ފުރަތަމަ މެޗުގައި ވަރުގަދަ ސިންގަޕޫރު އަތުން ރާއްޖެ ބަލިވެއްޖެ

Sep 4, 2022, 8:30 PM
އޭޝިއަން ނެބްބޯލް ޗެމްޕިއަންޝިޕްގައި ސިންގަޕޫރުގެ ޑިފެންޑަރެއް ކައިރިން ރާއްޖޭގެ ޝޫޓަރު އާމިނަތު އައިނީ ސްކޯއެއް ކުރަން މަސައްކަތްކުރަނީ - ފޮޓޯ: ނެޓްބޯލް ސިންގަޕޫރު އެފްބީ

އޭޝިއަން ނެބްބޯލް ޗެމްޕިއަންޝިޕްގައި ސިންގަޕޫރުގެ ޑިފެންޑަރެއް ކައިރިން ރާއްޖޭގެ ޝޫޓަރު އާމިނަތު އައިނީ ސްކޯއެއް ކުރަން މަސައްކަތްކުރަނީ - ފޮޓޯ: ނެޓްބޯލް ސިންގަޕޫރު އެފްބީ

އޭޝިއަން ނެޓްބޯޅަ ޗެމްޕިއަންޝިޕުގެ ފުރަތަމަ މެޗުގައި ސަރަހައްދީ ގަދަބާރު, ސިންގަޕޫރު އަތުން ރާއްޖޭގެ ގައުމީ ނެޓްބޯޅަ އަންހެން ޓީމު ބޮޑު ތަފާތަކުން ބަލިވެއްޖެ އެވެ.

ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ދިވެހިރާއްޖެ ސިންގަޕޫރު އަތުން ބަލިވީ 96 ޕޮއިންޓު 10 ޕޮއިންޓުންނެވެ.

މިމަހުގެ 11އާ ހަމައަށް ސިންގަޕޫރުގައި ކުރިއަށްދާ އޭޝިއާ ސަރަހައްދުގެ އެންމެ ބޮޑު ނެޓްބޯޅަ މުބާރާތުގައި 11 ގައުމަކުން ވާދަކުރެ އެވެ. އެއީ ރާއްޖެ، އިންޑިއާ، ސްރީ ލަންކާ، ފިލިޕީންސް، މެލޭޝީއާ، ސިންގަޕޫރު، ހޮންކޮން، ތައިލެންޑް، ޖަޕާން، ބުރުނާއީ އަދި ޗައިނީސް ތައިޕޭ އެވެ. މި 11 ޓީމް ހަތަރު ގްރޫޕަކަށް ބަހާލާފައިވާއިރު ރާއްޖެ ލައްވާލީ ގްރޫޕް ބީގަ އެވެ. މި ގްރޫޕުގައި ހިމެނެނީ ރާއްޖޭގެ އިތުރުން މުބާރާތް ބާއްވާ ގައުމު ސިންގަޕޫރާއި ޖަޕާން އެވެ.

އެންމެ ފަހުން ބޭއްވި އޭޝިއަން ޗެމްޕިއަންޝިޕުގެ ދެ ވަނަ ހޯދި ސިންގަޕޫރުން ރާއްޖެއާ ދެކޮޅަށް ކުޅުނުއިރު، ފުރަތަމަ ދެ ކުއާޓާ ނިންމާލިއިރު އޮތީ 47-7 އިން ކުރީގަ އެވެ. ތިން ވަނަ ކުއާޓާ އިން ފެށިގެން ދިވެހި ޓީމުން ވަނީ ޓީމަށް ގިނަ ބަދަލުތަކެއް ގެނެސް އާ ގިނަ ކުޅުންތެރިންތަކަކަށް ފުރުސަތު ދީފަ އެވެ. އޭގެ ތެރޭގައި ޓީމުގައި ހިމެނޭ އެންމެ ޒުވާން ކުޅުންތެރިޔާ 16 އަހަރުގެ އާމިނަތު އައިނީ ފާހަގަކޮށްލެވެ އެވެ. އޭނާ މެޗުގައި ރަނގަޅު ޝޫޓްތަކެއް ކޮށް، ކާމިޔާބު ވެސް ކުރި އެވެ.

މި މެޗުގައި ދިވެހި ޓީމަށް އެންމެ ބޮޑަށް މައްސަލަތައް ދިމާވީ ޓީމުގައި ހުރި އެންމެ އިތުބާރު ޑިފެންޑަރު މަރިޔަމް ރަނާގެ ފަޔަށް އަނިޔާވެ އޭނާ ބަދަލުކުރަން ޖެހުމުންނެވެ. ރަނާގެ ބަދަލުގައި ކުޅެން އެރީ ބައިނަލްއަގްވާމީ ކޯޓަކަށް ފުރަތަމަ ފަހަރަށް ނުކުތް ވިޝާހު މުހައްމަދު އެވެ.

ދިވެހި ޓީމު އަތުން މޮޅުވި ސިންގަޕޫރަކީ އޭޝިއަން ނެޓްބޯޅަ ޗެމްޕިއަންޝިޕުގެ އެންމެ ކާމިޔާބު އެއް ޓީމެވެ. މިހާތަނަށް ބޭއްވި އެއްވެސް އޭޝިއަން ޗެމްޕިއަންޝިޕެއް އެ ޓީމުން ހުސް އަތާ ނިންމާލަން ނުޖެހެ އެވެ. އަބަދު ވެސް ގަދަ ތިން ޓީމްގެ ތެރޭގައި ހިމެނެ އެވެ.

އެ ގޮތުން އޭޝިއަން ޗެމްޕިއަންޝިޕުގެ ރަން މެޑަލް ތިން ފަހަރު، ރިހި މެޑަލް ފަސް ފަހަރު، އަދި ލޯ މެޑަލް ތިން ފަހަރު އެޓީމުން ވަނީ ހޯދައިފަ އެވެ. މި މުބާރާތުގައި ދިވެހިރާއްޖެ ވާދަކުރާ ދެ ވަނަ މެޗުގައި މާދަމާ ނުކުންނާނީ ޖަޕާނާއި ދެކޮޅަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދެ ވަނަ މެޗުގައި ރާއްޖޭން ފަލަސްތީނު ކަައިރީގައި ފަރަގުކުޑަކޮށްފި

އޭޝިއާގެ 17 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗުން ފަލަސްތީނު އަތުން ރާއްޖެ 3-0 އިން ބަލިވެއްޖެ. ފުރަތަމަ މެޗާ އަޅާބަލާއިރު ރާއްޖޭން ކުޅުން ރަނގަޅުކުރި މި މެޗަށްފަހު، ކޮލިފައިންގައި ވާދަކުރުމަށް ރާއްޖޭގެ ޓީމު މި ހަފުތާގައި ތައިލެންޑަށް ފުރާނެ

ޔުނައިޓެޑަށް ރެލިގޭޝަންގެ ބިރު އޮތް ކަމަށް ޓެން ހާގް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ މިހާރުގެ މައްސަލަތައް ހައްލުނުކޮށްފިނަމަ، އެ ކްލަބް ރެލިގޭޝަނާ ކުރިމަތިލާންޖެހުމުގެ ބިރު އެބައޮތް ކަމަށް ކުރީގެ ކޯޗު އެރިކް ޓެން ހާގް ބުނެފިއެވެ. ލީގުގައި އެންމެ ދަށް ފެށުމަކާ އެކު ޔުނައިޓެޑް މިވަގުތު ތާވަލުގެ 16 ވަނައިގައި އޮތްއިރު، ޓެން ހާގް ވަނީ އޭނާގެ ކޯޗުކަމުގައި ހޯދި ކާމިޔާބީތަކަށް އަލިއަޅުވާލައި، މިހާރުގެ ހާލަތުން އަރައިގަތުމުގެ އުނދަގޫކަން ފާހަގަކޮށްފައެވެ.

ޗައިނާ އާއި ހޮންގް ކޮންގް އަދި ކޮރެއާ އަށް "ފައިޓެއް" ދެވޭނެ

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވާދަކުރާ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމުން ރަނގަޅު ކުޅުމެއް ދައްކައި، ނަތީޖާ ނެރެވޭނެ ކަމަށް އެސިސްޓަންޓް ކޯޗު ފުހެއިދު (ޓޯޑް) ބުނެފި. ގައުމީ ކޯޗު، ފާރޫކް ޒަކީރޯވް ޕްލޭނާ އެއްގޮތަށް ތައްޔާރުވެފައިވާ މި ޓީމަކީ މިއަހަރުގެ ސާފް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ޓީމު.

ލާޒިއޯ އަށް ލީޑެއް، ޔުވެންޓަސް އިން ނަޕޯލީ ބަލިކޮށްފި

އިޓާލިއަން ލީގުގައި ރޭ ކަލިއަރީ އަތުން 2-1 އިން މޮޅުވެ، ލާޒިއޯ އިން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މީގެ އިތުރުން، ޔުވެންޓަސް އިން ވަނީ ނަޕޯލީއާ ބައްދަލުކުރި މެޗު 2-0 އިން ކާމިޔާބުކޮށް، ލީގު ތާވަލުގެ ހަތް ވަނަ އަށް ކުރިއަށް ޖެހިލާފައި

ޑިއޮމަންޑޭގެ މޮޅު ލަނޑާ އެކު ރެއާލުން ރޭސިން ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭސިން ސަންޓަންޑޭއާ ދެކޮޅަށް ކުޅުނު މެޗު 3-0 އިން ކާމިޔާބުކޮށް، ރެއާލް މެޑްރިޑުން ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއާ ދެމެދު އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަކޮށްފިއެވެ. ރެއާލްގެ ލަނޑުތައް ފުރަތަމަ ހާފުގައި ކާމިޔާބުކޮށްދިނީ ކީލިއަން އެމްބާޕޭ، ޖޫޑް ބެލިންހަމް އަދި ޔަން ޑިއޮމަންޑޭ އެވެ.

ވެމްކޯ އަށް ޖެހިޖެހިގެން ފަސް ވަނަ ފަހަރަށް ގައުމީ ތަށި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުގައި ކްލަބް އެމްޓީސީސީ ބަލިކޮށް، ކްލަބް ވެމްކޯ އިން ޖެހިޖެހިގެން ފަސްވަނަ ފަހަރަށް މުބާރާތުގެ ތަށި އުފުލާލައިފި. މި އަހަރުގެ ގައުމީ ލީގުވެސް ކާމިޔާބުކުރި ވެމްކޯ އިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

Newsletter

Get the latest news delivered straight to your inbox