މާފުށީ ޖަލުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހަކު މިއަދު މަރުވެއްޖެ އެވެ.
މިއަދުގެ ވަގުތެއްގައި މަރުވެފައިވަނީ މ. މުލީ, ހުދުފިނިފެންމާގޭ އުމުރުން 43 އަހަރުގެ މުހައްމަދު ނަޝީދު އެވެ.
މޯލްޑިވްސް ކަރެކްޝަންސް ސާވިސް އިން ބުނީ އޭނާ ނޭވާ ނުލާތީ ޖަލު އޮފިސަރުންނަށް އެކަން އެންގީ ގޮޅީގައި ބަންދު ކޮށްފައި ހުރި މީހެއް ކަމަށެވެ.
އެކަން އެންގުމުން ވަގުތުން މާފުށީ ޖަލުގެ މެޑިކަލް ސެންޓަރަށް ވަގުތުން ގެންގޮސް ސީޕީއާރު ދިން ކަމަށާއި އެހެންނަމަވެސް ސީޕީއާރު ދިނުމަށް ފަހު ވެސް ނޭވާ ނުލުމުން އޭނާ މަރުވި ކަމަށް ޑޮކްޓަރުން ކަނޑައެޅީ ހަވީރު 17:26 ގައި ކަމަށް ކަރެކްޝަންސް އިން ބުނެ އެވެ.
މިއަދު މަރުވި މުހައްމަދު ނަޝީދަކީ މަސްތުވާތަކެތީގެ މައްސަލައެއްގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހެކެވެ.














