ދޯންޏަކަށް އަރައި ބިދޭސީންތަަކަކަށް ހަމަލާދިން ދިވެއްސަކު ދެ އަހަރަށް ޖަލަށް

ވިލިމާލެ ފަޅުތެރޭ ބޯޓުތަކާއި ދޯނިތައް ބަނދަރުކޮށްފައި؛ ދޯންޏަކަށް އަރައި ބިދޭސީންތަކަކަށް ހަމަލާދިން މީހަކު ޖަލަށް ލާން ހުކުމްކޮށްފި

ވިލިމާލެ ފަޅުތެރޭ ބޯޓުތަކާއި ދޯނިތައް ބަނދަރުކޮށްފައި؛ ދޯންޏަކަށް އަރައި ބިދޭސީންތަކަކަށް ހަމަލާދިން މީހަކު ޖަލަށް ލާން ހުކުމްކޮށްފި

ވިލިމާލެ ފަޅުތެރޭގައި އޮތް ދޯންޏަކަށް އަރައި އެ ދޯނީގައި ތިބި ތިން ބިދޭސީއަކަށް ވަޅިން ހަމަލާދިން މައްސަލާގައި ދިވެއްސަކު ދެ އަހަރު ދުވަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

ޖެނުއަރީ 3، 2019 ވަނަ ދުވަހު ހިނގައިދިޔަ އެ ކަންތައްތަކާ ގުޅިގެން އަނިޔާއެއް ދިނުމުގެ ދައުވާ އުފުލާފައިވަނީ ޏ. ފުވައްމުލައް، ކެލާގެ، އަހުމަދު ސޯލިހްގެ މައްޗަށެވެ.

ދައުލަތުން ކޮށްފައިވާ ދައުވާގައި ބުނާ ގޮތުން، އެ ދުވަހުގެ ފަތިސް ވަގުތެއްގައި އޭނާ އެ ދޯންޏަށް އަރައި ވަޅިން ބިރު ދައްކައި ފޭރުމަށް މަސައްކަތް ކޮށްފައިވެ އެވެ. އޭނާ އަތުގައި ކިވީ ބްރޭންޑްގެ ދެ ވަޅިއެއް އޮތް ކަމަށް ދައުވާގައި ބުނެފައިވެ އެވެ.

އެއިން އޮމަރު ފާރޫކް ނަމަކަށް ކިޔާ މީހެއްގެ ކަށި އިނގިލި އަދި ހަޒުރަތު އަލީ ނަމަކަށް ކިޔާ މީހެއްގެ ކަނާތު ބޮޑުވައި އިނގިލި ޒަހަމްކޮށްލާފައިވާ ކަމަށެވެ. އަދި މުހައްމަދު މޯލެބް ހުސައިން ނަމަކަށް ކިޔާ މީހެއްގެ ކަނާތު އަތްތިލައާއި ވާތުގެ ތިން އިނގިއްޔެއް ޒަހަމްކޮށްލާފައިވާ ކަމަށެވެ.

ޝަރީއަތުގައި އަހުމަދު ސޯލިހް ވަނީ ކުށަށް އިންކާރުކޮށްފަ އެވެ. އޭނާ ބުނެފައި ވަނީ ބިދޭސީން އޭނާ ހިފަހައްޓައި އަނިޔާ ކުރަން އުޅުނީ ކަމަށެވެ.

އޭނާގެ ފަރާތުން ދިފާއީ ހެކިންގެ ގޮތުގައި ނަންތަކެއް ބުނި ނަމަވެސް ތަފްސީލާއެކު ލިޔުމުން އެ ހެކިން ހުށަހަޅާފައި ނެތުމުން ދިފާއީ ހެކި ބަލައިނުގަތުމަށް ޝަރީއަތުން ނިންމި އެވެ.

އަހުމަދު ސޯލިހުގެ މައްޗަށް ކުށް ސާބިތު ކުރުމަށް ދައުލަތުން ވަނީ އަނިޔާ ލިބުނު ތިން ބިދޭސީންނާއި، ދޯންޏާ ހަވާލުވެފައިވާ މީހާއާއި، ސީންއަށް ދިޔަ ފުލުހުންނާއި، ޑީއެންއޭ ރިޕޯޓް ތައްޔާރުކުރި ފުލުސް އޮފިސަރުގެ އިތުރަށް ބައެއް ކިތާބީ ހެކި ހުށަހަޅައިފަ އެވެ.

އެ ހެކިންގެ ހެކިބަހުންނާއި ކިތާބީ ހެކިތަކާއި، ބިދޭސީންނަށް ލިބިފައިވާ އަނިޔާތަކަށް ރިއާޔަތްކޮށް އަހުމަދު ސޯލިހުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ޝަރީއަތުން ކަނޑައެޅުއްވި އެވެ.

މި ކުށުގެ އަސާސީ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށް ލުން ކަމަށް ވިޔަސް، އެ އަދަބު ދަރަޖައެއް މަތިކުރަން މައްސަލަ ބެއްލެވި ގާޒީ މުހައްމަދު މިސްބާހު ނިންމެވި އެވެ. އެއީ ދެ އަހަރު ދުވަހަށް ޖަލަށް ލުމަށް ހުކުމް ކުރުމަށެވެ.

ސަބަބެއްގެ ގޮތުގައި މިދިޔަ އަންގާރަ ދުވަހު ނެރުނު ހުކުމުގައި ވަނީ މީގެ ކުރިން ވެސް އޭނާގެ މައްޗަށް މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ ހުކުމް ތަންފީޒުކޮށްފައިވުމުންނާއި، އޭގެ ފަހުން އެންމެ ހަ އަހަރު ދުވަހުގެ ތެރޭގައި އެއަށް ވުރެ ނުރައްކާތެރި ކުށެއް ސާބިތުވުމުން ކަމަށެވެ.

މި ކުށުގެ ތުުހުމަތުގައި އޭނާ އޭރު ވެސް 21 ދުވަސް ޖަލުގައި ހޭދަކޮށްފައިވާތީ، ހުކުމުން ދެން ތަންފީޒު ކުރަން ޖެހޭނީ 1 އަހަރާއި 11 މަހާއި 9 ދުވަސް ކަމަށް ވެސް ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox