އޭޑީކޭގެ ބްރެއިން/ސްޕައިން ކޮންފަރެންސުން ރާއްޖޭގެ ސިއްހީ ދާއިރާއަށް ހެޔޮ ބަދަލުތަކެއް

އޭޑީކޭގެ ބްރެއިން/ސްޕައިން ކޮންފަރެންސުން ރާއްޖޭގެ ސިއްހީ ދާއިރާއަށް ހެޔޮ ބަދަލުތަކެއް

މައިބަދަ އާއި ސިކުނޑީގެ ބަލިތަކަކީ ރާއްޖޭގައި ވެސް އާބާދީގެ ނިސްބަތުން ބަލާއިރު ގިނަ އަދަދެއްގެ ބަޔަކު ތަހައްމަލް ކުރަމުންދާ ބަލިތަކެކެވެ. މިފަދަ ބަލިތަކުގެ ވޭނުގައި އުމުރު ދުވަސް އުޅުމަށް ފަހު ދުނިޔެއާ ވަކިވެގެންދާ މީހުންގެ އަދަދު ވެސް މަދެއް ނޫނެވެ. މި ބަލިތަކުގެ ފަރުވާއަށް ކޮންމެ މަހަކު އެތައް ހާސް ރުފިޔާއެއް ހޭދަކުރާ އެތައް ބަޔަކު މިހާރު ވެސް އެބަތިއްބެވެ.

ރާއްޖޭގައި ވެސް ދާދި ފަހަކާ ޖެހެންދެން މި ބަލިތަކަށް އެންމެ އެކަށީގެންވާ ފަރުވާއެއް ނުދެވެ އެވެ. ނަމަވެސް، މިފަހުން ރާއްޖޭގެ ސިއްހީ ނިޒާމަށް އައި ކުރިއެރުންތަކުގެ ތެރެއިން މައިބަދަ އާއި ސިކުނޑީގެ ބޮޑެތި އޮޕަރޭޝަންތައް ކާމިޔާބުކަމާ އެކު ވަނީ ކޮށްފަ އެވެ.

އޭޑީކޭ ހޮސްޕިޓަލަކީ މި ފަރުވާ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ދެމުން އަންނަ ހޮސްޕިޓަލެވެ. މިދިޔަ އަށް ވަރަކަށް އަހަރު ތެރޭ އޭޑީކޭގެ ނިއުރޯސާޖަރީ ޓީމުން ހޯދާފައިވަނީ ގައުމީ ފެންވަރުގައި ފާހަގަކޮށްލެވޭ ކާމިޔާބުތަކެކެވެ. ބަލި މީހާއަށް އެންމެ ލުއި ފަސޭހަވާނެ ގޮތަށް އިތުބާރު ހުރި ފަރުވާތަކެއް އެ ހޮސްޕިޓަލުން އަންނަނީ ދެމުންނެވެ.

ކްރޮސްރޯޑްސް މޯލްޑިވްސްގައި ދެ ދުވަހުގެ މުއްދަތަށް ބޭއްވި "މޯލްޑިވްސް ބްރެއިން އެންޑް ސްޕައިން ކޮންފަރެންސް" އަކީ އޭޑީކޭގެ ނިއުރޯސާޖަރީ ޓީމުގެ ކާމިޔާބީތަކުގެ ތެރެއިން ވެސް ބޮޑު ކާމިޔާބީ އެކެވެ. މައިބަދައިގެ ބަލިތަކަށް ހާއްސަކޮށްގެން ކުޑަކުޑަ ކޮންފަރެންސަކުން ފެށި ދަތުރަށް ބައިނަލްއަގުވާމީ ބޮޑު ސަމާލުކަމެއް ލިބި، އެޑީކޭ އާއި ރާއްޖޭގެ ސިއްހީ ނިޒާމަށް ވެސް ގިނަގުނަ ފައިދާތަކެއް ކުރުވާނެ ކޮންފަރެންސަކަށް މިހާރު ވަނީ ބަދަލުވެފަ އެވެ.

ދެހާސް ސަތާރަ ވަނަ އަހަރު ބޭއްވި ބްރެއިން/ސްޕައިން ކޮންފަރެންސްގައި ހުށަހެޅީ އެންމެ ހަތަރު ކަރުދާހެވެ. ނަމަވެސް، އެފަހަރު ވެސް މުޅިން އާ ކަމެއް އޭޑީކޭގެ ޓީމުން ކުރި އެވެ. ރާއްޖޭގައި އެންމެ ފުރަތަމަ ސާޖަރީއެއް ލައިވްކުރީ އެފަހަރުގެ ކޮންފަރެންސްގަ އެވެ. އެއީ، ކަނދުރާގެ ޑިސްކެއް އެއްކޮށް ބަދަލުކުރި ބޮޑު ސާޖަރީއެކެވެ.

ކޮންފަރެންސްގެ ބައެއް ބައިވެރިވިން. ރާއްޖެ އާއި ރާއްޖޭން ބޭރުން ގިނަ އަދަދެއްގެ ޑޮކްޓަރުން ބައިވެރިވި --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
ކޮންފަރެންސްގެ ބައެއް ބައިވެރިވިން. ރާއްޖެ އާއި ރާއްޖޭން ބޭރުން ގިނަ އަދަދެއްގެ ޑޮކްޓަރުން ބައިވެރިވި --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ކޮންފަރެންސްގެ ބައެއް ބައިވެރިވިން. ރާއްޖެ އާއި ރާއްޖޭން ބޭރުން ގިނަ އަދަދެއްގެ ޑޮކްޓަރުން ބައިވެރިވި --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

"އޭރާ ބަލާފަ މިފަހަރު މި ފެށީ ބައިވަރު ވާކްޝޮޕްތައް، ޑޮކްޓަރުންނަށް ޓްރެއިނިން ހެދޭ. އޭގެ ތެރޭގައި ރޭޑިއޯލޮޖިސްޓުން، އޮޕަރޭޝަން ޑޮކްޓަރުން، ނިއުރޮލޮޖިސްޓުން ބައިވެރިވޭ. އެންޑޯވަސްކިއުލާ އަދި ސްޕައިންގެ ޓްރެއިނިން ހެދުނު،" ރާއްޖޭގެ އެންމެ ފުރަތަމަ ނިއުރޯސާޖަން ޑރ. އަލީ ނިޔާފް ވިދާޅުވި އެވެ.

އޭޑީކޭގެ ނިއުރޯސާޖަރީ ޓީމަށް ބޭރު ޑޮކްޓަރުން ވެސް ތައުރީފު ކުރައްވަ އެވެ. އެ ޓީމުގެ ގާބިލިއްޔަތު ކަމާއި ފެންވަރު އަދި ދެމުންދާ ހިދުމަތްތަކުގެ ފައިދާ ދިވެހި ރައްޔިތުންނަށް ވަރަށް ބޮޑަށް ލިބިގެންދާނެ ކަމަށް ބައިނަލްއަގުވާމީ ސްޕައިން އެންޑް އިންޓަވެންޝަނަލް ޕެއިން މެނޭޖުމަންޓު ސެންޓަރެއް ކަމަށްވާ "ނިއޯސްޕައިން" ގެ ފައުންޑަރު އަދި ރައީސް މި ނޫހަށް ވިދާޅުވި އެވެ.

"[އޭޑީކޭގެ ނިއުރޯސާޖަރީ ޓީމުން ދެމުންދަނީ] ދުނިޔޭގެ ފެންވަރުގެ ހިދުމަތްތަކެއް. ސިކުނޑި އަދި މައިބަދައަށް ދިމާވާ ހުރިހާ ކަމަކަށް ފަރުވާ ކުރެވޭ، އަދި ފަރުވާތައް [ބަލިމީހުންނަށް] ދެމުންދަނީ އެންމެ އެކަށީގެންވާ ގޮތަށް،" ކްރޮސްރޯޑްސްގައި ހުންނަވާ އޭޑީކޭ އިން އެންމެ ފުރަތަމަ ބޭއްވި ބްރެއިން ސްޕައިން ކޮންފަރެންސުން ފެށިގެން ހުރިހާ ސިލްސލާއެއްގައި މިހާތަނަށް ބައިވެރިވެފައިވާ ޑރ. ރިޗާޑު ވޮންސް "އަދަދު" އަށް ވިދާޅުވި އެވެ.

ސިއްހީ ފަރުވާގައި ރޮބޮޓިކްސް ބޭނުންކުރުމާ ގުޅޭގޮތުން ވެސް ސެޝަންތައް ކުރިއަށް ގެންގޮސްފައިވޭ. މިފަދަ ފަރުވާތައް ދިވެހިންނާ ހަމައަށް ގެނައުމަށް އޭޑީކޭން ދަނީ މަސައްކަތް ކުރަމުން --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
ސިއްހީ ފަރުވާގައި ރޮބޮޓިކްސް ބޭނުންކުރުމާ ގުޅޭގޮތުން ވެސް ސެޝަންތައް ކުރިއަށް ގެންގޮސްފައިވޭ. މިފަދަ ފަރުވާތައް ދިވެހިންނާ ހަމައަށް ގެނައުމަށް އޭޑީކޭން ދަނީ މަސައްކަތް ކުރަމުން --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ސިއްހީ ފަރުވާގައި ރޮބޮޓިކްސް ބޭނުންކުރުމާ ގުޅޭގޮތުން ވެސް ސެޝަންތައް ކުރިއަށް ގެންގޮސްފައިވޭ. މިފަދަ ފަރުވާތައް ދިވެހިންނާ ހަމައަށް ގެނައުމަށް އޭޑީކޭން ދަނީ މަސައްކަތް ކުރަމުން --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

"އާ ޓެކްނޮލޮޖީތަކާއި، ލެކްޗާތައް އަދި ކުރިއަށްގެންދިޔަ ވާކްޝޮޕްތަކުގެ އަލީގައި އެންމެ ރަނގަޅު ފަރުވާ ފޯރުކޮށްދޭން އެފަދަ ޓެކްނޮލޮޖީތައް ރާއްޖޭގެ ރައްޔިތުންނާ ހަމައަށް ވެސް ގެނެސްދޭން އެބަޖެހޭ،" އެމެރިކާގެ ފިލަޑެލްފިއާގައި މަސައްކަތް ކުރައްވަމުން ގެންދަވާ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ނިއުރޯސާޖަނެއް ކަމަށްވާ ޑރ. ޕަސްކަލް ޖަބޫރު ވިދާޅުވި އެވެ.

އޭނާ ވަނީ ރޮބޮޓިކް ސާޖަރީތަކާއި ގުޅޭ ހާއްސަ ސެޝަނެއް މި ކޮންފަރެންސްގެ ތެރެއިން ނަގައި ދެއްވާފަ އެވެ. އޭނާ ގަބޫލުކުރައްވާ ގޮތުގައި ރާއްޖެ ފަދަ ޖަޒީރާ ގައުމެއްގައި ސިއްހީ ފަރުވާ ފޯރުކޮށްދިނުމުގައި ރޮބޮޓިކްސްއަށް މުހިންމު ދައުރެއް އަދާކުރެވޭނެ އެވެ.

މި ކޮންފަރެންސް މުހިންމުވާ މައިގަނޑު ސަބަބަކީ މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިއްބެވި ފާހަގަކޮށްލެވޭ ތަޖުރިބާކާރުން ބައިވެރިވާ ކޮންފަރެންސެއް ކަމުން، އެކަކު އަނެކަކުގެ ކިބައިން މައުލޫމާތު ހޯދައި ދަސްކުރުމުގެ ފުރުސަތު ފަހިވާތީ އެވެ. ރާއްޖޭގެ ޑޮކްޓަރުން ވެސް ބައިވެރިވި މި ކޮންފަރެންސްގައި އެމެރިކާ، އިންޑިއާ، ބަންގްލަދޭޝް، ސްވިޑެން އަދި އެހެން ގައުމުތަކުގެ ޑޮކްޓަރުން ވެސް ބައިވެރިވި އެވެ.

"އަހަރުމެން މަސައްކަތް ކުރަމުންދަނީ ބަބަލްއަކު ނޫން. އެކަކު އަނެކަކާ ވާހަކަ ދައްކައި ދަސްކުރަން ޖެހޭ. އެމީހުންނާ ބައްދަލުކޮށް މައުލޫމާތު ބަދަލުކުރަން ޖެހޭ. މިއީ ސިއްހީ ހިދުމަތުގެ ސްޓޭންޑާޑު މަތީގައި ހިފެހެއްޓުމަށް މުޅި ދުނިޔެއަށް ވެސް މުހިންމު ކަމެއް،" ޖުމުލަ 3،000 އަށްވުރެ ގިނަ ސާޖަރީ ކުރެއްވި ސްވިޑެންގެ ކުޅަދާނަ ޑޮކްޓަރު ރިޗާޑު ވިދާޅުވި އެވެ.

ކޮންފަރެންސްގެ ތެރެއިން ކުރިއަށްގެންދިޔަ ވޯކްޝޮޕެއްގެ ތެރެއިން. ލައިވް ސާޖަރީތަކެއް ވެސް މިފަހަރު ވެސް ކުރިއަށްގެންގޮސްފައިވޭ --- ފޮޓޯ: އޭޑީކޭ
ކޮންފަރެންސްގެ ތެރެއިން ކުރިއަށްގެންދިޔަ ވޯކްޝޮޕެއްގެ ތެރެއިން. ލައިވް ސާޖަރީތަކެއް ވެސް މިފަހަރު ވެސް ކުރިއަށްގެންގޮސްފައިވޭ --- ފޮޓޯ: އޭޑީކޭ

ކޮންފަރެންސްގެ ތެރެއިން ކުރިއަށްގެންދިޔަ ވާކްޝޮޕެއްގެ ތެރެއިން. ލައިވް ސާޖަރީތަކެއް ވެސް މިފަހަރު ވެސް ކުރިއަށްގެންގޮސްފައިވޭ --- ފޮޓޯ: އޭޑީކޭ

"ރާއްޖެއަށް ތަފާތު ގޮތްގޮތުން މުހިންމުވޭ. ދިވެހިންނަކީ އެންމެ ނަތީޖާ ރަނގަޅު ޒަމާނީ ފަރުވާ ލުއިކޮށް ހޯދަން އެދޭ ބަޔެއް. އެކަހަލަ ފަރުވާތައް ގެނެސްދިނުމަށް މި ބާވަތުގެ ކޮންފަރެންސްތައް އެހީތެރިވާނެ،" އޭޑީކޭގެ ޗީފް މެޑިކަލް އޮފިސަރު ޑރ. އަބްދުﷲ ނިޔާފް މި ކޮންފަރެންސާ ގުޅޭގޮތުން ވިދާޅުވެފައިވެ އެވެ.

މިއަހަރުގެ ކޮންފަރެންސް ހާއްސާކުރީ މިނިމަލީ އިންވޭސިވް ސާޖަރީތަކަށާއި އެންޑޯވަސްކިއުލާ ޕްރޮސީޖާތަކަށެވެ. އޭޑީކޭގައި އަންނަނީ ބަލިމީހާއަށް ވީހާ ވެސް ވޭން ކުޑަވާނެ ގޮތަށް މިނިމަލީ އިންވޭސިވް ޕްރޮސީޖާތައް ފުރިހަމަ ކުރަމުންނެވެ.

"ދުނިޔެ ކުރިއަރަމުންދާއިރު އަޅުގަނޑުމެން ފަހަތުގައި ނުތިބެއްޖެނަމަ ދިވެހިން ބޭނުންވާ ފަރުވާ ދެވޭނީ. ދިވެހިންނަކީ ކުރިއެރުމަށް ލޯބިކުރާ ބަދަލަށް ކުރިމަތިލާ ބައެއް. އެންމެ ރަނގަޅު ފަރުވާ ހޯދަން އެބަ އާދޭ. އެއީ އަޅުގަނޑުމެނަށް ވެސް ކުރިއެރުމެއް. އެ ފަރުވާ ދެވެން ނެތް ނަމަ އަޅުގަނޑުމެން ވެސް އެބަ ޖެހޭ އެއް ސްޓެޕް މައްޗަށް އަރަން،" މި ނޫހަށް ޑރ. އަލީ ނިޔާފް ވިދާޅުވި އެވެ.

މި ކޮންފަރެންސްގެ އެންމެ ހާއްސަ އެއް ކަމަކަށް ވެފައި އޮތީ ރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ މެޑިސިން ސްކޫލުގައި ކިޔަވަމުން އަންނަ ދަރިވަރުން ވެސް މި ކޮންފަރެންސްގައި ބައިވެރިވެ ތަޖުރިބާ ހާސިލުކުރުމެވެ. މި ދާއިރާގައި ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ޑޮކްޓަރުންނާއި ތަޖުރިބާކާރުންނާ ބައްދަލުވެ މައުލޫމާތު އޮޅުންފިލުވުމުގެ ފުރުސަތު އެ ކުދިންނަށް ލިބިގެންދިޔަ އެވެ.

"ދަރިވަރުން އެބަ ޖެހޭ ތަފާތު ސްޕެޝަލިޓީތަކުގައި ވާގޮތް އެނގެން. ހަމައެކަނި ނިއުރޯސާޖަރީއެއްގައެއް ނޫން. މިއީ މި ދާއިރާގައި ކަންކަންވަމުންދާ ގޮތް ދަސްކުރުމަށް ލިބިގެންދިޔަ ރަނގަޅު ފުރުސަތެއް،" އެ ކޮންފަރެންސްގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން ނިއުރޯސާޖަރީއިން ބައެއް ދަރިވަރުން ސްޕެޝަލައިޒްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ހާމަކުރައްވަމުން ޑރ. ރިޗާޑު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox