ޖަމީލު، ވަކީލެއްގެ ސުލޫކީ މިންގަނޑާ ހިލާފުނުވާ ކަމަށް ބުނެފި

ޖަމީލު، ވަކީލެއްގެ ސުލޫކީ މިންގަނޑާ ހިލާފުނުވާ ކަމަށް ބުނެފި

ގާނޫނީ ވަކީލަކު ގެންގުޅެން ޖެހޭ ސުލޫކީ މިންގަނޑާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ހިލާފުވެފައިނުވާނެ ކަމަށް ސުލްތާނު ޗެމްބާސް އިން މިރޭ ނެރުނު ބަޔާނެއް ބުނެފި އެވެ.

ޖަމީލް މިފަދަ ކަމެއް ނުކުރާ ކަމަށް ބުނެ ބަޔާނެއް ނެރެފައިވަނީ އޭނާގެ މައްސަލައެއް ބާ ކައުންސިލަށް ހުށަހެޅި، އެ ކައުންސިލުން އެ މައްސަލަ ބަލަން ފަށާފައި ވަނިކޮށެވެ.

އެ މައްސަލަ އަކީ، އޭނާގެ އަނބިކަނބަލުންގެ އާއިލީ ވިޔަފާރިއާ ގުޅޭ މައްސަލަތަކެއްގައި ކޯޓުގައި އެތައް ދައުވާއެއް އުފުލާފައި ވާއިރު އެއިން މައްސަލައެއްގައި ހިމެނޭ މުހައްމަދު އަނީސް މިދިޔަ މެއި މަހު ހުށަހެޅި މައްސަލައެކެވެ.

އެ މައްސަލާގައި ވަނީ ސުޕްރީމް ކޯޓުގައި ޖަމީލް ވަކާލާތު ކުރައްވަމުން އެއީ އެ ކޯޓަށް ބެލޭނެ މައްސަލައެއް ނޫން ކަމަށް ވިދާޅުވެ ފަނޑިޔާރުންނާ މުހާތަބު ކުރައްވައި ދައްކަވާފައިވާ ވާހަކަތަކުން، ވަކީލެއްގެ ސުލޫކީ މިންގަނޑާ ހިލާފުވެފައިވާ ކަމަށެވެ.

ސުލްތާން ޗެމްބާސްގެ މެނޭޖިން ޕާޓްނަރު ޑރ. ޖަމީލާ ގުޅޭ ގޮތުން ހުށަހަޅާފައިވާ އެ މައްސަލައަކީ ޒާތީ ތައައްސުބެއް އޮވެގެން ކޮށްފައިވާ ކަމަށް އެ ޗެމްބާސް އިން މިރޭ ނެރުނު ބަޔާނުގައިވެ އެވެ. އަދި އެކަމާ ދެކޮޅަށް އަޅަން ޖެހޭ ގާނޫނީ ފިޔަވަޅުތައް އަޅާނެ ކަމަށް ވެސް އޭގައިވެ އެވެ.

"މިފަދަ އަމަލުތަކަކީ މި ޗެމްބަރުގެ ވަކީލުންގެ މަސައްކަތަށް ހުރަސް އަޅައި، މި ޗެމްބަރުން ކްލަޔަންޓުންނަށް ލިބިދީފައިވާ އިތުބާރު ގެއްލުވާލުމަށް ކުރަމުންދާ މަސައްކަތެއް ކަމަށާއި، މި އަމަލުގެ ސަބަބުން މި ޗެމްބަރަށް ލިބޭ ކޮންމެ ގެއްލުމެއްގެ ބަދަލު ހޯދުމަށް އެ ފަަރާތްތަކާ މެދު ގާނޫނީ ގޮތުން އެޅެން ހުރި ފިޔަވަޅުތައް އެޅުމުގެ އިހުތިޔާރު ލިބިގެންވެ އެވެ." ބަޔާނުގައިވެ އެވެ.

މި މައްސަލާގައި ބާ ކައުންސިލުން އަދި ވަކި ގޮތެއް ނުނިންމަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox