ޖަޕާން ބަލިކޮށް އޭޝިއަން އިންޑޯ ގޭމްސް އަށް ރާއްޖެ ކޮލިފައިވެއްޖެ

Sep 5, 2022, 12:30 PM
ރާއްޖޭގެ ޝޫޓަރު އައިޝަތު ސަލީމާ ޖަޕާންގެ ޑިފެންޑަރެއް ކައިރިން ޕޮއިންޓެއް ސްކޯ ކުރަން މަސައްކަތްކުރަނީ / ފޮޓޯ: ނެޓްބޯލް ސިންގަޕޫރު

ރާއްޖޭގެ ޝޫޓަރު އައިޝަތު ސަލީމާ ޖަޕާންގެ ޑިފެންޑަރެއް ކައިރިން ޕޮއިންޓެއް ސްކޯ ކުރަން މަސައްކަތްކުރަނީ / ފޮޓޯ: ނެޓްބޯލް ސިންގަޕޫރު

އޭޝިއަން ނެޓްބޯޅަ ޗެމްޕިއަންޝިޕުގައި މިއަދު ޖަޕާން ބަލިކޮށް ރާއްޖޭގެ ގައުމީ އަންހެން ނެޓްބޯޅަ ޓީމު ގަދަ އަށް ޓީމުގެ ތެރޭގައި ހިމެނި އޭޝިއަން އިންޑޯ ގޭމްސް އަށް ކޮލިފައިވެއްޖެ އެވެ.

މި މަހުގެ 11 ގެ ނިޔަލަށް ސިންގަޕޫރުގައި ކުރިއަށްދާ މި އަހަރުގެ އޭޝިއަން ނެޓްބޯޅަ ޗެމްޕިއަންޝިޕަ ގިނަ ގޮތްގޮތުން ގައުމުތަކަށް މުހިންމު މުބާރާތެކެވެ. އެ ގޮތުން މުބާރާތުގެ ގަދަ އަށް ޓީމު އޭޝިއަން އިންޑޯ ގޭމްސް އަށް ކޮލިފައިވާއިރު، މުބާރާތުގެ ފައިނަލުގައި ވާދަކުރާ ދެ ޓީމަށް އަންނަ އަހަރު ސައުތު އެފްރިކާގައި އޮންނަ ނެޓްބޯޅަ ވޯލްޑް ކަޕުން ފުރުސަތު ލިބޭނެ އެވެ.

މުބާރާތުގެ ފުރަތަމަ ބުރުގައި ރާއްޖެ ކުޅުނު ދެ ވަނަ މެޗު ކާމިޔާބުކުރީ ޖަޕާންއާ ވާދަކޮށް 56-21 އިންނެވެ. ރާއްޖެ އިން މި މެޗު ފެށީ އިއްޔެ ސިންގަޕޫރު އަތުން ބަލިވި ޑިފެންޑަރު މަރިޔަމް ރަނާ ނުލަ އެވެ. އޭނާގެ ބަދަލުގައި މިއަދު ސްޓާޓް ކުރީ ވިސާހު މުހައްމަދު އެވެ.

ފުރަތަމަ ކުއާޓާ ފަށައިގެން ދެ ޓީމް ވެސް ފެނުނީ ހަމަހަމަކޮށް ކުޅުނު ތަނެވެ. 4-4 އިން ދެ ޓީމު އެއްވަރުވެފައި ވަނިކޮށް، ދިވެހި ޓީމުގެ ދެ ޑިފެންޑަރުން ކަމަށްވާ ވިސާހު އާއި އާމިނަތު ފިރުޝާ ގެ މޮޅު ކުޅުމާ އެކު ދިވެހި ޓީމަށް ކުރިއަށް ޖެހިލަން ފުރުސަތު ލިބުނެވެ. މި ދަނޑިވަޅުގައި ދެ ޝޫޓަރުން ކަމަށްވާ ކެޕްޓަން އީމާ އަބްދުއްސައްތާރު އާއި އައިޝަތު ސަލީމާ ލިބުނު ބޯޅަތައް ސްކޯކޮށް ޕޮއިންޓު ހޯދައިދީ ލީޑު ނަގައިދިނެވެ.

ފުރަތަމަ ކުއާޓާ ނިމުނީ 14-5 އިން ރާއްޖެ ކުރީގައި އޮވެގެންނެވެ.

ދެ ވަނަ ކުއާޓާ ފަށައިގެން ވެސް ރާއްޖެ ފެނުނީ އިތުބާރާ އެކު ކުޅެލިތަނެވެ. ވައިސް ކެޕްޓަން ހަމްނާ އަބްދުއްރަހުމާން އާއި މަރިޔަމް ޝިނާއަތު މިދިޔަ މެޗެކޭ އެއްގޮތަށް މި މެޗުގައި ވެސް ރަނގަޅު ކުޅުމެއް ދެއްކި އެވެ. ދެ ވަނަ ކުއާޓާ ނިމުނީ 28-7 އިން ރާއްޖެ ކުރީގައި އޮވެގެންނެވެ.

އޭޝިއަން ނެޓްބޯޅަ ޗެމްޕިއަންޝިޕުގައި ރާއްޖޭގެ މަރިޔަމް ޝިނާއަތު ޖަޕާން ކުޅުންތެރިއެއް އަތުން ބޯޅަ ހޯދަން މަސައްކަތްކުރަނީ / ފޮޓޯ: ނެޓްބޯލް ސިންގަޕޯ
އޭޝިއަން ނެޓްބޯޅަ ޗެމްޕިއަންޝިޕުގައި ރާއްޖޭގެ މަރިޔަމް ޝިނާއަތު ޖަޕާން ކުޅުންތެރިއެއް އަތުން ބޯޅަ ހޯދަން މަސައްކަތްކުރަނީ / ފޮޓޯ: ނެޓްބޯލް ސިންގަޕޯ

އޭޝިއަން ނެޓްބޯޅަ ޗެމްޕިއަންޝިޕުގައި ރާއްޖޭގެ މަރިޔަމް ޝިނާއަތު ޖަޕާން ކުޅުންތެރިއެއް އަތުން ބޯޅަ ހޯދަން މަސައްކަތްކުރަނީ / ފޮޓޯ: ނެޓްބޯލް ސިންގަޕޯ

ފަހު ދެ ކުއާޓާގައި ދިވެހި ޓީމުން ޓީމަށް ބަދަލުތައް ގެނައެވެ. އެ ގޮތުން ސިންގަޕޫރާއި ދެކޮޅަށް ކުޅުނު މެޗުގައި ފުރުސަތު ނުލިބުނު ދެ ކުޅުންތެރިންކަމަށްވާ އައިޝަތު ސަނާ އިބްރާހިމް އާއި ފާތިމަތު ނައުފާ އަށް މި މެޗުގައި ލިބުނު ވަގުތުކޮޅުގައި ރަނގަޅު ކުޅުމެއް ދެއްކި އެވެ.

މި މެޗުން މޮޅުވުމާ އެކު ރާއްޖެ ދެ ވަނަ ބުރުން ޖާގަ ހޯދީ ގްރޫޕުގެ ދެވަނަ ޓީމުގެ ގޮތުގަ އެވެ. ދެ ވަނަ ބުރުގައި ޓީމުތައް ބެހިފައިވާ ގޮތަށް ބަލާއިރު ރާއްޖެ ހިމެނެނީ ފިލިޕީންސް، ބުރުނާއީ އަދި ތައިލެންޑާ އެއް ގްރޫޕެއްގަ އެވެ. މި ގްރޫޕުގައި ހިމެނޭ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ވާދަކޮށް ކުރި ލިބޭ ދެ ޓީމު ކުޅޭނީ 5 ވަނަ އާއި 6 ވަނަ ހޮވޭ މެޗެވެ. ގްރޫޕުގެ ފުލަށްދާ ދެ ޓީމް ކުޅޭނީ 7 ވަނަ އާއި 8 ވަނަ ހޮވާ މެޗެވެ.

މުބާރާތުގެ ފައިނަލަށް ދިޔުމުގެ ފުރުސަތު އޮތީ ފުރަތަމަ ބުރުގެ ގްރޫޕް ތަކުން އެއް ވަނަ ހޯދި ޓީމްތަކަށެވެ. އެއީ ހޮންގްކޮންގް، ސިންގަޕޫރު، މެލޭޝިއާ އަދި އެންމެ ފަހުގެ ޗެމްޕިއަން ސްރީ ލަންކާ އެވެ.

މި ފަހަރުގެ މުބާރާތަށް ދިޔައިރު ވެސް ނެޓްބޯޅަ ޓީމުގެ ޓާގެޓެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ގަދަ އަށް ޓީމުގެ ތެރޭގައި ހިމެނިގެން އިންޑޯ ގޭމްސް އަށް ކޮލިފައިވުމެވެ. ނެޓްބޯޅަ ޓީމުގެ ކޯޗު ނީޝާ ހަލީމް އެ ޓާގެޓް ހާސިލް މި ކުރީ ޓީމެއްގެ ގޮތުގައި ގުޅިގެން ކުރި މަސައްކަތުންނެވެ.

ދެ ވަނަ ބުރުގެ މެޗުތައް މާދަމާ ފަށާނެ އެވެ. ރާއްޖެ މާދަމާ ނުކުންނާނީ ފިލިޕީންސްއާ ދެކޮޅަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދެ ވަނަ މެޗުގައި ރާއްޖޭން ފަލަސްތީނު ކަައިރީގައި ފަރަގުކުޑަކޮށްފި

އޭޝިއާގެ 17 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗުން ފަލަސްތީނު އަތުން ރާއްޖެ 3-0 އިން ބަލިވެއްޖެ. ފުރަތަމަ މެޗާ އަޅާބަލާއިރު ރާއްޖޭން ކުޅުން ރަނގަޅުކުރި މި މެޗަށްފަހު، ކޮލިފައިންގައި ވާދަކުރުމަށް ރާއްޖޭގެ ޓީމު މި ހަފުތާގައި ތައިލެންޑަށް ފުރާނެ

ޔުނައިޓެޑަށް ރެލިގޭޝަންގެ ބިރު އޮތް ކަމަށް ޓެން ހާގް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ މިހާރުގެ މައްސަލަތައް ހައްލުނުކޮށްފިނަމަ، އެ ކްލަބް ރެލިގޭޝަނާ ކުރިމަތިލާންޖެހުމުގެ ބިރު އެބައޮތް ކަމަށް ކުރީގެ ކޯޗު އެރިކް ޓެން ހާގް ބުނެފިއެވެ. ލީގުގައި އެންމެ ދަށް ފެށުމަކާ އެކު ޔުނައިޓެޑް މިވަގުތު ތާވަލުގެ 16 ވަނައިގައި އޮތްއިރު، ޓެން ހާގް ވަނީ އޭނާގެ ކޯޗުކަމުގައި ހޯދި ކާމިޔާބީތަކަށް އަލިއަޅުވާލައި، މިހާރުގެ ހާލަތުން އަރައިގަތުމުގެ އުނދަގޫކަން ފާހަގަކޮށްފައެވެ.

ޗައިނާ އާއި ހޮންގް ކޮންގް އަދި ކޮރެއާ އަށް "ފައިޓެއް" ދެވޭނެ

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވާދަކުރާ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމުން ރަނގަޅު ކުޅުމެއް ދައްކައި، ނަތީޖާ ނެރެވޭނެ ކަމަށް އެސިސްޓަންޓް ކޯޗު ފުހެއިދު (ޓޯޑް) ބުނެފި. ގައުމީ ކޯޗު، ފާރޫކް ޒަކީރޯވް ޕްލޭނާ އެއްގޮތަށް ތައްޔާރުވެފައިވާ މި ޓީމަކީ މިއަހަރުގެ ސާފް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ޓީމު.

ލާޒިއޯ އަށް ލީޑެއް، ޔުވެންޓަސް އިން ނަޕޯލީ ބަލިކޮށްފި

އިޓާލިއަން ލީގުގައި ރޭ ކަލިއަރީ އަތުން 2-1 އިން މޮޅުވެ، ލާޒިއޯ އިން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މީގެ އިތުރުން، ޔުވެންޓަސް އިން ވަނީ ނަޕޯލީއާ ބައްދަލުކުރި މެޗު 2-0 އިން ކާމިޔާބުކޮށް، ލީގު ތާވަލުގެ ހަތް ވަނަ އަށް ކުރިއަށް ޖެހިލާފައި

ޑިއޮމަންޑޭގެ މޮޅު ލަނޑާ އެކު ރެއާލުން ރޭސިން ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭސިން ސަންޓަންޑޭއާ ދެކޮޅަށް ކުޅުނު މެޗު 3-0 އިން ކާމިޔާބުކޮށް، ރެއާލް މެޑްރިޑުން ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއާ ދެމެދު އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަކޮށްފިއެވެ. ރެއާލްގެ ލަނޑުތައް ފުރަތަމަ ހާފުގައި ކާމިޔާބުކޮށްދިނީ ކީލިއަން އެމްބާޕޭ، ޖޫޑް ބެލިންހަމް އަދި ޔަން ޑިއޮމަންޑޭ އެވެ.

ވެމްކޯ އަށް ޖެހިޖެހިގެން ފަސް ވަނަ ފަހަރަށް ގައުމީ ތަށި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުގައި ކްލަބް އެމްޓީސީސީ ބަލިކޮށް، ކްލަބް ވެމްކޯ އިން ޖެހިޖެހިގެން ފަސްވަނަ ފަހަރަށް މުބާރާތުގެ ތަށި އުފުލާލައިފި. މި އަހަރުގެ ގައުމީ ލީގުވެސް ކާމިޔާބުކުރި ވެމްކޯ އިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

Newsletter

Get the latest news delivered straight to your inbox