މިނީ ބަހުގެ ހިދުމަތް ފެށޭތީ، 335 ސައިކަލުގެ ޖާގައިގެ ޕާކިން ޒޯނެއް ހަދައިފި

Sep 2, 2022, 3:52 PM
މާލޭގައި އާ ޕާކިން ޖާގައެއް ހެދުމުގެ މަސައްކަތް ކުރަނީ؛ މިއީ މިިނި ބަހުގެ ހިދުމަތް ފަށާތީވެ ގެނެވޭ ބަދަލުތަކުގެ ތެރެއިން ކުރެވޭ ކަމެއް - ފޮޓޯ: މޭޔަރު މުއިއްޒު ޓްވިޓާ

މާލޭގައި އާ ޕާކިން ޖާގައެއް ހެދުމުގެ މަސައްކަތް ކުރަނީ؛ މިއީ މިިނި ބަހުގެ ހިދުމަތް ފަށާތީވެ ގެނެވޭ ބަދަލުތަކުގެ ތެރެއިން ކުރެވޭ ކަމެއް - ފޮޓޯ: މޭޔަރު މުއިއްޒު ޓްވިޓާ

މާލޭގައި މިނީ ބަހުގެ ހިދުމަތް ފެށުމަށް، ބައެއް މަގުތަކުގައި ޕާކް ކުރުން މަނާކުރަން ނިންމާފައިވާތީ ޕާކް ކުރުމަށް ގެއްލޭ ޖާގައިގެ ބަދަލުގައި އަމީނީ މަގު މާފަންނު ދަނޑުތައް ހުންނަ ސަރަހައްދުގައި ޕާކިން ޒޯނެއް ހަދައިފި އެވެ.

މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަލަށް އުފެއްދި ޕާކިން ޒޯނަކީ 335 ސައިކަލު ޕާކް ކުރެވޭނެ ޖާގަ ހިމެނޭ ޒޯނެއް ކަމަށެވެ.

"މިއީ މާލޭގައި މާލޭގައި މިނީ ބަހުގެ އޮޕަރޭޝަންތައް ހިންގުމަށް މަގުތަކުން ޖާގަ އުފެއްދުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ބައެއް،" މުއިއްޒު ލިޔުއްވާފައިވެ އެވެ.

މިނީ ބަހުގެ ހިދުމަތް ފެށުމަށް އަމީނީ މަގުގެ އިތުރަށް އޯކިޑް މަގާއި ފަރީދީ މަގުގައި ވެސް ޕާކް ކުރުން މަނާ ކުރާނެ އެވެ. މަޖީދީ މަގުގައި މިހާރު ވެސް ވަނީ ޕާކް ނުކުރެވޭ ގޮތަށް ހަދައިފަ އެވެ.

އަމިއްލަ އުޅަނދުފަހަރު ގެންގުޅޭ މީހުން ޕާކްކުރަން ހުންނަ މި ސަރަހައްދުތަކުގެ ބަދަލުގައި ޕާކިން ޒޯންތަކެއް ހެދުމަށް ނިންމާފައިވެ އެވެ.

އެކުވެނި ދަނޑު ހިމެނޭ ސަރަހައްދުން މި ހެދި ޕާކިން ޒޯނުގެ އިތުރަށް ދަރުބާރުގެ އިރަށް އޮތް ހުސް ބިމާއި، މަޖީދީ މަގުގައި ހުރި ސަރުކާރުގެ ހުސް ބިމެއްގެ އިތުރުން ކޮރަލް ބުލެވާޑް ކައިރީ އޮތް ހުސް ބިމުގައި ވެސް ޕާކިން ޒޯނެއް ހަދާނެ އެވެ.

މިނީ ބަހުގެ ހިދުމަތް އަންނަ ހޯމަ ދުވަހު ފަށާނެ އެވެ. އަދި ފުރަތަމަ ދެ ހަފުތާ އެއްވެސް އަގެއް ނުދީ ދަތުރު ކުރެވޭނެ އެވެ. އެ ފަހުން ކޮންމެ ދަތުރަކަށް ކަނޑައަޅާފައިވާ އަގަކީ ހަތް ރުފިޔާ އެވެ.

ނަމަވެސް ސްކޫލްތަކުގެ ދަރިވަރުންނާއި، 65 އަހަރުން މަތީގެ މީހުންނާއި، ތިން އަހަރުން ދަށުގެ ކުދިން އަދި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް މުޅިން ހިލޭ ދަތުރު ކުރެވޭނެ އެވެ.

މާލޭގައި މިނީ ބަހުގެ ހިދުމަތް ފެށުމަށް 18 ބަހެއް އެމްޓީސީސީން ގެނެސްފައިވާއިރު، ހޯމަ ދުވަހުން ފެށިގެން ބަސް ދަތުރުތައް އޮންނާނީ ފަތިހު 5:45 އިން ފެށިގެން ރޭގަނޑު 12:15 އާ ހަމައަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox