ނާޒިމަށް އިއްވި ގޭބަންދުގެ ހުކުމްގެ އިސްތިއުނާފަށް ޕީޖީ އޮފީހުން ދިރާސާކުރަން ފަށައިފި

ނާޒިމް ސައްތާރު؛ އޭނާ ގޭބަންދުކުރަން ކޮށްފައިވާ ހުކުމް އިސްތިއުނާފް ކުރުމުގެ ބޭނުމަށް ދިރާސާކުރަން ފަށައިފި

ނާޒިމް ސައްތާރު؛ އޭނާ ގޭބަންދުކުރަން ކޮށްފައިވާ ހުކުމް އިސްތިއުނާފް ކުރުމުގެ ބޭނުމަށް ދިރާސާކުރަން ފަށައިފި

ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލަމްގީރާއެކު ބަދުއަހުލާގީ އަމަލު ހިންގި ކަމަށް އެއްބަސްވެ، އެ ކުށަށް ތައުބާވެފައިވާ ގާނޫނީ ވަކީލު ނާޒިމް ސައްތާރު ހަތަރު މަަހަށް ގޭގައި ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމް އިސްތިއުނާފް ކުރެވިދާނެތޯ ބެލުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ދިރާސާކުރަން ފަށައިފި އެވެ.

ނާޒިމް ސައްތާރުގެ މައްޗަށް އެއް ޖިންސުން ގުޅުން ހިންގުމުގެ ކުށުގެ ދައުވާ އުފުލީ ގާނޫނުލްއުގޫބާތުގެ ދަށުންނެވެ. އެއީ މީހަކާ އިނދެ ހުރެ ކުރި ކުށަކަށް ވާނަމަ، އެ ގާނޫނުގައިވާ ގޮތުން، އެ ކުށުގެ އަސާސީ އަދަބަކީ ނުވަ މަހާއި 18 ދުވަހަށް ޖަލަށް ލުމެވެ.

ކުށަށް އިއުތިރާފުވެ ދެން އެފަދަ ކުށެއް ނުކުރާނެ ކަމަށް ކުށަށް ތައުބާވެފައިވާތީ އަދަބު ލުއިކޮށް އެއް މަހާއި 28 ދުވަހުގެ ޖަލު ހުކުމަކަށް ކަނޑައެޅި އެވެ. ޖަލު ހުކުމް ގޭބަންދަށް ބަދަލުކޮށްދިނުމަށް ނާޒިމް އެދުމުން އެ ކަމަށް ރިއާޔަތްކޮށް ތިން މަހާއި 26 ދުވަހަށް ގޭގައި ބަންދުކުރަން ހުކުމްކުރި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމްގެ ޕާސަނަލް ބްލޮގްގައި ލިޔުއްވާފައިވާ ގޮތުން ދައުވާ ކުރުމުގެ ކުރިން ކުށަށް އިއުތިރާފުވެ އާންމުންގެ ކިބައިން މާފަށް އެދޭ ނަމަ އަދަބަށް ދެ ދަރަޖައިގެ ލުޔެއް ލިބުނަސް، އޭގެ ފަހުން ކުށަށް އިއުތިރާފުވާނަމަ ދެ ދަރަޖައިގެ ލުއި ލިބިގެން ނުވާނެ ކަމަށެވެ.

ނާޒިމް ސައްތާރު ކުށަށް އިއުތިރާފުވީ ޝަރީއަތް ފެށި ފަހުން ދައުވާއަށް ޖަވާބުދާރީވަމުންނެވެ. ނަމަވެސް ނާޒިމް ސައްތާރަށް ވަނީ ކުށުގެ އަސާސީ އަބަދުން ދެ ދަރަޖަ ލުއިކޮށްދީ، ކަނޑައެޅި ޖަލު ހުކުމް ވެސް ގޭބަންދަށް ބަދަލުކޮށްދީފަ އެވެ.

"... ކުށް ސާބިތުވާ ކަމަށް ކަނޑައެޅި ނަމަވެސް، އަދަބު ދިނުމުގައި އިސްވެ ދެންނެވި އުސޫލާ ޚިލާފު ނަމަ، އެ ނުކުތާ ވަކިން އިސްތިއުނާފު ކުރަން ޖެހެ އެވެ." ޝަމީމްގެ ބްލޮގްގައި ލިޔުއްވާފައިވެ އެވެ.

އެކަމާ ގުޅޭ ގޮތުން "އަދަދު" އިން ސުވާލު ކުރުމުން އަދަބު ކަނޑައަޅާފައިވާ ގޮތުގެ ނުކުތާ ހައި ކޯޓުގައި އިސްތިއުނާފު ކުރެވިދާނެތޯ ދިރާސާ ކުރަމުން ގެންދަވާ ކަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ މީޑިއާ އޮފިޝަލް އަހުމަދު ޝަފީއު ކަށަވަރުކޮށްދެއްވި އެވެ.

"ދިރާސާ ކުރުމުގެ މަރުހަލާގައި އެ ކަންކަން އޮތީ، އަދި ވަކި ގޮތެއް ނުނިންމާ،" ޕަބްލިކް ޕްރޮސެކިއުޓަރެއްގެ ގޮތުގައި ވެސް އެ އޮފީހުގައި މަސައްކަތް ކުރައްވާ ވަކީލު ޝަފީއު ވިދާޅުވި އެވެ.

އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކެއް ޖޫން މަހުގެ ފަހުކޮޅު ވަނީ އާންމުވެފަ އެވެ. އޭގެ ތެރެއިން އެއް ވީޑިއޯއަކުން އަލަމްގީރާއެކު ފެންނަނީ ނާޒިމް އެވެ.

ނާޒިމްގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތުގައި ބޭއްވި ފުރަތަމަ އަޑުއެހުމުގައި ދައުލަތުން ދައުވާ އިއްވި އެވެ. އަދި ނާޒިމް ވަނީ ދައުވާގައި ހިމެނޭ އެއް ޖިންސުގެ މިހާކާއެކު ބަދުއަހުލާގީ އަމަލު ހިންގި ކަމަށް އިއުތިރާފުވެފަ އެވެ.

ނާޒިމަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ އެވެ.

ނަޝީދު ވަނީ ނާޒިމް ހައްޔަރު ކުރުމާ ގުޅިގެން، އެއީ ސިޔާސީ ބޭނުމެއްގައި ވަކި ބަޔެއްގެ މައްސަލަ އެކަނި ބެލުމުގެ ތެރެއިން ކުރާ ކަމެއް ކަމަށް ތުހުމަތު ކުރައްވައިފަ އެވެ.

މި މައްސަލާގައި އަލަމްގީރަށް ވެސް ކޮށްފައިވާ އެއް ޖިންސުން ގުޅުން ހިންގުމުގެ ކުށުގެ ދައުވާއަށް ހުކުމްކޮށްފައިވެ އެވެ. އޭގެ އިތުރަށް އޮރިޔާން ކާޑު އުފެއްދުމުގެ 40 ދައުވާ އޭނާގެ މައްޗަށް ކޮށްފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox