ފާޑުކިޔުންތަކަށް ސަރުކާރުގެ ރައްދު: 23 މިލިއަން ހަރަދުވީ ވަގުތީ ދެ ސުކޫލު އަޅަން

ކާމިލް ދީދީ ޕްރީސުކޫލް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: އެޑިއުކޭޝަން

ކާމިލް ދީދީ ޕްރީސުކޫލް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: އެޑިއުކޭޝަން

ހުޅުމާލޭގައި އަލަށް މީހުން އާބާދުވި ދެވަނަ ފިޔަވަހި ސަރަހައްދުގައި މިއަދު ހުޅުވި ސުކޫލުގެ އިމާރާތް ކުރުމުގެ ފެންވަރާމެދު އަމާޒުވި ފާޑުކިޔުންތަކަށް ސަރުކާރުން ރައްދު ދީފި އެވެ.

މިއަދު، 824 ކުދިންނާއެކު ހުޅުވި ކާމިލްދީދީ ސުކޫލުގައި އެލްކޭޖީއިން ފެށިގެން ގްރޭޑު ހަޔަކާ ހަމައަށް ކިޔަވައިދޭނެ އެވެ. ވަގުތީ ގޮތުން އެ ސަރަހައްދުގައި ހުޅުވި މި ސުކޫލު އިމާރާތްކޮށްފައިވާ ގޮތާ މެދު ގިނަ ބަޔަކު މިއަދު ވަނީ ފާޑުކިޔައިފަ އެވެ.

ފާޑުކިޔުންތަކާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ބުނި ގޮތުގައި އެސްޖޭ ކޮންސްޓްރަކްޝަނާ 23 މިލިއަން ރުފިޔާއަށް ހަވާލުކުރީ ދެ ޕްރީސުކޫލު އެޅުމަށެވެ. ދެ ސުކޫލު ވެސް ހަވާލުކުރީ 165 ދުވަސް ތެރޭ ނިންމާ ގޮތަށް ނަމަވެސް އޭގެ ތެރެއިން މިއަދު ހުޅުވި ސުކޫލު އަވަހަށް ނިމުމުން ކިޔަވައިދޭން ފެށީ ކަމުގައި އެޑިއުކޭޝަނުން ބުނެ އެވެ.

ޕްރީ ސުކޫލެއްގެ ގޮތުގައި އިމާރާތް ކުރެވުނު ނަމަވެސް މި ތަން މި ވަގުތަށް ބޭނުން ކުރާނީ ޕްރައިމަރީ ސުކޫލެއްގެ ގޮތުގައި ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

"ހުޅުމާލޭ ފޭސް ދޭއްގައި ގިނަ އަދަދެއްގެ މީހުން އާބާދުވަމުން ދިއުމާ ގުޅިގެން، މި ސުކޫލު ހުޅުވާފައި މިވަނީ އެލްކޭޖީއިން ފެށިގެން ގްރޭޑު ހަޔަޔާ ހަމައަށް ކިޔަވައިދޭ ޕްރައިމަރީ ސުކޫލެއްގެ ގޮތުގައި، އަދި އެ ގްރޭޑުތަކަށް ކިޔަވައިދޭން ބޭނުންވާ ވަސީލަތްތައް ވަނީ ސުކޫލުގައި ގާއިމް ކުރެވިފައި،" މިނިސްޓްރީން ބުނެފައިވެ އެވެ.

ސަރުކާރުގެ އަމާޒަކީ ބެލެނިވެރިންނާ ދަރިވަރުންނަށް ދަތިނުވެ، އަދި ކިޔެވުން ނުގެއްލޭނެ ގޮތަކަށް ދިރާސީ އަހަރު ކުރިއަށް ގެންދިއުން ކަމަށް ވެސް ބުންޏެވެ.

ދެ ވަނަ ފިޔަވަހީގައި މިހާރު ވެސް އަންނަނީ ފައުންޑޭޝަން ސްޓޭޖުން ގްރޭޑު 12 އަށް ކިޔަވައިދޭ ދެ ސުކޫލުގެ މަސައްކަތް ކުރަމުންނެވެ. މީގެ ތެރެއިން ސަލާހުއްދީން ސުކޫލު އަންނަ ޖެނުއަރީ މަހު ހުޅުވޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox