ގިނަ ކަންބޮޑުވުންތައް ހުރި ހާރިޖީ މަސްލަހަތުގެ ބިލު މަޖިލީހަށް ބަލައިގެންފި

މި ބިލު ގާނޫނަކަށް ވެއްޖެނަމަ އިންޑިއާ އައުޓް ފަދަ ހަރަކާތްތައް ހިންގުން ޖިނާއީ ކުށަކަށް ވާނެ-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މި ބިލު ގާނޫނަކަށް ވެއްޖެނަމަ އިންޑިއާ އައުޓް ފަދަ ހަރަކާތްތައް ހިންގުން ޖިނާއީ ކުށަކަށް ވާނެ-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އެޅޭ ގޮތަށް ގިނަ މާއްދާތަކެއް ހިމަނާފައިވާތީ މެންބަރުން ކަންބޮޑުވުން ފާޅުކޮށްފައިވާ ހާރިޖީ މަސްލަހަތު ހިމާޔަތް ކުރުމުގެ ބިލު މަޖިލީހަށް ބަލައިގަނެ، ދިރާސާކުރަން ކޮމިޓީއަށް ފޮނުވައިފި އެވެ.

ސަރުކާރުގެ ފަރާތުން އެ ބިލު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދެވެ. ނިހާދުގެ ހުށަހެޅުއްވި ބިލުގައި ވަނީ ރާއްޖެއިން ހާރިޖީ ގުޅުން ގާއިމްކޮށްފައިވާ ގައުމަކަށް ނުވަތަ އެ ގައުމެއްގެ ރައްޔިތުންނަށް ނިސްބަތްކޮށް، ހަތް ކަމެއް ކުރުމަކީ ކުށެއްގެ ގޮތުގައި ބަޔާންކޮށްފަ އެވެ.

އެ ބިލުގައި ކުށެއް ކަމަށް ކަނޑައަޅަން ހުށަހަޅާފައި އޮތީ:

  1. އެހެން ގައުމެއްގެ ދިދައަކަށް، ގައުމީ ރަމްޒަކަށް ނުވަތަ ނިޝާނަކަށް ގެއްލުންދިނުން ނުވަތަ ބަދަލު ގެނައުން
  2. އެހެން ގައުމަކަށް ނިސްބަތްވާ މުއައްސަސާއަށް ގެއްލުންދިނުން ނުވަތަ ގެއްލުންދިނުމަށް ގޮވާލުން
  3. އެހެން ގައުމެއްގެ ރައްޔިތަކަށް ވީތީ ފުރައްސާރަކުރުމުގެ ގޮތުން އަނިޔާ ދިނުން ނުވަތަ އަނިޔާއެއް ދިނުމަށް ގޮވާލުން
  4. އެހެން ގައުމެއްގެ ރައްޔިތަކަށް ވީތީ، ދިވެހިރާއްޖެ ދޫކޮށްދިޔުމަށް ގޮވާލުން
  5. އެހެން ގައުމެއްގެ ރައްޔިތަކަށް ވީތީ ފުރައްސާރަކުރުމުގެ ގޮތުން ދީނީ ނުވަތަ ސަގާފީ ކަމަކާމެދު ނަފްރަތު އުފެއްދުން
  6. އެހެން ގައުމަކާމެދު ނުވަތަ އެ ގައުމެއްގެ ރައްޔިތުންނާ މެދު ނަފްރަތު އުފެދޭ ގޮތަށް ފޮޓޯއާއި ވީޑިއޯ ނުވަތަ އޯޑިއޯ އާންމު ކުރުން
  7. ބިލުގައި މަނާ ކަމަށް ބުނާ ކަމެއް ސޯޝަލް މީޑިއާގައި އާންމުކޮށްފައި ބެހެއްޓުން

ބިލުގައި ބަޔާންކޮށްފައިވާ ފޮޓޯ އާއި ވީޑިއޯ އާއި އޯޑިއޯ އާންމުކުރުމުގެ ތެރޭގައި ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ފާޅުކުރާ ހިޔާލު ވެސް ހިމެނޭނެ ކަމަށް ބިލުގައި ބުނެފައިވެ އެވެ.

މި ބިލުގައި ބަޔާންކޮށްފައިވާ ކުށްތަކުގެ ތެރެއިން، އެހެން ގައުމަކަށް ނިސްބަތްވާ މުއައްސަސާއަށް ގެއްލުންދިނުން ނުވަތަ ގެއްލުންދިނުމަށް ގޮވާލައިފި ނަމަ ދެ އަހަރު ދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށް ދެވޭނެ ފަދަ ކުށްތަކެކެވެ.

އަދި، ބިލުގައި ދެން ކަނޑައަޅާފައިވާ ކުށްތަކަކީ އެއް އަހަރު ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ޖަލަށް ލެވޭނެ ފަދަ ކުށްތަކެކެވެ.

މިއީ ސީދާ "އިންޑިއާ އައުޓް" ކެމްޕޭން ހުއްޓުވަން އަމާޒުކޮށް ހުށަހެޅި ބިލެއް ކަމަށް ސަރުކާރުން ހާމަކޮށްފައި ނުވި ނަމަވެސް، އިދިކޮޅުގެ ކެމްޕޭން ހުއްޓުވުމަށް ދިމާވެފައިވާ ގާނޫނީ ހުރަސްތައް ނައްތާލުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި، އެކަމަށް ދިމާވާ ގާނޫނީ ހުރަސްތައް ނައްތާލުމަށް ރައްޔިތުންގެ މަޖިލީހުން ވެސް ވަނީ ފާސްކޮށްފަ އެވެ.

ގިނަ ކަންބޮޑުވުންތަކެއް

މި ބިލާ ގުޅިގެން އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ ރާއްޖޭގެ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން އިން ބުނި ގޮތުގައި ނަފްރަތު އުފެދޭ ފަދަ ވާހަކަތައް ދެއްކުން އިތުރުވެފައިވީނަމަވެސް، "ސިޔާސީ މައްސަލައެއްގައި" އަސާސީ ހައްގެއް ހިފެހެއްޓުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ.

"މިފަދަ މައްސަލަތަކަށް ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކުގެ މިންގަނޑުތަކާ ހިލާފުވާ ގޮތަށް، އޮޅުންބޮޅުން ބޮޑު މާއްދާތަކެއް އެކުލެވޭ ގާނޫނުތަކުން ހައްލު ނުކުރެވޭނެ،" ބިލާ ގުޅިގެން ކަންބޮޑުވުން ފާޅު ކުރަމުން އެ ޖަމިއްޔާއިން ބުނެފައިވެ އެވެ.

ބިލުގެ އިބްތިދާއީ ބަހުސްގެ މަރުހަލާގައި ބައެއް މެންބަރުން ވެސް ވަނީ މި ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

"ގާނޫނުލްއުގޫބާތަށް މި ބަދަލު ގެނެސްފިއްޔާ އަޅުގަނޑުމެންނަށް ފެންނަ މަންޒަރުގައި ހިޔާލުފާޅުކުރުމުގެ މިނިވަންކަން އެމްޑީޕީއަށް ގެއްލޭނެ، އެއްވެ އުޅުމުގެ މިނިވަންކަން އެމްޑީޕީގެ ބޭފުޅުންނަށް ގެއްލޭނެ، މިހެން ގޮސް އެމްޑީޕީގެ މުޅި ހަރަކާތް ހުއްޓާލެވޭ ފަދަ ގޮތަކަށް މިކަން ވެގެންދާނީ،" މަޑުއްވަރި ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވި އެވެ.

އިބްތިދާއީ ބަހުސްގައި މަޖިލީހުގެ، ސަރުކާރާ އެއްކޮޅު ބައެއް މެމްބަރުން ވެސް ވަނީ ބިލަށް ފާޑުވިދާޅުވެފަ އެވެ.

މާފަންނު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ އެ ބިލު މިހާރު އޮތް ގޮތުން އެހާ ހިތްހަމަ ޖެހޭ ކަންތައްްތަކެއް ނެތް ކަމަށެވެ. ބިލުގައި ޖިނާއީ ކުށަކަށް ހަދަން ހުށަހަޅާފައިވާ ބައެެއް ކަންތައްތަކަކީ ކުށްކުށަށް ހަދަން ކަމު ނުދާ ކަންތައްތައް ކަމަށާއި އަނެއްބައި ކަންތައްތަކަކީ މިހާރު ވެސް ކުށުގެ ގޮތުގައި ގާނޫނުތަކުގައި ހުރި ކަންތައްތައްް ކަމަށް އިމްތިޔާޒް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox