ގެނައުމަކީ ގުޅުން ހުރި ހުރިހާ މުވައްސަސާއެއްގެ ވެސް ޒިންމާއަކަށް ވާން ޖެހޭނެ ކަމަށާއި ގާނޫނު އިތުރަށް ފުރިހަމަ ކުރަން ޖެހޭ ކަންކަން ދެނެގަނެ، ކުރިއަށް އޮތް ތަނުގައި ހިއްސާ ކުރާނެ ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox