ފިލިޕީންސް އަތުން ބަލިވިޔަސް ރާއްޖެ ޓީމުން ދެއްކީ އުއްމީދީ ކުޅުމެއް

Sep 7, 2022, 12:33 AM
އޭޝިއަން ނެބްބޯލް ޗެމްޕިއަންޝިޕްގައި ދިވެހިރާއްޖެ ފުރަތަމަ ބުރުގައި ކުޅުނު މެޗެއްގެ ތެރެއިން - ފޮޓޯ: ނެޓްބޯލް ސިންގަޕޯ އެފްބީ

އޭޝިއަން ނެބްބޯލް ޗެމްޕިއަންޝިޕްގައި ދިވެހިރާއްޖެ ފުރަތަމަ ބުރުގައި ކުޅުނު މެޗެއްގެ ތެރެއިން - ފޮޓޯ: ނެޓްބޯލް ސިންގަޕޯ އެފްބީ

އޭޝިއަން ނެޓްބޯޅަ ޗެމްޕިއަންޝިޕްގެ ދެވަނަ ބުރުގައި ފިލިޕީންސް އަތުން ބަލިވި ކަމުގައިވިޔަސް ދިވެހިރާއްޖެ ގައުމީ ޓީމުން އުއްމީދީ ކުޅުމެއް ދައްކައިފި އެވެ.

މުބާރާތުގެ ފުރަތަމަ ބުރުގެ މެޗުތައް ނިމި ދެވަނަ ބުރުގެ މެޗުތައް ފަށާފައިވަނީ އިއްޔެ އެވެ. ފުރަތަމަ ބުރުގެ ގްރޫޕް ސްޓޭޖު މެޗުތަކަށް ފަހު ހަތަރު ގްރޫޕުން އެއްވަނަ ހޯދި ހަތަރު ޓީމް ވާދަ ކުރަނީ ފައިނަލުގެ ޖާގައެއް ހޯދުމަށެވެ. ގްރޫޕުތަކުން ދެވަނަ އަށް ދިޔަ ޓީމްތަކުން ފަސް ވަނައިން ފެށިގެން އަށް ވަނަ އަށް ރޭންކިންގެ މެޗުތައް ކުޅޭނެ އެވެ. ރާއްޖެ އަށް ގަދަ އަށަކުން ޖާގަ ލިބުނު ނަމަވެސް، ފުރަތަމަ ބުރުގައި ރާއްޖެ އަށް ލިބުނީ ގްރޫޕުގެ ދެވަނަ އެވެ.

ދެވަނަ ބުރުގައި ރާއްޖެއާ އެއް ގްރޫޕެއްގައި ހިމެނެނީ ފިލިޕީންސް އަދި ބުރުނާއީ އެވެ. ފުރަތަމަ ބުރުގެ މެޗުތަކަށް ފަހު ތައިލެންޑު ވެސް މި ގްރޫޕުގައި ހިމެނުނު ނަމަވެސް، ތައިލެންޑުން ވަނީ މުބާރާތުގެ ބާކީ ހުރި މެޗުތައް ނުކުޅެ މުބާރާތުން ވަކިވާން ނިިންމާފަ އެވެ. އެހެން ކަމުން ކުރިން އޮތް ފޯމެޓަށް ބަދަލު ގެނެސް މިހާރު ރާއްޖެ ހިމެނޭ ގްރޫޕުގެ ތިން ޓީމް ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ދެކޮޅަށް ދެ ފަހަރު ކުޅޭނެ އެވެ. އޭގެ ފަހުން ޓީމްތައް އެތުރޭ ގޮތަށް ބަލައި ފަހަކުން ހަތަކަށް ރޭންކު ކުރެވޭނެ އެވެ. ކުރިން ރާވާފައި އޮތީ ރޭންކިން މެޗުތައް ފައިނަލް މެޗުތަކާއިއެކު ކުޅުމަށެވެ.

ފިލިޕީންސްއާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗުގައި ރާއްޖެ ބަލިވީ 59 ޕޮއިންޓު 41 ޕޮއިންޓުންނެވެ. މި މެޗުގައި މައިގަނޑު ގޮތެއްގައި ފެނުނީ އިސްކޮޅުގެ ތަފާތެވެ. އަދި މެޗުގެ މުހިންމު ދަނޑިވަޅުތަކުގައި ފިލިޕީންސް ޓީމުން ތަޖުރިބާގެ ބޭނުން ކުރި އެވެ. ރާއްޖޭގެ ގިނަ ޒުވާން ކުޅުންތެރިންނަށް ޕްރެޝަރު ދަނޑިވަޅުތަކުގައި މިސްޓޭކްތައް ހެދުނު ތަން ފެނުނެވެ.

މި މެޗުގައި ދިވެހި ޓީމުން އުއްމީދީ ކުޅުމެއް ދެއްކިއިރު، ފުރަތަމަ މެޗުގައި އަނިޔާވި މަރިޔަމް ރަނާ މި މެޗުގައި ކުޅުނެވެ. ރަނާ ކުޅެން ނުކުތީ މެޗުގެ ތިންވަނަ ކުއާޓާގެ ފަހުކޮޅުގަ އެވެ.

ދެވަނަ ބުރުގައި ރާއްޖެ ކުޅޭ ދެވަނަ މެޗުގައި ބުރާސްފަތި ދުވަހު ނުކުންނާނީ ބުރުނާއީއާ ދެކޮޅަށެވެ. އޭގެ ފަހުން ހުކުރު ދުވަހު އަނެއްކާ ވެސް ފިލިޕީންސްއާ ދެކޮޅަށް ކުޅޭނެ އެވެ. މުބާރާތުގައި ރާއްޖެ ކުޅޭ ފަހު މެޗުގައި އާދިއްތަ ދުވަހުގެ ހެނދުނު ނުކުންނާނީ ބުރުނާއީއާ ދެކޮޅަށެވެ.

މުބާރާތަށް ދިވެހިރާއްޖެއިން ކަނޑައެޅި އަމާޒަކީ ގަދަ އަށް ޓީމްގެ ތެރޭގައި ހިމެނި އޭޝިއަން އިންޑޯ ގޭމްސް އަށް ކޮލިފައިވުމެވެ. ފުރަތަމަ ޓާގެޓް ހާސިލްވުމާއިއެކު މިހާރުގެ އަމާޒަކީ ރޭންކު ރަނގަޅު ކުރުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދެ ވަނަ މެޗުގައި ރާއްޖޭން ފަލަސްތީނު ކަައިރީގައި ފަރަގުކުޑަކޮށްފި

އޭޝިއާގެ 17 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗުން ފަލަސްތީނު އަތުން ރާއްޖެ 3-0 އިން ބަލިވެއްޖެ. ފުރަތަމަ މެޗާ އަޅާބަލާއިރު ރާއްޖޭން ކުޅުން ރަނގަޅުކުރި މި މެޗަށްފަހު، ކޮލިފައިންގައި ވާދަކުރުމަށް ރާއްޖޭގެ ޓީމު މި ހަފުތާގައި ތައިލެންޑަށް ފުރާނެ

ޔުނައިޓެޑަށް ރެލިގޭޝަންގެ ބިރު އޮތް ކަމަށް ޓެން ހާގް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ މިހާރުގެ މައްސަލަތައް ހައްލުނުކޮށްފިނަމަ، އެ ކްލަބް ރެލިގޭޝަނާ ކުރިމަތިލާންޖެހުމުގެ ބިރު އެބައޮތް ކަމަށް ކުރީގެ ކޯޗު އެރިކް ޓެން ހާގް ބުނެފިއެވެ. ލީގުގައި އެންމެ ދަށް ފެށުމަކާ އެކު ޔުނައިޓެޑް މިވަގުތު ތާވަލުގެ 16 ވަނައިގައި އޮތްއިރު، ޓެން ހާގް ވަނީ އޭނާގެ ކޯޗުކަމުގައި ހޯދި ކާމިޔާބީތަކަށް އަލިއަޅުވާލައި، މިހާރުގެ ހާލަތުން އަރައިގަތުމުގެ އުނދަގޫކަން ފާހަގަކޮށްފައެވެ.

ޗައިނާ އާއި ހޮންގް ކޮންގް އަދި ކޮރެއާ އަށް "ފައިޓެއް" ދެވޭނެ

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވާދަކުރާ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމުން ރަނގަޅު ކުޅުމެއް ދައްކައި، ނަތީޖާ ނެރެވޭނެ ކަމަށް އެސިސްޓަންޓް ކޯޗު ފުހެއިދު (ޓޯޑް) ބުނެފި. ގައުމީ ކޯޗު، ފާރޫކް ޒަކީރޯވް ޕްލޭނާ އެއްގޮތަށް ތައްޔާރުވެފައިވާ މި ޓީމަކީ މިއަހަރުގެ ސާފް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ޓީމު.

ލާޒިއޯ އަށް ލީޑެއް، ޔުވެންޓަސް އިން ނަޕޯލީ ބަލިކޮށްފި

އިޓާލިއަން ލީގުގައި ރޭ ކަލިއަރީ އަތުން 2-1 އިން މޮޅުވެ، ލާޒިއޯ އިން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މީގެ އިތުރުން، ޔުވެންޓަސް އިން ވަނީ ނަޕޯލީއާ ބައްދަލުކުރި މެޗު 2-0 އިން ކާމިޔާބުކޮށް، ލީގު ތާވަލުގެ ހަތް ވަނަ އަށް ކުރިއަށް ޖެހިލާފައި

ޑިއޮމަންޑޭގެ މޮޅު ލަނޑާ އެކު ރެއާލުން ރޭސިން ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭސިން ސަންޓަންޑޭއާ ދެކޮޅަށް ކުޅުނު މެޗު 3-0 އިން ކާމިޔާބުކޮށް، ރެއާލް މެޑްރިޑުން ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއާ ދެމެދު އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަކޮށްފިއެވެ. ރެއާލްގެ ލަނޑުތައް ފުރަތަމަ ހާފުގައި ކާމިޔާބުކޮށްދިނީ ކީލިއަން އެމްބާޕޭ، ޖޫޑް ބެލިންހަމް އަދި ޔަން ޑިއޮމަންޑޭ އެވެ.

ވެމްކޯ އަށް ޖެހިޖެހިގެން ފަސް ވަނަ ފަހަރަށް ގައުމީ ތަށި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުގައި ކްލަބް އެމްޓީސީސީ ބަލިކޮށް، ކްލަބް ވެމްކޯ އިން ޖެހިޖެހިގެން ފަސްވަނަ ފަހަރަށް މުބާރާތުގެ ތަށި އުފުލާލައިފި. މި އަހަރުގެ ގައުމީ ލީގުވެސް ކާމިޔާބުކުރި ވެމްކޯ އިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

Newsletter

Get the latest news delivered straight to your inbox