ފަހި ދިރިއުޅުން ކޯޕަރޭޝަންގެ އޯޕަންޑޭގައި ވަޒީފާގެ ގިނަ ފުރުސަތުތަކެއް

އޯޕަންޑޭއަށް ދިޔަ މީހަކާ އެފްޑީސީގެ މުވައްޒަފަކު އިންޓަވިއު ކުރަނީ. ޖުމުލަ 33 ވަޒީފާއަކަށް ކުރިމަތިލުމުގެ ފުރުސަތު އެބައޮތް --- ފޮޓޯ: އެފްޑީސީ

އޯޕަންޑޭއަށް ދިޔަ މީހަކާ އެފްޑީސީގެ މުވައްޒަފަކު އިންޓަވިއު ކުރަނީ. ޖުމުލަ 33 ވަޒީފާއަކަށް ކުރިމަތިލުމުގެ ފުރުސަތު އެބައޮތް --- ފޮޓޯ: އެފްޑީސީ

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެ ވަޒީފާތަކަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް މި މަހުގެ 21 އާ ހަމައަށް ކުރިއަށްގެންދާ ހާއްސަ އޯޕެންޑޭއެއް މިއަދު ފަށައިފި އެވެ.

އެ ކުންފުނިން ބުނާ ގޮތުގައި އިމާރާތްކުރުމުގެ ދާއިރާ އަދި އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ތަފާތު ގިނަ ފުރުސަތުތަކެއް ވަނީ ހުޅުވާލާފަ އެވެ. އެގޮތުން، ޖުމުލަ 33 ވަޒީފާއަކަށް މުވައްޒަފުން ނަގާނެ ކަމަށް އެފްޑީސީން ބުނެ އެވެ.

ޕްރޮޖެކްޓްސް އާއި ޕްލޭނިންގެ ދާއިރާއިން 21 ފުރުސަތު ހުޅުވާލާފައިވާއިރު ޕްރޮކިޔުމެންޓާއި، އިންފޮމޭޝަން ޓެކްނޮލޮޖީ އަދި ހިއުމަން ރިސޯސް އާއި މާކެޓިން އަދި އެޑްމިނިސްޓްރޭޝަން ދާއިރާއިން ވެސް ފުރުސަތުތައް ވަނީ ހުޅުވާލާފަ އެވެ.

މިއަދާއި މާދަމާ އަދި 21 ގެ ހެނދުނު 9:00 އިން ފެށިގެން މެންދުރުފަހު 2:00 އަށް ވޯކްއިން އިންޓަވިއުތައް އެފްޑީސީގެ އޮފީހުގައި ކުރިއަށްދާނެ އެވެ. އެ ކުންފުނީގެ މައި އޮފީސް ހުންނަނީ ޕޯސްޓް ބިލްޑިންގެ ހަވަނަ ފަންގިފިލާގަ އެވެ.

މި ވަޒީފާތަކަށް ކުރިމަތިލުމަށް ބޭނުންވާ މީހުން ސީވީ އާއި ސެޓިފިކެޓު އަދި އައިޑީ ކާޑު ގެންދަން ޖެހެ އެވެ.

މިއަދު ކުރިއަށްދަނީ ހިއުމަން ރިސޯސް އިންފޮމޭޝަން ޓެކްނޮލޮޖީ، އެޑްމިނިސްޓްރޭޝަން އަދި ޕްރޮކިޔުމަންޓު ދާއިރާތަކުގެ ވަޒީފާތަކުގެ އިންޓަވިއު އެވެ. އަދި، ޕްރޮޖެކްޓްސް އާއި ޕްލޭނިންގެ އިންޓަވިއުތައް ކުރިއަށްދާނީ 20 އަދި 21 ވަނަ ދުވަހު ކަމަށް އެ ކުންފުނިން ބުނެ އެވެ.

އެފްޑީސީ އަކީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށްގެންދާ ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާ އޮންނަ ކުންފުންޏެކެވެ. މިވަގުތު އެ ކުންފުނީގެ ދެ ޕްރޮޖެކްޓެއްގެ ދަށުން 4،000 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ހުޅުމާލެ ފޭސް ދޭއްގައި ކުރިއަށްދެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox