ނަޝީދު ޖަލުގައި މަރުވުމުގައި ކަރެކްޝަންސްގެ އިހުމާލެއް ނެތް: އިމްރާން

މާފުށީ ޖަލު ބަންދުގައި ހުއްޓާ މަރުވި މުހައްމަދު ނަޝީދު: އޭނާ މަރުވީ ގޮޅީގައި އޮއްވާ ނޭވާ ނުލައިގެން ފަރުވާ ދެމުންދަނިކޮށް -- ފޮޓޯ: ކަރެކްޝަންސް

މާފުށީ ޖަލު ބަންދުގައި ހުއްޓާ މަރުވި މުހައްމަދު ނަޝީދު: އޭނާ މަރުވީ ގޮޅީގައި އޮއްވާ ނޭވާ ނުލައިގެން ފަރުވާ ދެމުންދަނިކޮށް -- ފޮޓޯ: ކަރެކްޝަންސް

މާފުށި ޖަލުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުއްޓައި، މ. މުލި، ހުދުފިނިފެންމާގޭ، މުހައްމަދު ނަޝީދުގެ މިދިޔަ ހަފުތާގައި މަރުވި މައްސަލައިގައި މޯލްޑިވްސް ކަރެކްޝަންސް ސާވިސްގެ އިހުމާލެއް ނެތް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ނަޝީދު، 43، މަރުވީ އޭނާ ނޭވާ ނުލާކަން ގޮޅީގައި ތިބި އެހެން ގައިދީންތަކެއް އެންގުމުން އިތުރު ފަރުވާ ދެމުން އަންނަނިކޮށް ކަމަށް ކަރެކްޝަންސް އިން މީގެ ކުރިން ބުނެފައިވެ އެވެ. އޭނާ މަރުވުމުގައި ކަރެކްޝަންސްގެ އިހުމާލު އޮތް ކަމަށް އާއިލާއިން ތުހުމަތު ކުރެ އެވެ.

އެކަމާ ގުޅިގެން "އަދަދު" އިން ސުވާލުކުރުމުން މިނިސްޓަރު އިމްރާން ވިދާޅުވި އޭނާގެ މަރުގެ ހަބަރު ލިބުމުން މާފުށީ ޖަލުގައި ތިބި އޮފިސަރުން ހެދި ރިޕޯޓާއި އިތުރު އެހެން މެޑިކަލް ރިޕޯޓުތައް ބެއްލެވި ކަމަށެވެ.

"އެކަމުގައި އަޅުގަނޑަކަށް ކަރެކްޝަންސްގެ އިހުމާލެއް އޮތް ކަމަކަށް އަދި އެއްވެސް މީހެއްގެ ގަސްދުގައި ކޮށްފައި އޮތް އެއްވެސް އަމަލެއް ނެތް. އަޅުގަނޑު ވަރަށް ގާތުން އެކަން ބެލިން،" އިމްރާން ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ ޖަލުގައި މިހާރު ހިނގާ ކޮންމެ މަރުގެ ހާދިސާއެއްގެ ތަފްސީލް ވެސް އަންނަނީ ވަރަށް ގާތުން ބަލަމުން ކަމަށެވެ.

"އަދި އިހުމާލެއް ކަމެއް އޮވެއްޖެއްޔާ އެއާމެދުގައި އަޅަން ޖެހޭ ފިޔަވަޅު ވެސް އަޅާފައި ހުންނާނީ،" އިމްރާން ވިދާޅުވި އެވެ.

އެގޮތުން މިފަދަ ބައެއް މައްސަލަތަކުގައި ބައެއް އޮފިސަރުންނާ މެދު ފިޔަވަޅު އަޅާފައިވާ ކަން ވެސް ފާހަގަކުރެއްވި އެވެ.

މުހައްމަދު ނަޝީދަކީ މަސްތުވާތަކެތީގެ މައްސަލައެއްގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހެކެވެ. އޭނާ ބަންދުކޮށްފައި ހުރީ 2020 ވަނަ އަހަރު ތެރޭގައި އިރުއަލިމަސް" ކިޔާ ދޯންޏެއްގައި ރާއްޖެއަށް 61 ކިލޯ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގެ ތުހުމަތުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox