ޓާގެޓް ހާސިލްކުރެވުނީ ޓީމެއްގެ ގޮތުގައި ކުރި މަސައްކަތުން: ނީޝާ

Sep 6, 2022, 3:28 AM
ގައުމީ ނެޓްބޯލް ޓީމުގެ ކޯޗު ނީޝާ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ގައުމީ ނެޓްބޯލް ޓީމުގެ ކޯޗު ނީޝާ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

އޭޝިއަން ނެޓްބޯޅަ ޗެމްޕިއަންޝިޕުގެ ގަދަ އަށަކުން ޖާގަ ހޯދައި އޭޝިއަން އިންޑޯ ގޭމްސް އަށް ކޮލިފައިވީ ޓީމެއްގެ ގޮތުގައި ހުރިހާ ކުޅުންތެރިން ކުރި ބުރަ މަސައްކަތުން ކަމަށް ގައުމީ ނެޓްބޯޅަ ޓީމްގެ ކޯޗު ނީޝާ ހަލީމް ބުނެފި އެވެ.

ސިންގަޕޫރުގައި މިހާރު ކުރިއަށްދާ އޭޝިއާ ސަރަހައްދުގެ ނެޓްބޯޅަ މުބާރާތުގައި ރާއްޖެ ވަނީ ފުރަތަމަ ބުރުގައި ކުޅުނު ދެ މެޗުގެ ތެރެއިން އެއް މެޗު ކާމިޔާބުކޮށް ގްރޫޕުގެ ދެ ވަނަ ޓީމުގެ ގޮތުގައި ދެ ވަނަ ބުރުން ޖާގަ ހޯދައިފަ އެވެ. ފުރަތަމަ ބުރުގައި ރާއްޖެ ބަލިވީ މުބާރާތް ބާއްވާ ގައުމު ސިންގަޕޫރު އަތުންނެވެ. ރާއްޖޭ މޮޅުވީ ޖަޕާން އަތުންނެވެ. މި ނަތީޖާއާ އެކު ރާއްޖެ ވަނީ އޭޝިއަން އިންޑޯ ގޭމްސް އަށް ކޮލިފައިވެފަ އެވެ.

ޖަޕާން އަތުން ހޯދި މޮޅާ ގުޅޭ ގޮތުން "އަދަދު" އަށް ވާހަކަ ދައްކަމުން ނީޝާ ބުނީ ގަދަ އަށް ޓީމުގެ ތެރޭގައި ހިމެނުމަކީ ބޮޑު ހިތްހަމަޖެހުމެއް ކަމަށާއި، ދެ މެޗަށް ބަލާއިރު ވެސް ޓީމުގެ ބައިނަލްއަގްވާމީ ތަޖުރިބާ ނެތްތަން ދެއްކި ކަމަަށެވެ.

ގައުމީ ޓީމަށް ބަލާއިރު ސީނިއާ ލެވެލްގައި ގައުމީ ޓީމަށް ކުޅެފައިތިބީ އެންމެ ދެ ކުޅުންތެރިންނެވެ. އެއީ ކެޕްޓަން އީމާ އަބްދުއްސައްތާރު އާއި ހަމްނާ އަބްދުއްރަހުމާން އެވެ. ބާކީ ތިބި 10 ކުޅުންތެރިންނަށް މިއީ އޭޝިއާގެ އެންމެ މަތީ ފަންތީގެ ފުރަތަމަ މުބާރާތެވެ.

ނީޝާ ބުނީ ޒުވާން ގިނަ ކުޅުންތެރިންތަކެއް ހިމަނައިގެން މިހާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މިފަދަ ކުރިއެރުމެއް ލިބުމަކީ ނެޓްބޯޅައިގެ މުސްތަގްބަލަށް ބަލާއިރު އުޖާލާ ކަމެއް ކަމަށެވެ. އޭނާ ބުނީ ދިގުރާސްތާ ޕްލޭން އަކާ އެކު މި ޓީމަށް ތަމްރީން ދީގެން ކުޅުމުގެ ފުރުސަތު ހޯދައިދެވިއްޖެ ނަމަ މި އަށް ވުރެ ރަނގަޅު ނަތީޖާއެއް ފެންނާނެ ކަމަށެވެ.

"ޖަޕާން އަތުން މޮޅުވެ ބޭނުންވި ޓާގެޓް ހާސިލްކުރެވުމަކީ ބޮޑު ހިތްހަމަޖެހުމެއް، ޓީމުގެ ތަޖުރިބާ މަދުކަން ފާހަގަކުރެވުނު، ކުރިއަށް އޮތީ ވަރުގަދަ ހަތަރު މެޗު. ވަރުގަދަ ތިން ޓީމު، މި އޮތީ ދެ ވަނަ ބުރުގައި އެއް ގްރޫޕެއްގައި. އަމާޒަކީ ރަނގަޅު ފައިޓެއް ދީ ރޭންކު ރަނގަޅު ކުރުން،" މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ގައުމީ ޓީމާއި ހަވާލުވި ކޯޗު ބުންޏެވެ.

ގައުމީ ނެޓްބޯޅަ ޓީމުގެ ކުޅުންތެރިންނާއި ކޯޗިން ސްޓާފުން ފޮޓޯއަކަށް ހުއްޓިލައިގެން.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ފުރަތަމަ ބުރުގައި ކުޅުނު ދެ މެޗަށް ބަލާއިރު، ގައުމީ ޓީމުގައި ތިބި 12 ކުޅުންތެރިންނަށް ވެސް ވަނީ ފުރުސަތު ދީފަ އެވެ. ދެ މެޗުގައި ކޮންމެ ކުޅުންތެރިއަކަށް ވެސް އެކަށީގެންވާ ވަގުތު ކުޅެން ލިބުނެވެ.

ނީޝާ ބުނީ އޭނާ އަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ބެންޗުން އަރުވާ ކޮންމެ ކުޅުންތެރިޔަކީ ވެސް ހަވާލުކުރާ ޒިންމާ އަށް އެންމެ ރަނގަޅަށް ފުރިހަމަ އަދާކުރާނެ ކުޅުންތެރިއެއް ކަމުގެ އިތުބާރު އޮތުމެވެ.

ގައުމީ ޓީމު މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި އަނިޔާވި މަރިޔަމް ރަނާގެ އަނިޔާއާ ބެހޭގޮތުން ކޯޗު ބުނީ އޭނާ އަށް މި މުބާރާތުގައި ބާކީ އޮތް ހަތަރު މެޗުގައި ކުޅެވޭނެ ކަމުގެ ޔަގީންކަން ނެތް ކަމަށެވެ. އަދި ޔަގީންކޮށް އެއްޗެއް ބުނަން އެނގޭނީ ދެ ދުވަސްވަރު އޭނާގެ ރިކަވަރީ އަށް ބެލުމަށް ފަހު ކަމަށެވެ.

މުބާރާތުގެ ދެ ވަނަ ބުރުގައި ރާއްޖޭ ކުޅޭ ފުރަތަމަ މެޗުގައި މިއަދު މެންދުރު ނުކުންނާނީ ފިލިޕީންސްއާ ދެކޮޅަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދެ ވަނަ މެޗުގައި ރާއްޖޭން ފަލަސްތީނު ކަައިރީގައި ފަރަގުކުޑަކޮށްފި

އޭޝިއާގެ 17 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗުން ފަލަސްތީނު އަތުން ރާއްޖެ 3-0 އިން ބަލިވެއްޖެ. ފުރަތަމަ މެޗާ އަޅާބަލާއިރު ރާއްޖޭން ކުޅުން ރަނގަޅުކުރި މި މެޗަށްފަހު، ކޮލިފައިންގައި ވާދަކުރުމަށް ރާއްޖޭގެ ޓީމު މި ހަފުތާގައި ތައިލެންޑަށް ފުރާނެ

ޔުނައިޓެޑަށް ރެލިގޭޝަންގެ ބިރު އޮތް ކަމަށް ޓެން ހާގް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ މިހާރުގެ މައްސަލަތައް ހައްލުނުކޮށްފިނަމަ، އެ ކްލަބް ރެލިގޭޝަނާ ކުރިމަތިލާންޖެހުމުގެ ބިރު އެބައޮތް ކަމަށް ކުރީގެ ކޯޗު އެރިކް ޓެން ހާގް ބުނެފިއެވެ. ލީގުގައި އެންމެ ދަށް ފެށުމަކާ އެކު ޔުނައިޓެޑް މިވަގުތު ތާވަލުގެ 16 ވަނައިގައި އޮތްއިރު، ޓެން ހާގް ވަނީ އޭނާގެ ކޯޗުކަމުގައި ހޯދި ކާމިޔާބީތަކަށް އަލިއަޅުވާލައި، މިހާރުގެ ހާލަތުން އަރައިގަތުމުގެ އުނދަގޫކަން ފާހަގަކޮށްފައެވެ.

ޗައިނާ އާއި ހޮންގް ކޮންގް އަދި ކޮރެއާ އަށް "ފައިޓެއް" ދެވޭނެ

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވާދަކުރާ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމުން ރަނގަޅު ކުޅުމެއް ދައްކައި، ނަތީޖާ ނެރެވޭނެ ކަމަށް އެސިސްޓަންޓް ކޯޗު ފުހެއިދު (ޓޯޑް) ބުނެފި. ގައުމީ ކޯޗު، ފާރޫކް ޒަކީރޯވް ޕްލޭނާ އެއްގޮތަށް ތައްޔާރުވެފައިވާ މި ޓީމަކީ މިއަހަރުގެ ސާފް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ޓީމު.

ލާޒިއޯ އަށް ލީޑެއް، ޔުވެންޓަސް އިން ނަޕޯލީ ބަލިކޮށްފި

އިޓާލިއަން ލީގުގައި ރޭ ކަލިއަރީ އަތުން 2-1 އިން މޮޅުވެ، ލާޒިއޯ އިން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މީގެ އިތުރުން، ޔުވެންޓަސް އިން ވަނީ ނަޕޯލީއާ ބައްދަލުކުރި މެޗު 2-0 އިން ކާމިޔާބުކޮށް، ލީގު ތާވަލުގެ ހަތް ވަނަ އަށް ކުރިއަށް ޖެހިލާފައި

ޑިއޮމަންޑޭގެ މޮޅު ލަނޑާ އެކު ރެއާލުން ރޭސިން ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭސިން ސަންޓަންޑޭއާ ދެކޮޅަށް ކުޅުނު މެޗު 3-0 އިން ކާމިޔާބުކޮށް، ރެއާލް މެޑްރިޑުން ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއާ ދެމެދު އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަކޮށްފިއެވެ. ރެއާލްގެ ލަނޑުތައް ފުރަތަމަ ހާފުގައި ކާމިޔާބުކޮށްދިނީ ކީލިއަން އެމްބާޕޭ، ޖޫޑް ބެލިންހަމް އަދި ޔަން ޑިއޮމަންޑޭ އެވެ.

ވެމްކޯ އަށް ޖެހިޖެހިގެން ފަސް ވަނަ ފަހަރަށް ގައުމީ ތަށި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުގައި ކްލަބް އެމްޓީސީސީ ބަލިކޮށް، ކްލަބް ވެމްކޯ އިން ޖެހިޖެހިގެން ފަސްވަނަ ފަހަރަށް މުބާރާތުގެ ތަށި އުފުލާލައިފި. މި އަހަރުގެ ގައުމީ ލީގުވެސް ކާމިޔާބުކުރި ވެމްކޯ އިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

Newsletter

Get the latest news delivered straight to your inbox