ނެޓްބޯޅަ އޭޝިއަން ޗެމްޕިއަންޝިޕްގައި ވާދަކުރުމަށް ގައުމީ ޓީމް ސިންގަޕޫރަށް ފުރައިފި

Sep 1, 2022, 1:06 PM
އޭޝިއަން ނެބްބޯލް ޗެމްޕިއަންޝިޕްގައި ވާދަކުރާ ގައުމީ ޓީމްގެ ކުޅުންތެރިންނާއި އޮފިޝަލުން - ފޮޓޯ: އަދަދު/ އަބްދުﷲ އިޔާން

އޭޝިއަން ނެބްބޯލް ޗެމްޕިއަންޝިޕްގައި ވާދަކުރާ ގައުމީ ޓީމްގެ ކުޅުންތެރިންނާއި އޮފިޝަލުން - ފޮޓޯ: އަދަދު/ އަބްދުﷲ އިޔާން

މިމަހުގެ 3-11 އަށް ސިންގަޕޫރުގައި އޮންނަ އޭޝިއަން ނެޓްބޯޅަ ޗެމްޕިއަންޝިޕުގައި ވާދަކުރުމަށް ރާއްޖޭގެ ގައުމީ ނެޓްބޯޅަ ޓީމް ސިންގަޕޫރަށް ފުރައިފި އެވެ.

އޭޝިއާގެ މެންބަރު ގައުމުތަކުން ވާދަކުރާ އޭޝިއަން ނެޓްބޯޅަ ޗެމްޕިއަންޝިޕުގައި މިފަހަރު ވާދަކުރަނީ 11 ގައުމަކުންނެވެ. އެއީ ރާއްޖެ، އިންޑިއާ، ސްރީ ލަންކާ، ފިލިޕީންސް، މެލޭޝީއާ، ސިންގަޕޫރު، ހޮންކޮން، ތައިލެންޑް، ޖަޕާން، ބުރުނާއީ އަދި ޗައިނީސް ތައިޕޭ އެވެ. މި 11 ޓީމް ހަތަރު ގްރޫޕަކަށް ބަހާލާފައިވާއިރު ރާއްޖެ ލައްވާލީ ގްރޫޕް ބީގަ އެވެ. މި ގްރޫޕުގައި ހިމެނެނީ ރާއްޖޭގެ އިތުރުން މުބާރާތް ބާއްވާ ގައުމު ސިންގަޕޫރާއި ޖަޕާން އެވެ.

މުބާރާތުގައި ވާދަކުރާ ގައުމީ ޓީމްގެ އަމާޒަކީ ގަދަ 8 ޓީމްގެ ތެރޭގައި ހިމެނި އޭޝިއަން އިންޑޯ ޗެމްޕިއަންޝިޕުން ޖާގަ ހޯދުމެވެ. ގައުމީ ޓީމް އޭޝިއަން ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ތަމްރީންތައް ފެށީ މިދިޔަ އަހަރުގެ ފަހުކޮޅުގަ އެވެ. މިއަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ގައުމީ ޓީމުން އަންނަނީ ގަވާއިދުން ޕްރެކްޓިސް ކުރަމުންނެވެ.

Advertisement

މުބާރާތުގައި ވާދަކުރާ ގައުމީ ޓީމްގެ ކެޕްޓަނަކީ އީމާ އަބްދުއްސައްތާރު އެވެ. ވައިސް ކެޕްޓަނަކަށް ހަމަޖައްސާފައިވަނީ ހަމްނާ އަބްދުއްރަހުމާން (ހަންނަ) އެވެ. އީމާ އާއި ހަންނަގެ އިތުރުން ދެން ޓީމްގައި ހިމެނެނީ މަރިޔަމް ރަނާ، މަރިޔަމް ޝިނާއަތު، ވިސާހު މުހައްމަދު، ފާތިމަތު ނައުފާ، އައިޝަތު ސަލީމާ، އާމިނަތު ފިރުޝާ، އައިޝަތު ސަނާ އިބްރާހިމް، ޖުނައިނާ އަހުމަދު އިޝްހާގު، މަލަކް އިސްމާއިލް މުހައްމަދު އަދި އާމިނަތު އައިނީ އެވެ.

ޓީމްގެ ކޯޗަކީ މިއަހަރުގެ ކުރީކޮޅު އޮތް "މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2022"ގެ މިދިޔަ ތިން އަހަރުގެ އަންހެން އެންމެ މޮޅު ކޯޗުގެ މަގާމް ހޯދި ނީޝާ ހަލީމް އެވެ.

މިފަހަރުގެ ގައުމީ ޓީމްގައި މުޅިން އަލަށް ބައިނަލްއަގްވާމީ މުބާރާތުގައި ވާދަކުރާ ގިނަ ކުޅުންތެރިން ހިމެނެ އެވެ. އޭގެ ތެރޭގައި 19 އަހަރުން ދަށުގެ 4 ކުޅުންތެރިން ހިމެނެ އެވެ.

މުބާރާތުގެ ފުރަތަަމަ ބުރުގައި ރާއްޖެ ދެ މެޗެއް ކުޅޭނެ އެވެ. އޭގެ ފަހުން ޓީމްތައް އެތުރޭ ގޮތަށް ބަލައި ދެވަނަ ބުރަށް ޓީމްތައް ބަހާލެވޭނެ އެވެ. ދެވަނަ ބުރުގައިވެސް ކޮންމެ ޓީމެއް ތިން މެޗު ކުޅޭނެ އެވެ. އަދި އޭގެ ފަހުން މުބާރާތުގެ ވަނަތައް ހިވުމަށް ކުޅޭ ސެމީ ފައިނަލު މެޗުތަކާއި ޕްލޭ އޮފް މެޗުތައް ކުރިއަށްދާނެ އެވެ. ހުރިހާ ވަނަތަކެއް ހޮވާ މެޗުތަކާއި މުބާރާތުގެ އިނާމް ދިނުމުގެ ރަސްމިއްޔާތު އޮންނާނީ ސެޕްޓެމްބަރު 11ގަ އެވެ.

އޭޝިއަން ނެޓްބޯޅަ ޗެމްޕިއަންޝިޕް އެންމެ ފުރަތަމަ ބާއްވާފައިވަނީ 1985 ވަނަ އަހަރުގަ އެވެ. ކުރިން ކޮންމެ ހަތަރު އަހަރުން އެއް ފަހަރު ބާއްވަމުން އައި މުބާރާތް ކޮންމެ ދެ އަހަރަކުން އެއް އަހަރު ބާއްވަން ނިންމީ 2012 ގަ އެވެ. އޭގެ ފަހުން 2020 ވަނަ އަހަރު ބާއްވަން އޮތް މުބާރާތް ކޮވިޑާއި ގުޅިގެންވަނީ ކެންސަލްކޮށްފަ އެވެ. މި އަހަރު މުބާރާތް މި އޮންނަނީ ހަތަރު އަހަރަށް ފަހުގަ އެވެ. މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ ފަސް ފަހަރު ތަށި ހޯދާފައިވާ ސްރީ ލަންކާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިއްދޫ ކައިރިން އީގަލްސް އަށް ލިބުނީ ޕޮއިންޓެއް

ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫއާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ތާވަލުގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު އީގަލްސް އަށް ވަނީ ގެއްލިފައި. މި ނަތީޖާއާއެކު އީގަލްސް ތާވަލުގެ ދެވަނައިގައި އޮތީ އެއްވަނައިގައިވާ ވިކްޓަރީއާ އެއް އަދަދަކަށް ޕޮއިންޓް ލިބި، ލަނޑުގެ ތަފާތުން ފަހަތަށް ޖެހިގެން

ފީފާގެ ރައީސަކަށް ޔުއެފާގެ ކެންޑިޑޭޓަކީ ވެންގާ؟

ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އިން ނެރޭ ކެންޑިޑޭޓަކީ މަޝްހޫރު ކޯޗު އާސެން ވެންގާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި. އަންނަ އަހަރު ބާއްވާ އިންތިހާބަށް ވެންގާ ނެރުމާ ގުޅޭގޮތުން ޔުއެފާގެ އިސް އޮފިޝަލުން މަޝްވަރާ ކުރަމުންދާއިރު، އިންފަންޓީނޯ ވަނީ ހަތަރު ވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާނުކުރައްވާފައި

ފީފާ ކައުންސިލް ބައްދަލުވުމުގައި ނޭޕާލަށް ލުޔެއް ނެތް

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލަށް ކުރި ސަސްޕެންޝަން، އެންމެ ފަހުން ބޭއްވި ފީފާ ކައުންސިލް ބައްދަލުވުމުގައި ވެސް އުވާލާފައެއް ނުވޭ. މި ސަސްޕެންޝަނާ ގުޅިގެން، އަންނަ މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ނޭޕާލަށް ވަނީ ގެއްލިފައި

ރިސޯޓް ސުޕަ ލީގުގައި އޮޅުވެލި އަށް ބަރޮސް އަތުން ތަފާތު މޮޅެއް

ރިސޯޓް ސުޕަ ލީގުގައި ބަރޮސް އަތުން 7-2 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ، ސަން ސިޔާމް އޮޅުވެލިން ތަފާތު ބޮޑު ކާމިޔާބީއެއް ހޯދައިފި. މި މުބާރާތުގެ ކުރިއަށް ހުރި މެޗުތަކަށްފަހު އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކުގެ މެދުގައި ސެމީ ފައިނަލާއި ފައިނަލް މެޗުތައް މި މަހުގެ ފަހުކޮޅު ކުޅުމަށް ވަނީ ތާވަލުކުރެވިފައި

ޔުނައިޓެޑްގެ ވެރިންނަށް ފާޑުކިޔުމުން މާޓިނޭޒް ހޫނު ފެނަށް

މެންޗެސްޓާ ޔުނައިޓެޑްގެ މެނޭޖްމަންޓަށް ފާޑުކިޔައި އިންޓަވިއު ދިނުމާ ގުޅިގެން، ލިސަންޑްރޯ މާޓިނޭޒްއަށް ފިޔަވަޅު އަޅަން ނިންމައި އޭނާ ކްލަބުން ދޫކޮށްލުމުގެ ވިސްނުން ގެންގުޅެން ފަށައިފި. މާޓިނޭޒް ފަހުން އެކަމަށް މައާފަށް އެދުނު ނަމަވެސް، ކްލަބްގެ ކޯޗުން ބަދަލުކުރުމާއި ސްކޮޑުގެ ފެންވަރާ މެދު އޭނާ ދެއްކި ވާހަކަތަކުގެ ސަބަބުން ހާލަތު ވަނީ ގޯސްވެފައި

މައާފަށް އެދުމުން ވެސް އިންފަންޓީނޯ އަށް ތާއީދެއް ނެތް!

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ހެދުނު ގޯސްތަކަށް މައާފަށް އެދިވަޑައިގެންނެވި ނަމަވެސް، އޭނާ ފީފާ ލީޑުކުރުމަށް ކައުންސިލްގެ ގިނަ މެމްބަރުންގެ ތާއީދެއް ނެތް. މީގެ މައިގަނޑު ސަބަބަކީ މަޝްވަރާނުކޮށް ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލަން އުޅުމާއި، ސިޔާސީ ނުފޫޒުން ކުޅުންތެރިއެއްގެ ސަސްޕެންޝަނަށް ލުއިދިނުން

ދިއްދޫ އާއި ގައްދޫ އަށް އެފްއޭއެމް ދާއިމީ މެމްބަރުކަން ދީފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ހއ. ދިއްދޫ އަދި ގދ. ގައްދޫ ފުޓްބޯޅަ ޓީމަށް އެފްއޭއެމްގެ ދާއިމީ މެމްބަރުކަން ދިނުމަށް އެ އެސޯސިއޭޝަނުގެ ކޮންގްރެސްއިން އިއްތިފާގުން ފާސްކޮށްފި. މިއީ ރާއްޖޭގެ ފުޓްބޯޅަ ލާމަރުކަޒީކޮށް އަތޮޅުތަކުގެ ޓީމުތަކަށް ފުރުސަތު ފަހިކޮށްދިނުމަށް އެޅުނު ފިޔަވަޅެއް ކަމަށް

Newsletter

Get the latest news delivered straight to your inbox