މުއިއްޒަށް ކުރާ ދޮގު ބަޔާނުގެ ދައުވާ ބޭރުނުކުރަން ނިންމައި، ދައުލަތުގެ ހެކިތައް ހާމަކޮށްފި

ޑރ. މުއިއްޒު މިއަދު ޝަރީއަތަށް ވަޑައިގެން؛ ދައުވާ ބޭރުނުކޮށް ކުރިއަށް ގެންދަން ޝަރީއަތުން ނިންމައިފި - ފޮޓޯ: މުހައްމަދު ޝާބިން | އަދަދު

ޑރ. މުއިއްޒު މިއަދު ޝަރީއަތަށް ވަޑައިގެން؛ ދައުވާ ބޭރުނުކޮށް ކުރިއަށް ގެންދަން ޝަރީއަތުން ނިންމައިފި - ފޮޓޯ: މުހައްމަދު ޝާބިން | އަދަދު

ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސްއާ އެކު ހެދި އެއްބަސްވުން ސަރުކާރުން ބާތިލްކުރުމުން، އެ ކުންފުނިން ނެދަލޭންޑްސްގައިި ހުންނަ އާބިޓްރޭޝަނަށް ވެއްދި މައްސަލާގައި, މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ކުރާ ދޮގު ބަޔާނެއް ދިނުމުގެ ދައުވާ ބޭރުނުކުރަން ކޯޓުން މިއަދު ނިންމައިފި އެވެ.

ނޫމަޑިއާއެކު ސަރުކާރުން ވެފައިވާ އެއްބަސްވުން ބާތިލްކުރިއިރު ހައުސިން މިނިސްޓަރަށް ހުންނެވި މުއިއްޒުގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތުގައި ދައުވާ ބޭރުކޮށްދިނުމަށް އެދިފައިވެ އެވެ. އެ ގޮތަށް އެދުނީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއްގެ ގޮތުގަ އެވެ.

މުއިއްޒުގެ މައްޗަށް ދައުލަތުން ކުރާ އެ ދައުވާ އިއްވަން ބޭއްވި އަޑުއެހުމުގައި ވެސް މުއިއްޒުގެ ވަކީލުން ވަނީ ދައުވާ ސާފުނުވާ ކަމަށް ވިދާޅުވެ ގިނަ ސުވާލުތަކެއް ކުރައްވައިފަ އެވެ. ދައުވާ ބޭރުކުރަން އެދުނު ސަބަބަކަށް ވެސް އޮތީ ކުށުގެ އަމަލު ހިނގި ތަނާއި ހިނގި ވަގުތެއް ދައުވާގައި ބަޔާންކޮށްފައި ނެތުމެވެ.

Advertisement

މިއަދު ބޭއްވި އަޑުއެހުމުގައި މައްސަލައާ ހަވާލުވެ ހުންނެވި ގާޒީ ސޮފްއަތު ހަބީބް ވިދާޅުވީ މުއިއްޒު އަމަލު ހިންގެވި ތަން ދައުވާގައި ނެތަސް އޭނާ ހެކިބަސް ދިނީ ނެދަލޭންޑްސްގައި ހުންނަ އާބިޓްރޭޝަނަށްކަން ސާފުވާ ކަމަށެވެ. އަދި މިހާރު ކޮންމެ ތަނެއްގައި ހުރެ އާބިޓްރޭޝަންތަކަށް ހެކިބަސް ދޭ ކަމުގަ އެވެ.

އެހެންވެ ހަމައެކަނި އެ ސަބަބަށްޓަކައި މުއިއްޒަށް ކުރާ ދައުވާއަކީ ކުރިއަށް ނުގެންދެވޭނެ ދައުވާއެއް ކަމަށް ބެލޭނެ ޝަރުއީ އަދި ގާނޫނީ ސަބަބެއް ނެތް ކަމަށް ގާާޒީ ވިދާޅުވި އެވެ. އަދި އެއީ ދިފާއު ވާން މުއިއްޒަށް އޮތް ފުރުސަތު ހަނިވެގެންދާ ކަމެއް ވެސް ނޫން ކަމަށް ގާޒީ ވިދާޅުވި އެވެ.

މުއިއްޒުގެ ފަރާތުން ދެން ހުށަހެޅި ހުށަހެޅުންތައް ވެސް ބަލައިނުގަންނަން ނިންމި އެވެ. އޭގެ ތެރޭގައި ދައުލަތުގެ ހެކިތައް ބަލައިނުގަންނަން ހުށަހެޅި ހުށަހެޅުމާއި ކިތާބީ ހެކީގެ ގޮތުގައި ހިމެނޭ ސަރުކާރު ކެބިނެޓުގެ ބައެއް ކައުންސިލްތަކުގެ ބައްދަލުވުންތަކުގެ ޔައުމިއްޔާ ބަލައިނުގަންނަން ހުށަހެޅި ހުށަހެޅުން ހިމެނެ އެވެ.

ދައުލަތުގެ ހެކިތައް ހާމަކޮށް، ދިފާއީ ހެކި ހުށަހަޅަން ފުރުސަތެއް

ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކަށް ގާޒީ ގޮތެއް ނިންމެވުމަށް ފަހު، ދެން ކުރިއަށް ގެންދިޔައީ މުއިއްޒާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިން ހާމަކުރުމެވެ.

ދައުލަތުގެ ފަރާތުން ޝަފައީ ފަސް ހެއްކަކާއި ކިތާބީ ބައެއް ހެކިތައް ހުށަހަޅާފައިވެ އެވެ.

އެ ގޮތުން އިބްރާހީމް ނިޒާމާއި މުހައްމަދު އާޒިމް ނަމަކަށް ކިޔާ މީހަކު ދައުލަތުގެ ހެކިންގެ ގޮތުގައި ހުށަހެޅީ، ނޫމަޑިއަށް ހަވާލުކުރި ހައުސިން މަސައްކަތުގެ ޕްރޮގްރެސް ރިޕޯޓް ތައްޔާރުކުރި ކަމާއި، ޝެޑިއުލްއާ އެއް ގޮތަށް މަސައްކަތް ނުދާކަން އެ ދެ މީހުން މުއިއްޒަށް ހިއްސާކުރި ކަން ސާބިތުކުރުމަށެވެ.

ދެން ހުށަހެޅީ މޫސާ ފަތުހީ، ޚަދީޖާ ފަރީމާ، ހުޝާމް ވަހީދެވެ. މި ތިން މީހުން ހުށަހެޅީ ސަރުކާރު ކެބިނެޓްގެ ޔޫތް ކައުންސިލާއި އިކޮނޮމިކް ކައުންސިލްގެ ބައްދަލުވުންތަކެއްގައި ނޫމަޑިއަށް ހަވާލުކުރި މަސައްކަތް ނުދާކަމާއި އެ ކުންފުންޏަށް ޅ. ދިއްފުށިމާދޫ އަތުލައި ސަރުކާރުގެ އެހެން ކަމަކަށް ބޭނުންކުރަން މަޝްވަރާކުރެއްވިކަން ސާބިތު ކުރުމަށެވެ.

އޭގެ އިތުރުން ނޫމަޑިއަށް ހަވާލުކުރި މަސައްކަތް ކުރިއަށްދާ ގޮތުގެ މައްޗަށް ތައްޔާރުކޮށްފައިވާ ޕްރޮގްރެސް ރިޕޯޓާއި، ޔޫތް ކައުންސިލާއި އިކޮނޮމިކް ކައުންސިލްގެ ޔައުމިއްޔާތަކާއި، މުއިއްޒު އާބިޓްރޭޝަނަށް ދިން ބަޔާން ވަނީ ކިތާބީ ހެކިންގެ ގޮތުގައި ހުށަހަޅައިފަ އެވެ.

މުއިއްޒަށް ކުރާ ދައުވާ؛

މުއިއްޒަށް ދައުވާގައި ބުނަނީ ނޫމަޑި މައްސަލާގައި، މަސައްކަތް ޝެޑިއުލްއާ އެއްގޮތަށް ކުރިއަށްދާ ކަމަށް ނެދަލޭންޑްސްގައިި ހުންނަ ޕާމެނެންޓް ކޯޓް އޮފް އާބިޓްރޭޝަނަށް ބަޔާނެއް ދީފައިވާ ކަމަށެވެ. އަދި، އެ ކުންފުންޏަށް އެހެން ޕްރޮޖެކްޓެއް ދިނުމާ ގުޅޭ ގޮތުން ކުރިއަށް ދިޔަ މަޝްވަރާތަކެއްގައި ބައިވެރިވެފައި ނުވާނެ ކަމަށް ބަޔާން ދެއްވާފައިވާ ކަމަށެވެ.

ދައުލަތުން މުއިއްޒުގެ މައްޗަށް ތުހުމަތު ކުރަނީ، ހައުސިން މިނިސްޓަރު ކަމުގެ މަގާމުގައި ހުންނަވައި އޭނާ އަމިއްލައަށް ނިންމެވި ނިންމުންތަކެއް އެއީ ދޮގެއް ކަމަށް ވިދާޅުވެ، މިނިސްޓަރު ކަމުގެ މަގާމުން ވަކިވެވަޑައިގަތުމަށް ފަހު އާބިޓްރޭޝަނަށް ބަޔާން ދެއްވި ކަމުގެ އެވެ.

މުއިއްޒުގެ މައްޗަށް ދައުވާ އުފުލާފައިވަނީ ގާނޫނުއުގޫބާތުގެ 520 ވަނަ މާއްދާގެ ދަށުންނެވެ. ދައުވާ ސާބިތުވެއްޖެ ނަމަ، އޭނާގެ މައްޗަށް ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ވެސް މުއިއްޒު ހާޒިރުކޮށް އެ ކަމާ ގުޅޭ ގޮތުން ސުވާލުކޮށްފައިވެ އެވެ. ނެދަލެންޑްސްގެ އާބިޓްރޭޝަނަށް ނޫމަޑީގެ ހެކިވެރިއެއްގެ ގޮތުގައި އެއްވެސް ބަޔާނެއް ދީފައިވޭތޯ މަޖިލިސް މެންބަރުން ސުވާލު ކުރެއްވުމުން، އެއްވެސް ޖަވާބެއް މުއިއްޒު ނުދެއްވަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox