ފްލެޓުތަކުގެ ޑައުންޕޭމަންޓު ކުޑަކޮށްދެވެން ނެތް: އެމްޕީއެލް

އެމްޕީއެލް ފްލެޓެއްގެ އެތެރެ؛ މެނޭޖުމަންޓުން ބުނީ ޑައުންޕޭމަންޓު ކުޑަކޮށްދެވެން ނެތް ކަމަށް-- ފޮޓޯ: މުހައްމަދު ޝާބިން

އެމްޕީއެލް ފްލެޓެއްގެ އެތެރެ؛ މެނޭޖުމަންޓުން ބުނީ ޑައުންޕޭމަންޓު ކުޑަކޮށްދެވެން ނެތް ކަމަށް-- ފޮޓޯ: މުހައްމަދު ޝާބިން

މުވައްޒަފުންގެ ކަންބޮޑުވުންތައް ހުރި ނަމަވެސް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން ފްލެޓުތަކަށް ކަނޑައަޅާފައިވާ ޑައުންޕޭމަންޓު ކުޑަކޮށްދެވެން ނެތް ކަމަށް އެ ކުންފުނިން ބުނެފި އެވެ.

މުވައްޒަފުންގެ ހުރި ކަންބޮޑުވުންތަކަށް ހައްލެއް ލިބޭތޯ ފްލެޓު ލިބުނު 484 މުވައްޒަފަކު ސޮއިކޮށް، ރައްޔިތުންގެ މަޖިލީހަށް ވަނީ ޕެޓިޝަނެއް ހުށަހަޅާފަ އެވެ. ޑައުންޕޭމަންޓް އޮޕްޝަންތައް ނަގައިގެން، ފްލެޓު ލިބުނު 534 މުވައްޒަފުންގެ ތެރެއިން ގިނަ މުވައްޒަފުންނަށް ފްލެޓަށް ނުވަދެވޭނެ ކަމަށް އެ މުވައްޒަފުން ބުނެ އެވެ.

ޕެޓިޝަން ކޮމިޓީގެ މިއަދުގެ ޖަލްސާގައި އެމްޕީއެލްގެ ޗީފް ފައިނޭންސިން އޮފިސަރު މުހައްމަދު މުއިއްޒު ވިދާޅުވީ މުވައްޒަފުންގެ ކަންބޮޑުވުންތައް ގަބޫލުކުރެވޭ ކަމަށާއި އެހެންނަމަވެސް ކުންފުނިން އެންމެ އިސްކަމެއް ދޭ އެއްކަމަކީ ހިންގުމަށް ބޭނުންވާ ފައިސާ ތާށި ނުވާނެ ފަދަ ގޮތަކަށް ހިންގުމަށް ކަމަށެވެ.

"ޑައުންޕޭމަންޓު ނުދައްކާ ކުޑަކުރާ ކޮންމެ އަދަދަކީ އެ އަދަދު ބޭންކުތަކުން ބޮރޯ ކުރަން ޖެހޭނެ އަދަދެއް، މިދިޔަ ހަފުތާގައި ބޭންކް އޮފް މޯލްޑިވްސް އިން ހަމަޖެއްސި ލޯނު ވެސް އަޅުގަނޑުމެންނަށް ލިބިފައި އިންނަނީ 10 ޕަސެންޓު، އެހެންވީމާ އަދި އަޅުގަނޑުމެން މި ޕްރޮޖެކްޓު ނިންމަން އެ އަދަދު ޖެހޭނީ ބޮރޯ ކުރަން، މިކަހަލަ ގިނަ ދަތިތަކެއް އެބަހުރި،" މުއިއްޒު ވިދާޅުވި އެވެ.

އެމްޕީއެލްގެ މެނޭޖުމަންޓުން ވަނީ ފްލެޓުތަކުގެ ޑައުންޕޭމަންޓު ދައްކަން މުވައްޒަފުންނަށް ތިން ގޮތެއް ހުށަހަޅާފަ އެވެ. އެންމެ ފުރަތަމަ ހުށަހެޅީ ފްލެޓުތަކުގެ ޖުމްލަ އަގުގެ 20 ޕަސެންޓު ނުވަ މަހަށް ބަހާލައިގެން ދައްކާށެވެ. އޭރުން އެއް ކޮޓަރީގެ އެޕާޓްމަންޓެއްގެ ޑައުންޕޭމަންޓަށް ދައްކަން ޖެހެނީ 160،000ރ. އެވެ. އަދި ދެ ކޮޓަރީގެ އެޕާޓްމަންޓަކަށް ދައްކަން ޖެހެނީ 300،000ރ. އެވެ.

މި އަގުތަކާ ދޭތެރޭ މުވައްޒަފުން ހިތްހަމަނުޖެހުމުން ހުށަހެޅި ދެވަނަ ގޮތަކީ ފްލެޓު އަގުގެ 15 ޕަސެންޓު އަހަރު ދުވަހަށް ބަހާލައިގެން ދައްކާށެވެ. އޭރުން އެއް ކޮޓަރި އެޕާޓްމަންޓަކަށް ދައްކަން ޖެހެނީ 120،000ރ. އެވެ. އަދި ދެ ކޮޓަރީގެ އެޕާޓްމަންތަކަށް ދައްކަން ޖެހެނީ 216،000ރ. އެވެ.

އެންމެ ފަހުން ހުށަހެޅީ އެއް ކޮޓަރީގެ ޑައުން ޕޭމަންޓަށް 40،000ރ. އަދި ދެ ކޮޓަރީގެ އެޕާޓްމަންޓަކަށް 50،000ރ. އެވެ. އެކަމަކު މި ފައިސާ ދައްކަން ދެނީ މަސް ދުވަހެވެ. އަދި 15 ޕަސެންޓު ޑައުންޕޭމަންޓުގެ ބާކީ ނުވަ މަހަށް ބަހާލައިގެން ދައްކަން ޖެހެ އެވެ.

މިތިން ގޮތުން ކުރެ އެއްގޮތަކީ ވެސް މުވައްޒަފުންނަށް ރަނގަޅު ގޮތެއް ނޫން ކަމަށް ޕެޓިޝަން ހުށަހެޅި މުވައްޒަފުން ބުނެ އެވެ.

ގިނަ މުވައްޒަފުންނަށް އެއް ފަހަރާ ފައިސާ ނުދެއްކޭނެ ކަން މެނޭޖުމަންޓުން ވެސް ގަބޫލުކުރާ ކަން ފާހަގަކޮށް މުއިއްޒު ވިދާޅުވި ގޮތުގައި މި ގޮތްތައް ތައާރަފްކުރީ ވެސް މުވައްޒަފުންނަށް ލުއި ހޯދައި ދިނުމަށެވެ.

"މި ޑައުންޕޭމަންޓު ނަގަން މި ޖެހޭ ރީޒަންއަކީ ކޮންޓްރެކްޓު ނިމޭއިރު މިހާތަނަށް އަދި ކޮންޓްރެކްޓަރުންނަށް ދައްކަން ޖެހޭ 132 މިލިއަން ރުފިޔާ، އެކަމަކު އަޅުގަނޑުމެން މިހާރު އަންދާޒާ މި ކުރަނީ ކޮންޓްރެކްޓު ނިމޭތާ ތިން މަސް ތެރޭގައި 80 މިލިއަން ދައްކަން ޖެހޭނެ ކަމަށް، މިހާރު މިވަގުތު އެބައިން 104 މިލިއަން ރުފިޔާ،" އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން އެޗްޑީސީއަށް ދައްކަން ޖެހޭ 52 މިލިއަން ރުފިޔާ ވެސް އެބައިން ކަމަށް ވިދާޅުވި އެވެ.

"މި ފައިސާ ހޯދާނެ ވަސީލަތްތަކެއް އެމްޕީއެލްގެ ފައިނޭންސް މިހާރު ހުރި ގޮތުން އަޅުގަނޑުމެންގެ ކުންފުނީގައި މިހާރު ކުރަން ޖެހިފައި ހުރި ހަރަދުތަކަށް ބަލާއިރު، ކުންފުނީގެ އެންމެ ޕްރައިމަރީ މަސައްކަތަކީ ބަނދަރުތައް ހިންގުން،"

މި ފްލެޓުތައް ނިމި، މީހުންނަށް ދިރިއުޅެން ފެށޭނީ އަންނަ އަހަރު ކަމަށް އެ ކުންފުނިން ލަފާ ކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox