ޗެއާމަނަށާއި އެމްޑީއަށް ތުހުމަތުތަކެއް ކުރައްވައި އިބްރާހީމް ވަހީދު ފެނަކައިން އިސްތިއުފާ ދެއްވައިފި

Sep 19, 2022, 1:04 PM
އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އިދާރީ، އިބްރާހީމް ރަޝީދު. ފެނަކަ ކޯޕަރޭޝަނުގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުން އޭނާ ވަނީ އިސްތިއުފާދެއްވާފައި. ފޮޓޯ:މުހައްމަދު ޝާބިން/އަދަދު

އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އިދާރީ، އިބްރާހީމް ރަޝީދު. ފެނަކަ ކޯޕަރޭޝަނުގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުން އޭނާ ވަނީ އިސްތިއުފާދެއްވާފައި. ފޮޓޯ:މުހައްމަދު ޝާބިން/އަދަދު

ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދާއި ޗެއާމަން މުހައްމަދު ރަޝީދަށް ބޮޑެތި ތުހުމަތުތަކެއް ކުރެއްވުމަށް ފަހު، އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ކަމުން އިބްރާހީމް ވަހީދު (އެންސްޕާ އިބްރޭ) އިސްތިއުފާ ދެއްވައިފި އެވެ.

އިބްރާހީމް ވަހީދު ފެނަކައިން އިސްތިއުފާ ދެއްވީ މިމަހުގެ ހަތް ވަނަ ދުވަހު ކަމަށް ވިޔަސް، އޭނާގެ އިސްތިއުފާގެ ސިޓީ ސޯޝަލް މީޑިއާގެ ބައެއް ޕްލެޓްފޯމްތަކުގައި ދައުރުވާން ފެށީ މިއަދު އެވެ. އެ ސިޓީގެ ކޮޕީއެއް "އަދަދު" އަށް ވެސް ލިބުނެވެ.

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު. ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

އިބްރާހިމް ވަހީދުގެ އިސްތިއުފާގެ ސިޓީގައި ވިދާޅުވެފައި ވަނީ ކުންފުނީގެ ދަރަނި ބޮޑުވެފައިވަނީ ޗެއާމަން އާއި އެމްޑީގެ ނާގާބިލް ކަމުންނެވެ. އެ ދެ ބޭފުޅުން ފެނަކަ ހިންގުމާ ހަވާލުވެވަޑައިގެންނެވި އިރު އެ ކުންފުނީގެ ދަރަނީގެ ގޮތުގައި އޮތީ 680 މިލިޔަން ރުފިޔާ ކަމަށް ވިޔަސް މިހާރު ދަރަނި 1.3 ބިލިޔަން ރުފިޔާއަށް އަރާފައިވާ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

ފެނަކައިން އެކި ކަންކަމުގައި ފައިސާ ދައްކަން ޖެހިފައިވާ އާއްމު ވިޔަފާރިތަކުގެ ތެރެއިން، ޗެއާމަން އާއި އެމްޑީއާ ގުޅުން ނޯންނަ ވިޔަފާރިތަކަށް ފައިސާ ނުދައްކާ ކަމަށް ވެސް ސިޓީގައި ތުހުމަތުކުރައްވާފައި ވެ އެވެ. ފެނަކައިގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ ހައިސިއްޔަތުން އޭނާ އަދާކުރައްވަން ޖެހިވަޑައިގަންނަވާ މަސްއޫލިއްޔަތު އަދާކުރެއްވުމަށް ޗެއާމަން އާއި މެނޭޖިން ޑިރެކްޓަރު ހުރަސް އަޅުއްވަމުން ގެންދަވާ ކަމަށް ވެސް ސިޓީގައި ތުހުމަތުކުރެއްވި އެވެ.

"މި ގޮތުން ކޯޕަރޭޓް ގަވާނެންސް ކޯޑާ މުޅިން ހިލާފަށް، މަނިކުފާނާއި ޗެއާމަންގެ ޒާތީ ހަސަަދައެއް ފިލުވުމުގެ ބޭނުމުގައި އަޅުގަނޑުގެ މައްޗަށް ދޮގު ތުހުމަތުކޮށް، މައްސަލަތަކެއް ބަލާކަމަށް ދައްކައިގެން، އަަޅުގަނޑަށް އެއްވެސް އެއްޗެއް އެންގުމަކާ ނުލައި ކުންފުނީގެ އެއްވެސް ޑޭޓާއަކަށް އަޅުގަނޑަށް އެކްސެސް ނުވެވޭ ގޮތަށް ހުންނަތާ ވެސް ތިން އަހަަރުވީ،" ސިޓީގައި ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެކަމާ ގުޅޭ ގޮތުން ފޮނުއްވި އެއްވެސް ސިޓީއަކަށް ވެސް ފެނަކައިގެ އެމްޑީ ސައީދު ޖަވާބެއް ނުދެއްވަ އެވެ.

މިކަމާ ގުޅޭ ގޮތުން ސައީދުގެ ބަހެެއް އަދި ނުލިބެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox