ހުޅުމާލެއިން ގޯތި ގަތުމަށް ހުޅުވާލި މުއްދަތު އަނެއްކާވެސް އިތުރުކޮށްފި

ހުޅުމާލެއިން މީގެ ކުރިން ދޫކުރި ގޯއްޗެއްގެ ބިމުގައި ނަމްބަރު ޖަހާފައި-- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ހުޅުމާލެއިން މީގެ ކުރިން ދޫކުރި ގޯއްޗެއްގެ ބިމުގައި ނަމްބަރު ޖަހާފައި-- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ދިރިއުޅުމަށް ހުުޅުމާލެއިން ބީލަމު އުސޫލުން ވިއްކުމަށް ހަމަޖެހިފައިވާ ގޯތިތަކަށް އެދި ހުށައެޅުމަށް ހުޅުވާލި މުއްދަތު އަނެއްކާވެސް އިތުރުކޮށްފި އެވެ.

ހުޅުމާލެއިން ގަތުމަށް ހުޅުވާލެވިފައިވާ 77 ގޯތީގެ ބީލަން ފޯމު ހުށަހެޅުމަށް ހުޅުވާލީ އޯގަސްޓް 25، ގަ އެވެ.

މީގެ ކުރިން ބީޗު ފްރަންޓުން ގޯތި ގަތުމަށް ބީލަން ފޯމު ހުށައަޅަން އޮތީ އަންނަ އޮކްޓޯބަރު 3، ގެ ނިޔަލަށް ނަމަވެސް އެ މުއްދަތު މިހާރު ވަނީ އޮކްޓޯބަރު 5، ވަނަ ދުވަހުގެ 11:00 އަށް ހަމައަށް އިތުރުކޮށްފަ އެވެ. އަދި ބީޗު ސައިޑުން ގޯތި ގަތުމަށް ކުރިން ހަމަވާން އިން މުއްދަތަކީ އޮކްޓޯބަރު މަހުގެ 4 ވަނަ ދުވަސް ނަމަވެސް އެ މުއްދަތު މިހާރު ވަނީ އެ މަހުގެ 6 ވަނަ ދުވަހުގެ 11:00 އާ ދެމެދަށް ބަދަލުކޮށްފަ އެވެ/

މީގެ އިތުރުން، އެޗްޑީސީއިން ނެރުނު އިއުލާނުގައި ބުނެފައިވަނީ، ގޯތިތަކުގެ މައުލޫމާތު ސާފު ކުރުމަށް ފުރުސަތު ހުޅުވާލީ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހުގެ 3:30 އާއި ޖެހެންދެންކަމަށެވެ. އެގޮތުން އެޗްޑީސީއަށް ގުޅައިގެންނާއި އީމެއިލް މެދުވެރިކޮށް ވެސް މައުލޫމާތު ސާފުކުރެވޭނެ އެވެ.

މީގެ ކުރިން އެޗްޑީސީއިން އިއުލާނުކޮށްފައިވާގޮތުން، ބީޗު ފްރަންޓުންނާއި، ބީޗު ސައިޑުން ވިއްކުމަށް ހަމަޖެހިފައިވަނީ ޖުމުލަކޮށް 22 ގޯއްޗެވެ. އަދި އެ ސަރަހައްދުން އިތުރު 55 ގޯއްޗެއް ދޫކުރުމަށް ހަމަޖެހިފައިވާކަމަށް އެ ކުންފުނިންވަނީ އިއުލާނުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox