އަމިއްލަ ހަރަދުގައި ކަނދޮޅުދޫ ފަޅުން ބިމެއް ހިއްކައިގެން އެޅި ގޭގެ ބަދަލު ދޭކަށް ނުޖެހޭ: ސުޕްރީމް ކޯޓު

ސުޕްރީމް ކޯޓު؛ ކަނދޮޅުދޫ ފަޅުން ބިމެއް ހިއްކުމަށް ފަހު އެޅި ގޭގެ ބަދަލު ނުދިން އިރު ދޭން ނުޖެހޭ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި - ފޮޓޯ: އަބްދުﷲ އިޔާން | އަދަދު

ސުޕްރީމް ކޯޓު؛ ކަނދޮޅުދޫ ފަޅުން ބިމެއް ހިއްކުމަށް ފަހު އެޅި ގޭގެ ބަދަލު ނުދިން އިރު ދޭން ނުޖެހޭ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި - ފޮޓޯ: އަބްދުﷲ އިޔާން | އަދަދު

އަމިއްލަ ހަރަދުގައި ރ. ކަނދޮޅުދޫ ފަޅުން ބިމެއް ހިއްކައިގެން އެ ބިމުގައި އަޅާފައިވާ ގޭގެ ބަދަލުގައި، އެ ރަށު މީހުން ބަދަލުކޮށްފައިވާ އެ އަތޮޅު ދުވާފަރުން ގެއެއް ހަމަޖައްސައިދޭން ނުވަތަ އެކަށޭނަ އެހެން ބަދަލެއް ވެސް ދޭން ނުޖެހޭ ކަމަށް ސުޕްރީމް ކޯޓުން އިއްޔެ ހުކުމް ކޮށްފި އެވެ.

ކަނދޮޅުދޫ އޮފީހުން ދިން ހުއްދައެއްގެ ދަށުން ރ. ކަނދޮޅުދޫ، މެހެރާ، ފާތިމަތު ޝާއިރާ، ވަނީ "ސީނާޒް" ނަމުގައި ޖުލައި 15، 2002 ގައި އެ ބިން ރަޖިސްޓްރީ ވެސް ކޮށްފަ އެވެ. އަދި ޑިސެމްބަރު 26، 2004 ގައި ސުނާމީ ކާރިސާ ހިނގިއިރު އެ ބިމުގައި އަޅަން ފެށި އިމާރާތުގެ އެއް ކޮޓަރި ވަނީ ނިމިފަ އެވެ.

ސުނާމީ ކާރިސާގައި ކަނދޮޅުދޫއަށް ލިބުނު ގެއްލުމާ ގުޅިގެން އެ ރަށު މީހުން ވަނީ ދުވާފަރަށް ބަދަލުކޮށްފަ އެވެ. އަދި އޮކްޓޯބަރު 10، 2010 ގައި ކަނދޮޅުދޫއަކީ ފަޅުރަށެއްގެ ގޮތުގައި ކަނޑައެޅުނެވެ. އެކަމަކު ކަނދޮޅުދޫން ޝާއިރާއަށް ގެއްލުނު ގޯތީގެ ބަދަލުގައި ދުވާފަރުން ގެއެއް ދީފައެއް ނުވެ އެވެ.

Advertisement

ސަރުކާރުން ޝާއިރާއަށް ބޯހިޔާވަހިކަން ހަމަޖައްސައިދިނީ "މެހުރާ" ނަމަކަށް ކިޔާ ގޭގައި ރަޖިސްޓްރީކޮށްފައިވާ އޭނާއާއި އެހެން މީހުން ހިމެނޭހެން އެ ރަށުން ދޫކުރި ގެއެއްގަ އެވެ. އެއީ ޝާއިރާގެ އިތުރުން އޭނާގެ ބައްޕައާއި މަންމައާއި އިތުރު ކޮއްކޮއަކަށް ހަމަޖެއްސި ގެއެކެވެ.

ޝާއިރާގެ ފަސް ދަރިން ތިބިއިރު އެ ދަރިންނަށް ހަމަޖައްސައިދިނީ އެ ކުދިންގެ ބައްޕަގެ އާއިލާއަށް ހަމަޖައްސައިދިން ގެއެއްގަ އެވެ. އެ ގެ ސަރުކާރުން ހަމަޖައްސައިދިނީ ޝާއިރާގެ ފަސް ދަރިންނާއި އެ ކުދިންގެ ބައްޕަ އަދި ކުރީގެ ފިރިމީހާ ހިމެނޭހެން ޖުމުލަ އަށް މީހުނަށެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީއާ ދެކޮޅަށް ދުވާފަރު މެޖިސްޓްރޭޓް ކޯޓުގައި ޝާއިރާ ދައުވާ ކުރުމުން އެ ކޯޓުން މައްސަލަ ނިންމީ ޝާއިރާއާ އެއް ކޮޅަށެވެ. އަދި ހައި ކޯޓުން ވެސް ވަނީ ދަށު ކޯޓުގެ ނިންމުން ދަމަހައްޓައިފަ އެވެ.

ސުޕްރީމް ކޯޓުގައި ދެ ރައުޔައެއް، އަޣުލަބިއްޔަތަކީ ބަދަލު ދޭން ނުޖެހުން

އެ މައްސަލަ ސުޕްރީމް ކޯޓުގައި ދައުލަތުން އިސްތިއުނާފު ކުރީ މައިގަނޑު އެންމެ ނުކުތާގެ މައްޗަށެވެ. އެއީ ދުވާފަރުގައި ގެ އަޅާދީފައިވަނީ ކަނދޮޅުދޫގައި ހުރި ކޮންމެ ގެއެއްގެ ބަދަލުގައި ގެއެއް ދިނުމުގެ އުސޫލުގެ ބަދަލުގައި ކޮންމެ އާއިލާއަކަށް ފުދޭ ވަރެއްގެ ބޯހިޔާވަހިކަމެއްގެ ދިނުމުގެ އުސޫލަކުން ކަމުގަ އެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ބެއްލެވީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެއީ ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި، ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް އެވެ.

އެ މައްސަލާގައި އަނެއް ދެ ފަނޑިޔާރުންނާ ތަފާތު ރައުޔެއް އޮތީ ފަނޑިޔާރު އަޒުމިރަލްދާގެ ރައުޔުގަ އެވެ. އެ ފަނޑިޔާރު ގަބޫލު ކުރައްވާ ގޮތުގައި ދަށު ކޯޓާއި ހައި ކޯޓުގެ ހުކުމް ރަނގަޅެވެ.

ފަނޑިޔާރުގެ ރައުޔަށް ބާރު ދެއްވުމުގެ ގޮތުން ފާހަގަ ކުރެއްވި ނުކުތާއަކީ ދުވާފަރުން ގެ ދިނުމުގެ ދެ އުސޫލެއް އޮތް އިރު، އެއިން އެންމެ ފަހުން އެކުލަވާލި "ސަރުކާރުން އިމާރާތްކޮށްފައިވާ ގެތައް ދޫކުރާ އުސޫލު" ގެ ފުރަތަމަ ނަންބަރެވެ. ކާރިސާގައި ވެއްޓުނު ގެއެއްގައި އެންމެ މީހަކު އުޅުނަސް އޭގެ ބަދަލުގައި ގެއެއް ދޭން ޖެހޭނެ ކަމަށް އޭގައި ބަޔާންކޮށްފައިވެ އެވެ.

އޭގެ އިތުރުން ޒަމާނުއްސުރެން ދިވެހި ދައުލަތުން ގެންގުޅެފައިވާ ސިޔާސަތުތަކަށް ވެސް އަޒުމިރަލްދާ އަލިއަޅުއްވާލާފައިވެ އެވެ. އެ ގޮތުން މީހުން ދިރިއުޅޭ ރަށަކުން އެހެން ރަށަކަށް މީހުން ބަދަލުކޮށްފިނަމަ ކުރިން އުޅުނު ރަށުގައި ހުރި ކޮންމެ ގެއެއްގެ ބަދަލުގައި، ބަދަލުކުރެވުނު ރަށުން ގެއެއް ދޫކުރާ ކަމެވެ.

އަނެއް ދެ ފަނޑިޔާރުންގެ ރައުޔަ ތަފާތެވެ.

އެ ރައުޔުގައި ފާހަގަކޮށްފައިވަނީ "ސުނާމީ ކާރިސާއާ ގުޅިގެން ސަރުކާރުން އިމާރާތް ކޮށްދީފައިވާ ގެތައް ލިބޭ ފަރާތްތައް ކަނޑައެޅުމުގެ އުސޫލު" ގައި އޮންނަ ގޮތުން އެކަކުގެ ނަމުގައި ދެ ގެއެއް އޮތް ނަމަ، އެ މީހުނަށް ލިބޭނީ އެއް ގެ ކަމެވެ.

އަދި މިހެން އޮވެ ކަނދޮޅުދޫގައި އިމާރާތް ކުރަން ފެށި ގޭގެ ބަދަލުގައި ގެއެއް ލިބެން ޖެހޭ ކަމަށް ބެލެވިފައި އޮތް އޮތުމަކީ ރަނގަޅު ވިސްނުމެއް ނޫން ކަމަށާއި، އެކަކަށް ދެ ހައިސިއްޔަތަކުން ގެ ދޫކުރެވޭނެ އުސޫލެއް ނެތް ކަމަށް އެ ރައުޔުގައި ފާހަގަކޮށްފައިވެ އެވެ.

އެއާއެކު ދުވާފަރު މެޖިސްޓްރޭޓް ކޯޓާއި ހައި ކޯޓުން ޝާއިރާއަށް ބަދަލު ދިނުމަށް ކޮށްފައިވާ ހުކުމަކީ ކަނޑައެޅިފައިވާ އުސޫލުތަކާ އެއް ގޮތަށް ކޮށްފައިނުވާ ހުކުމްތަކެއް ގޮތުގައި ސުޕްރީމް ކޯޓުގައި މައްސަލަ ބެއްލެވި ބެންޗުގެ އަޣުލަބިއްޔަތުން ނިންމެވީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox