ކިޑްނީ ތޮރުފައިގެން ހިލަ ނެގުމުގެ ބޮޑު އޮޕަރޭޝަނެއް އައިޖީއެމްއެޗްގައި ކާމިޔާބުކޮށްފި އެވެ.
މިއީ ދިވެހި ޑޮކްޓަރުންގެ ޓީމެއް އަލަށް ރާއްޖޭގައި ކާމިޔާބުކަމާ އެކު ކުރިއަށް ގެންދިޔަ ފުރަތަމަ އޮޕަރޭޝަން ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.
މި އޮޕަރޭޝަން ހިންގީ އައިޖީއެމްއެޗްގައި ޔޫރޮލޮޖީގެ ދިވެހި ޑޮކްޓަރުންގެ ޓީމެވެ. އެއީ ޑރ. އަބްދުﷲ އަދްސަރް އާއި ޑރ. އިބްރާހީމް މިސްބާހް އެވެ.
މި އޮޕްރޭޝަން ކުރިޔަށް ގެންދެވުނީ ހޭނައްތާ ޑޮކްޓަރުންނާއި ތިއޭޓާ ނަރުހުންގެ ބައިވެރިވުމާ އެކު ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.












