ވޯޓާ ތީމް ޕާކުގެ ކޮރަޕްޝަން މައްސަލަ ތަހުގީގު ކުރާތާ ދެ އަހަރު، އަދިވެސް ނުނިމޭ

ހުޅުމާލޭގައި ހަދާ ވޯޓާ ތީމް ޕާކުގެ ކުރެހުމެއް. -ފޮޓޯ: އެޗްޑީސީ

ހުޅުމާލޭގައި ހަދާ ވޯޓާ ތީމް ޕާކުގެ ކުރެހުމެއް. -ފޮޓޯ: އެޗްޑީސީ

ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހަދަން ނިންމި ވޯޓާ ތީމް ޕާކްގެ މަޝްރޫއު ހަވާލުކުރުމުގައި ކޮރަޕްޝަން ހިމެނޭތޯ ބެލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ކުރަމުންދާ ތަހުގީގަށް ދެ އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާއިރު، އެ ތަހުގީގު އަދިވެސް ނުނިމޭ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

ތީމް ޕާކަކާއެކު ހޮޓަލެއް ވެސް ހިމެނޭ 25 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 385.5 މިލިއަން ރުފިޔާ) މަޝްރޫއު މެލޭޝިއާގެ މިރި ހައުސިން ޑިވެލޮޕްމަންޓް ކުންފުންޏާ ހަވާލުކުރީ 2017 ވަނަ އަހަރުގެ ތެރޭގަ އެވެ.

ހުޅުމާލޭގެ ދެކުނު ކޮޅުން ބްރިޖަށް އަރަންދާ މަގުގައި އޮންނަ ބޮޑު މަގުގެ އަތިރިމައްޗަށްވާ ގޮތަށް ހަދާ ވޯޓަ ތީމް ޕާކުގައި ފެނުގެ ގިނަ ކުޅިވަރުތައް ކުޅެވޭނެ ވަސީލަތް ގާއިމު ކުރަން ދީފައިވަނީ 35 އަހަރަށެވެ.

އެނގިފައިވާ ގޮތުގައި އެ މަޝްރޫއު ހަވާލުކުރުމުގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވޭތޯ ބެލުމަށް އެޗްޑީސީގެ ފަރާތުން އޭސީސީއަށް ފޮނުވާފައިވަނީ 2020 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ.

ތަހުގީގު ނުނިމޭތީ، އެ އެއްބަސްވުން ބާތިލުނުކުރެވިގެން، ތަހުގީގު އަވަސްކޮށް ދިނުމަށް މިދިޔަ އަހަރުގެ އޯގަސްޓް މަހު އެޗްޑީސީން ވަނީ އޭސީސީގައި އެދިފަ އެވެ.

ނަމަވެސް، އެ ތަހުގީގާ ގުޅޭގޮތުން "އަދަދު"އިން ކުރި ސުވާލަށް އޭސީސީން ލިބުނު ޖަވާބަކީ "ތަހުގީގު ކުރިއަށްދަނީ" ކަމަށެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.

އެއްބަސްވުން ބާތިލުކޮށް ބިން ހަވާލުކުރަން އެންގުން

އޭސީސީގެ ތަހުގީގު ނުނިމި ދިގުލައިގެން ގޮސްފައިވީ ނަމަވެސް، ވޯޓާ ތީމް ޕާކަކާއި ހަ ބުރީގެ ލެޝާ ހޮޓަލެއް އަޅަން ވޯޓާ ފްރަންޓް ހޮޓެލް އެންޑް ލެޝާ ކުންފުންޏާ އެކީ ވެފައިވާ އެއްބަސްވުން އުވާލާ، އެ ބިން ހަވާލުކުރަން އެޗްޑީސީން މިހާރު ވަނީ އަންގައިފަ އެވެ.

މި މަޝްރޫއުގެ ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދިނުމުގައި އެޗްޑީސީން އަމަލުކުރި ގޮތާ ގުޅޭ މައްސަލައެއް ސިވިލް ކޯޓުގައި ހިނގަމުންދަނިކޮށް އެ ކޯޕަރޭޝަނުން މި އެއްބަސްވުން ބާތިލުކުރިކަން އަންގާ ސިޓީ މިދިޔަ އޮގަސްޓު މަހުގެ 22 ވަނަ ދުވަހު އެވެ. އެ ސިޓީގައި ވަނީ އެ ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި ބިން ހަވާލުކުރަން އަންގާފަ އެވެ.

ފާހަގަކޮށްލަން ޖެހޭ ގޮތުގައި މިއީ ހުޅުމާލެއިން އަމިއްލަ ފަރާތަކަށް ދޫކޮށްފައިވާ އެންމެ ބޮޑު ބިމެވެ.

އެއްބަސްވުން ބާތިލުކުރުމާ އެކު ވޯޓާ ފްރަންޓް ކުންފުނިން ވަނީ އެޗްޑީސީގެ ސިޓީއަށް އަމަލުކުރަން ނުޖެހޭނެ ކަމަށް ވަގުތީ އަމުރެއް ނެރެދޭން ސިވިލް ކޯޓުގައި އެދިފަ އެވެ. އެ ކުންފުނިން ކޯޓުގައި ބުނީ އެއްބަސްވުމުގެ މާއްދާއަކާ މެދު ހިލާފު އުފެދިގެން މައްސަލަ ކުރިޔަށް ދަނިކޮށް އެއްބަސްވުން ބާތިލުކުރުމަކީ އެ ކުންފުންޏަށް އިޔާދަނުކުރެވޭނެ ވަރުގެ ގެއްލުމެއް ލިބިދާނެ ކަމެއް ކަމަށެވެ.

ރައްދުގައި އެޗްޑީސީން ސިވިލް ކޯޓުގައި ބުނީ އެއްބަސްވުން ބާތިލުކުރީ އެއްބަސްވުމުގައި ބުނާ އިޖުރާއަތްތައް ފުރިހަމަނުކޮށްގެން ކަމުން މިފަދަ އަމުރަކަށް އިއުތިރާޒުކުރާ ކަމަށެވެ. އަދި މިފަދަ އަމުރެއް ނެރެދިނުމުން ގެއްލުން ބޮޑީ އެ ކުންފުންޏަށް ކަމަށާއި މިކަމުގައި ވޯޓާ ފްރަންޓަށް ލިބޭނެ ގެއްލުމެއް އެ ކުންފުންޏަށް ސާފުކޮށްދެެވިފައި ނުވާ ކަމަށެވެ.

ކޯޓުން ވެސް އެއްބަސްވީ މި ނުކުތާއަށެވެ.

އެގޮތުން ވޯޓާ ފްރަންޓުން އެދުނު ކަންކަމަށް އަމުކުރާނެ ތަނެއް ނެތް ކަމަށް ކަނޑައަޅުއްވަމުން ސިވިލް ކޯޓުގެ ގާޒީ ރިޒްމީނާ އިދްރީސް ނެރުއްވި ހުކުމުގައި ވަނީ "ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމަކީ ވަކި އަގުތަކެއް ކަނޑައެޅިގެން ވަކި ކަންކަމެއް ކުރުމަށް ވެފައިވާ އެއްބަސްވުމަކަށް ވާއިރު، ވަގުތީ އަމުރެއް ނެރެނުދީގެން ވާ އެގެއްލުމަކީ އިއާދަނުކުރެވޭ، ހިސާބުކޮށް އަދަދުނުކުރެވޭފަދަ ގެއްލުމެއް ކަން" ޝަރީއަތަށް ބުނެދެވިފައި ނުވާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox