އާ ގަވައިދާއެކު މަސްދޯނިތަކުގެ ލައިސެންސަށް ކުރާ ހޭދަ ދަށަށް

މަސްވެރިކަމަށް ނިކުމެ އުޅޭ ދޯންޏެއް؛ އާ ގަވައިދާއެކު ދޯނިތަކުގެ ލައިސަންސަށް ކުރާ ހޭދަ ވަނީ ކުޑަވެފައި-- ފޮޓޯ: ޒުވާން މަސްވެރިޔާ

މަސްވެރިކަމަށް ނިކުމެ އުޅޭ ދޯންޏެއް؛ އާ ގަވައިދާއެކު ދޯނިތަކުގެ ލައިސަންސަށް ކުރާ ހޭދަ ވަނީ ކުޑަވެފައި-- ފޮޓޯ: ޒުވާން މަސްވެރިޔާ

ކަނޑުމަހުގެ މަސްވެރިކަން ރާވައި، ހިންގައި، ބެލެހެއްޓުމާ ގުޅޭގޮތުން އެކުލަވާލައި އަމަލުކުރަން ފެށި އާ ގަވައިދާއެކު، މަސްދޯނިތަކުގެ ލައިސަންސަށް ކުރަމުން އައި ހޭދަ ކުޑަވެއްޖެ އެވެ.

ގަވާއިދުގައި ބުނެފައިވާ ގޮތުން ވިޔަފާރި އުސޫލުން މަސްވެރިކަމާއި ޕްރޮސެސްކުރުމުގައި ހަރަކާތްތެރިވާ ފަރާތްތަކުން ފިޝަރީޒް މިނިސްޓްރީން ދޫކުރާ ސައްހަ ލައިސެންސް އެއް އޮންނަންޖެހޭނެ އެވެ.

އެ ލައިސެންސް ދޫކުރަނީ، މަސްވެރިކަން ކުރާ ބާވަތަށާއި އުޅަނދުގެ ބޮޑު މިނަށް ބަލައިފަ އެވެ. އަދި ކަނޑުމަސް ޕްރޮސެސްކުރާ ފަރާތްތަކުން ލައިސެންސް ނަގަންޖެހެނީ އެތަނަކުން ދުވާލަކު ޕްރޮސެސް ކުރެވޭ މިންވަރެއްގެ މަތީންނެވެ.

މިގޮތުން، މަސްވެރިކަންކުރާ އުޅަނދުތަކުގެ ކުޑަ ބޮޑު މިނަށާއި ބާވަތަށް ބަލައި، އެއް އަހަރާއި ދެ އަހަރުގެ މުއްދަތަށް ލައިސެންސް ދޫކުރާއިރު، 49 ފޫޓަށް ވުރެ ކުދި ދޯނިތަކުން ފީގެ ގޮތުގައި 500ރ. އަދި އެއަށްވުރެ ބޮޑެތި އުޅަނދުތަކުން 1500ރ. އާއި 1،800ރ. ދެމެދުގެ އަދަދެއް ދައްކަންޖެހެ އެވެ.

ފިޝަރީޒް މިނިސްޓްރީން ބުނި ގޮތުގައި މިއީ ކުރިން ދައްކަމުން އައި އަދަދުތަކަށް ވުރެ ކުޑަ އަދަދެކެވެ. މިގޮތުން މީގެ ކުރިން 85 ފޫޓަށް ވުރެ ބޮޑެތި އުޅަނދުތަކުން އަހަރަކު 3600ރ. އަދި އެއަށްވުރެ ކުޑަ އުޅަނދުތަކުން 1800ރ. ނަގާ ކަމަށް ބުނެފައިވެ އެވެ.

އާ ގަވައިދުގައި ވަނީ އުޅަނދުގައި ހިންގާ މަސްވެރިކަމުގެ އެންމެހައި ހަރަކާތްތައް ވާންވާނީ، އެ ލައިސަންސު ގައި ކަނޑައަޅައިފައިވާ ސަރަހައްދުތަކުގައި އެ ލައިސަންސަކުން ހުއްދަ ދީފައިވާ މަސްވެރިކަމެއް ކުރުމަށް ހިންގާ ހަރަކާތްތަކަށް ކަމަށް ޝަރުތުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox