ޕާކިސްތާނުގައި ފެންބޮޑުވެ މަރުވި މީހުންގެ އަދަދު 1،200 އަށް މަތިވެފައިވާ އިރު، އެގައުމަށް އެހީވުމުގެ ފުރުސަތު ދިވެހިންނަށް ހުޅުވާލައިފި އެވެ.
ޕާކިސްތާނު ރައްޔިތުންނަށް އެހީވުމަށް ޑޮނޭޝަން ހޯދުމުގެ ގޮތުން، ރާއްޖޭގައި ހުންނަ އެގައުމުގެ އެމްބަސީން ވަނީ ހާއްސަ ބެންކް އެކައުންޓެއް ވެސް ހުޅުވާފަ އެވެ. 'ޕްރައިމް މިނިސްޓާސް ފްލަޑް ރިލީފް ފަންޑް 2022' ގެ ނަމުގައި ޔޫއެސްޑީ އެކައުންޓެއް ހުޅުވާފައި ވަނީ މާލޭގައި ހުންނަ ހަބީބް ބޭންކުގަ އެވެ.
titledesc
އެ އެކައުންޓަށް އެހީގެ ގޮތުގައި ޑޮލަރުގެ އިތުރުން ދިވެހި ރުފިޔާ ވެސް ޑިޕޮސިޓް ކުރެވޭނެ އެވެ.

ޕާކިސްތާނުގައި ފެންބޮޑުވެ މަރުވި މީހުންގެ އަދަދު 1،300 އަށް މަތިވެފައިވާ އިރު، އޭގެ ތެރޭގައި 458 ކުޑަކުދިން ހިމެނެ އެވެ. އެ ވިއްސާރާގައި އެގައުމުގެ 1.6 މިލިއަން ގެއަށް ގެއްލުން ލިބިފައިވާއިރު، ސެޓެލައިޓް ފޮޓޯތަކުން ދައްކާ ގޮތުގައި އެގައުމުގެ ތިންބައިކުޅަ އެއްބައި މިހާރު އޮތީ ފެނުއަޑީގަ އެވެ.












